މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 195 ވަނަ ޞަފްޙާ

އިންޖިނޭރުކަމަކީ ޤައުމު ބިނާކުރުމަށް ކޮށްދެވޭ ވަރަށް އަގުހުރި ޚިދުމަތެއް: ރައީސް

އިންޖިނޭރުކަމަކީ ޤައުމު ބިނާކުރުމަށް ކޮށްދެވޭ ވަރަށް އަގުހުރި ޚިދުމަތެއް: ރައީސް

އިންޖިނޭރުކަމަކީ ޤައުމު ބިނާކުރުމަށާއި އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ ވަރަށް އަގުހުރި ޚިދުމަތެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ މުނާސަބާތުގައި މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި، އިންޖިނޭރުކަމަކީ ހަމައެކަނި ވަޒީފާއެއް ނޫނެވެ. އަދި އެއީ، ޤައުމު ބިނާކުރުމަށާއި އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ ވަރަށް އަގުހުރި ޚިދުމަތެއް ކަމަށް ވިދާޅުވެފަވެއެވެ. ”ޢިލްމާ...

ޔުމްނާ ޢަލީ
ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ އެމްޔޫ މަނިކު އަވަހާރަވެއްޖެ

ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ އެމްޔޫ މަނިކު އަވަހާރަވެއްޖެ

ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިއަދު ހެނދުނު އަވަހާރަވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އުމުރުފުޅުން 78 އަހަރުގައި މަނިކު ނިޔާވެފައި ވަނީ ސިންގަޕޫރުގައި އާލާސްކަންފުޅަށް ފަރުވާ ހޯދަމުން ދަނިކޮށް، މައުންޓު އެލިޒަބަތު ހޮސްޕިޓަލްގައި އެ ގައުމުގެ ގަޑިން މިއަދު ހެނދުނު 6:30 ހާއިރުއެވެ. އެމްޔޫ މަނިކު އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ. Our beloved Chairman, Honourable M...

ޔުމްނާ ޢަލީ
ރައީސް ޗައިނާ އަށް ފުރާވަޑައިގެންފި

ރައީސް ޗައިނާ އަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާ އަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސް އޮފީހުން މަޢުލޫމާތު ދިންގޮތުގައި މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާނެއެވ...

ޔުމްނާ ޢަލީ
އެމްޑީޕީ ޓިކެޓުގައި ކައުންސިލާއި އަންހެނުންގެ ކޮމެޓީއަށް ވާދަކުރަން ޝައުޤުވެރިކަންފާޅުކުރަން ހުޅުވާލައިފި

އެމްޑީޕީ ޓިކެޓުގައި ކައުންސިލާއި އަންހެނުންގެ ކޮމެޓީއަށް ވާދަކުރަން ޝައުޤުވެރިކަންފާޅުކުރަން ހުޅުވާލައިފި

އަންނަ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ޝައުޤުވެރިވާ އެޕާޓީގެ މެމްބަރުންނަށް، ޝައުޤުވެރިކަންފާޅުކުރުމުގެ ފުރުޞަތު އެ ޕާޓީން އިއްޔެ ހުޅުވާލައިފިއެވެ. އެމްޑީޕީން ކުރި ޢިއުލާނެއްގައިވާ ގޮތުން، މި ފުރުޞަތު 28 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ. އެމްޑީޕީން ބުނިގޮތުގައި މި ޕްރައިމަރ...

ޔުމްނާ ޢަލީ
އިންޝުއަރެންސް ބިލާއި ޕޭމަންޓް ޤާނޫނަށް އިޞްލާޙު ގެނައި ބިލު ތަޞްދީޤުކުރައްވައިފި

އިންޝުއަރެންސް ބިލާއި ޕޭމަންޓް ޤާނޫނަށް އިޞްލާޙު ގެނައި ބިލު ތަޞްދީޤުކުރައްވައިފި

އިންޝުއަރެންސްއާއި ބެހޭ ބިލާއި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ތަޞްދީޤުކުރައްވައިފިއެވެ. މި ދެ ބިލަކީ 18 އޮގަސްޓު 2025 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލުތަކެކެވެ. އިންޝުއަރެންސް ބިލުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ޤާއިމްކުރުމެވެ. މި ބިލުގައި އިންޝުއަރެންސް...

ޔުމްނާ ޢަލީ
މީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުމެއްނޫން، ބިލަށް އިސްލާޙް ހުށަހަޅާނަން: ރައީސް

މީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުމެއްނޫން، ބިލަށް އިސްލާޙް ހުށަހަޅާނަން: ރައީސް

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި، ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލަށް ސަރުކާރުގެ ފަރާތުން އިސްލާޙް ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެދިވަޑައިގަތުމާ ގުޅިގެން، “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” އާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސް މުޢިއްޒު މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެ އެސ...

ޔުމްނާ ޢަލީ
ޑްރަގް ވިޔަފާރީގައި އުޅޭ ޒުވާނަކު ލައްކައެއްހާ ރުފިޔާ އާއި ކިލޯއެއްހާ ޑްރަގާއެކު ހައްޔަރުކޮށްފި

ޑްރަގް ވިޔަފާރީގައި އުޅޭ ޒުވާނަކު ލައްކައެއްހާ ރުފިޔާ އާއި ކިލޯއެއްހާ ޑްރަގާއެކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު 23 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި، މަސްތުވާތަކެތި ގެންގުޅެ އެތަކެތި ވިއްކާ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ވަނީ ޅ. ހިންނަވަރު / ކަފިދޫގެ، ހާރޫން ޖައިލަމް ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަނުގައ...

ޔުމްނާ ޢަލީ
ވީއައިއޭ އަށް ދަތުރުކުރާ މަގުގެ ޓްރެފިކް ލައިޓެއް ނިވުމުގެ މައްސަލަ ދިމާވާތީ ސަމާލުވުމަށް އެދިއްޖެ

ވީއައިއޭ އަށް ދަތުރުކުރާ މަގުގެ ޓްރެފިކް ލައިޓެއް ނިވުމުގެ މައްސަލަ ދިމާވާތީ ސަމާލުވުމަށް އެދިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދަތުރުކުރާ މަގުގެ ޓްރެފިކް ލައިޓެއް ނިވުމުގެ މައްސަލަ ދިމާވާތީ ފުލުހުންގެ އިރުޝާދަށް ޢަމަލުކޮށްދިނުމަށް އެދިއްޖެއެވެ. ފުލުހުން ބުނިގޮތުގައި ވީއައިއޭ އަށް ދާ މަގުގައި އެއާޕޯޓަށް އަޅާ ޖަންގްޝަންގައި ހަރުކޮށްފައި ހުންނަ ޓްރެފިކް ލައިޓް ނިވުމުގެ މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ. އެކަން ދިމާވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނައިރު، އެ ސަރަހައ...

ޔުމްނާ ޢަލީ
ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިން ތަމްސީލްކުރާ ނޫސްވެރިންތަކަކާއެކު ބައްދަލުވުމެއް މިއަދު ފައްޓަވައިފިއެވެ. މި ބައްދަލުކުރެއްވުމަކީ މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި  މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި، “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން” ގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދައްދައި، މީޑިއާތައް ކޮންޓްރޯލް އެ ކޮމިޝަނަށް ނެގޭގޮތަށް ތުޅާދޫ ދާއިރާގެ މިނިވަން މެންބ...

ޔުމްނާ ޢަލީ
މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ މީހާކަން ކަށަވަރުވެއްޖެ

މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ މީހާކަން ކަށަވަރުވެއްޖެ

ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކޮށްފައި އޮންނަ ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ ގެއްލިގެން ހޯދަމުން ދިޔަ މީހާކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކޮށްފައި އޮންނަ ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން މައްސަލަ ތަހްގީގުކުރަން ފަށާފައިވާކަން ފުލުހުން ހާމަކުރީ 25 އޯގަސްޓް 2025 ގައެވެ. ފުލުހުން މިރޭ ބުނެފައިވާ ގޮތުގައި، މަރުވެފައި އޮއްވާ ފެނިފައިވަނީ، 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ […]

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގައި ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް

ކުޅުދުއްފުށި ސިޓީގައި ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް

ކުޅުދުއްފުށީ ސިޓީގައި ހޭންޑްބޯލް ބަލަން ތިބޭގޮތަށް ގާއިމުކުރެވޭ ސިޑިބަރިއާއެކު ހަގީގަތުގައި ގާއިމުވެގެން ދަނީ ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް ކަމަށް ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހދ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދު ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރޭ ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިޓީގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. ރައީސްގެ ވާހަކަފުޅުގައި، ކުޅިވަރުގެ ދާއިރާއިން ކުޅުދު...

ޔުމްނާ ޢަލީ
ހުޅުމާލެއިން މީހަކު ގެއްލިގެން ހޯދަނީ

ހުޅުމާލެއިން މީހަކު ގެއްލިގެން ހޯދަނީ

ހުޅުމާލޭ އެމްޕީއެލް ޓަވަރުގައި ދިރިއުޅެމުން އައި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ، ގެއްލިގެން ހޯދަމުން އަންނަނީ މަސީޙް ޢަބްދުލް ޙަކީމް (41އ) ދޫޑިގަން، ފަސީހްއާބާދު / ޏ.ފުވައްމުލައް އެވެ. އާއިލާއަށް މަސީޙްގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި އޯގަސްޓު މަހުގެ 25 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މަސީޙް ޢަބްދުލް ޙަކީމް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ، އެމްޕީއެލް ޓަވަރުގައި ކަމަށާއި އޭނާގެ [...

ޔުމްނާ ޢަލީ
ނޭކުރެންދޫގައި ޖަލެއް އަޅަން ކަނޑައަޅާފައި އޮތް ބިން ކައުންސިލަށް

ނޭކުރެންދޫގައި ޖަލެއް އަޅަން ކަނޑައަޅާފައި އޮތް ބިން ކައުންސިލަށް

ހދ. ނޭކުރެންދޫގައި ޖަލެއް އަޅަން ކަނޑައަޅާފައި އޮތް ބިން އެރަށު ކައުންސިލާއި ހަވާލުކޮށްފިއެވެ. އެކަން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އެރަށަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ނޭކުރެންދޫ ކައުންސިލްގެ އެދުމުގެ މަތީން، އެ ރަށުގައި ކުރިން ޖަލެއް ހަދަން ކަނޑައަޅާފައި އޮތް ބިމެއް ކައުންސިލާ ހަވާލުކުރައްވާފައިވާކަމަށެވެ. އެއީވެސް އިޤްތިޞާދީ ނަފާ ހޯދުމަށް ބޭނުންކުރުމަށް ހަވާލުކުރައްވާފައިވާ ބިމެއް ކަމަށް އެމަނިކުފާނު...

ޔުމްނާ ޢަލީ
ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި މީހަކު ނިޔާވެއްޖެ

ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި މީހަކު ނިޔާވެއްޖެ

ކ.ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، މީހަކު ނިޔާވެއްޖެ އެވެ. އެމްއެންޑީއެފުން ބުނީ މިޙާދިސާގެ ރިޕޯޓު އެ އިދާރާގެ ކޯސްޓްގާޑަށް ލިބިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. މި ދޯނީގައި ހަ މީހުން ދަތުރުކުރިއެވެ. އެތަނުން ފަސް މީހުން ފެނިފައިވާއިރު، އެކަކު ނުފެނިގެން ސިފައިންނާއި އާންމުން ގުޅިގެން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. “ލިއޯ” ނަމަކަށް ކިޔާ ދޯނި ބަންޑުންޖަހާލައި ކަނޑުވި މީހުންގެ ތެރެއިން ގެއްލުނު މީހާ ފެނުނީ އެ މީހާ ހޯދުމުގެ މަސައްކަތަށް ތުލުސްދޫން ނުކުތް […]

ޔުމްނާ ޢަލީ
އެމްޓީޑީ އުވާލަން ނިންމައިފި

އެމްޓީޑީ އުވާލަން ނިންމައިފި

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އުވާލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ 2018 ގައި އުފެއްދި އެމްޓީޑީ އުވާލަން ނިންމާފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ. އީސީ އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އެމްޓީޑީ އުވާލަން ނިންމާފައިވަނީ ޕާޓީގައި ހިމެނޭ މެންބަރުންގެ އަދަދު ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ މަދު އަދަދަށްވުރެ މަދުވުމުގެ ސަބަބުންނެވެ. ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން،...

އަލީ އާދިލް