ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދަތުރުކުރާ މަގުގެ ޓްރެފިކް ލައިޓެއް ނިވުމުގެ މައްސަލަ ދިމާވާތީ ފުލުހުންގެ އިރުޝާދަށް ޢަމަލުކޮށްދިނުމަށް އެދިއްޖެއެވެ.
ފުލުހުން ބުނިގޮތުގައި ވީއައިއޭ އަށް ދާ މަގުގައި އެއާޕޯޓަށް އަޅާ ޖަންގްޝަންގައި ހަރުކޮށްފައި ހުންނަ ޓްރެފިކް ލައިޓް ނިވުމުގެ މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ. އެކަން ދިމާވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނައިރު، އެ ސަރަހައްދުގެ ޓްރެފިކް ފްލޯ އޮމާންކަމާއެކު ކުރިއަށްދާކަން ޔަގީންކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން އަންނާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
''އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ، ފުލުހުންގެ އިރުޝާދަށް ޢަމަލުކޮށްދިނުމަށް އެދެން'' ފުލުހުން ބުނެފަވެއެވެ.
ވީއައިއޭ އަށް ދަތުރުކުރާ މަގަކީ ގިނަ އަދަދެއްގެ ވެހިކަލްތައް ދަތުރުކުރާ މަގެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!