އދ. އަތޮޅުގެ ތިން ފަޅެއް އެއަތޮޅު އޮމަދޫގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮމަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވީ އެއަތޮޅު ކުޑަދޫފަޅު ހިމެނޭހެން އިތުރު ދެ ފަޅެކެވެ. އެއީ އެއަތޮޅު ކޯޑު ނަންބަރު RF1329 ފަޅާއި ކޯޑު ނަންބަރު RF1330 ފަޅެވެ.
ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ފަޅުތައް ދީފައި ވަނީ އޮމަދޫގައި ފަތުރުވެރިކަން ހިމެނޭގޮތުން އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް މަންފާވާނެފަދަ ތަރައްޤީގެ މަސައްކަތްތައް ހިންގުމަށްޓަކައެވެ.
މިއީ ރައީސްގެ ވަޢުދުފުޅެކެވެ.
ރައީސްގެ މި ނިންމެވުމާއި ގުޅިގެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޤަރާރަށް އިޞްލާޙު ގެންނަވައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު، މިހާރު ވަނީ އަދާހަމަކުރައްވާފައެވެ.
ރައީސް ޑރ. މުޙައްމަދު މިހާރުގެންދަވަނީ އަރިއަތޮޅު ދެކުނު ބުރިއަށް ދަތުރެއް ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!