މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 174 ވަނަ ޞަފްޙާ

ޕޭޕަލް ފަދަ ޕްލެޓްފޯމްތައް ދިވެހީންގެ އަތްމައްޗަށް ގެނެސްދޭނަން: ރައީސް

ޕޭޕަލް ފަދަ ޕްލެޓްފޯމްތައް ދިވެހީންގެ އަތްމައްޗަށް ގެނެސްދޭނަން: ރައީސް

އޮންލައިން ވިޔަފާރީގެ އެންމެ ފުޅާ، ޕޭޕަލް ފަދަ ޕްލެޓްފޯމްތައް ދިވެހީންގެ އަތްމައްޗަށް ގެނެސްދެއްވައި، އުފެއްދުންތެރިކަމުގެ އިޤްތިޞާދު އިތުރަށް ފުޅާކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ށ. ކޮމަންޑޫގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕޭޕަލްއާއެކު ދިވެހިރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޕޭޕަލްއާއެކު ދިވެހިރާއްޖޭގެ ޕާޓ...

ޔުމްނާ ޢަލީ
އައިޖީއެމްއެޗްގެ ކަށީގެ ޑިޕާޓްމަންޓުން އެންމެފަހުގެ އެޑްވާންސް ޓެކޮނޮލޮޖީ ބޭނުންކުރަން ފަށައިފި

އައިޖީއެމްއެޗްގެ ކަށީގެ ޑިޕާޓްމަންޓުން އެންމެފަހުގެ އެޑްވާންސް ޓެކޮނޮލޮޖީ ބޭނުންކުރަން ފަށައިފި

ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖެރީ ޑިޕާޓްމަންޓުން އެންމެ ފަހުގެ އެޑްވާންސް ޓެކްނޮލޮޖީ ބޭނުންކުރަން ފަށައިފިއެވެ. މާލެ ހޮސްޕިޓަލްސް ގްރޫޕުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މިކަން ހާމަކުރަށްވައި މިއަދު ވިދާޅުވީ، އައިޖީއެމްއެޗްގެ އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖެރީ ޑިޕާޓްމަންޓްގެ ޚިދުމަތްތައް ފުޅާކުރުމާއި، އިތުރަށް ފުރިހަމަކުރުމުގެ ގޮތުން މިހާރު މިވަނީ އެންމެފަހުގެ އެޑްވާންސް ޓެކޮނޮލޮޖީ (އޯލް އިން ވަން ހަތަ...

ޔުމްނާ ޢަލީ
ފޯކައިދޫ ސިއްހީ މަރުކަޒަށް ފިޒީޝަނެއް ހަމަޖައްސައިދީ އެކްސް-ރޭގެ ޚިދުމަތް ގާއިމުކުރަނީ

ފޯކައިދޫ ސިއްހީ މަރުކަޒަށް ފިޒީޝަނެއް ހަމަޖައްސައިދީ އެކްސް-ރޭގެ ޚިދުމަތް ގާއިމުކުރަނީ

ށ. ފޯކައިދޫ ސިއްހީ މަރުކަޒުގެ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާއި އަދި އެ މަރުކަޒަށް ފިޒީޝަނެއް ހަމަޖައްސައިދެއްވައި، އެކްސް-ރޭގެ ޚިދުމަތް ގާއިމުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފޯކައިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ޞިއްޙީ ދާ...

ޔުމްނާ ޢަލީ
ސިނގިރޭޓް ގެއްލުނު މައްސަލަ: ދެ ވިޔަފާރިވެރިއަކު ހިމެނޭހެން ހަތަރު މީހަކު ހައްޔަރު

ސިނގިރޭޓް ގެއްލުނު މައްސަލަ: ދެ ވިޔަފާރިވެރިއަކު ހިމެނޭހެން ހަތަރު މީހަކު ހައްޔަރު

މިދިޔަ އަހަރުގެ އޭޕްރީލް މަހު ދިވެހި ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން، ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ އިސް މުވައްޒަފަކު ހިމެނޭހެން ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު މި މައުލޫމާތު ހާމަކުރައްވަމުން ބުނީ، ހައްޔަރުކުރެވުނު މީހުންނަކީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި މި ސިނގިރޭޓްތައް ވަގަށް ނެގުމުގެ އޮޕަރޭޝަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި...

ޔުމްނާ ޢަލީ
ކުރުނބާ ކައިރިން ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައިފި

ކުރުނބާ ކައިރިން ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައިފި

ކުރުނބާ ރިސޯޓް ކައިރިން ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައި، އެކްސިޑެންޓްގައި އަނިޔާވި މީހަކަށް ފަރުވާދޭން ފަށައިފިއެވެ. މެރިން ޕޮލިހުން މަޢުލޫމާތު ދިން ގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 7:15 ހާއިރު އެވެ. މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެފައިވާއިރު، އެ މީހާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދާ ކަމަށް މެރިން ޕޮލިހުން މަޢުލޫމާތު ދީފިއެވެ. އަދި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ކޮނޑު ހުޅުން ނެއްޓިފައިވާ ކަމަށް މެރިން ޕޮލިހުން ބުނެފައިވެއެވެ. މި އެކްސިޑެންޓް ހިނގި ސަރަހައްދު...

ޔުމްނާ ޢަލީ
ކޮމަންޑޫ ކައުންސިލަށް ނަފާ ހޯދައިދިނުމަށް ގައްލައިދޫ ދީފި

ކޮމަންޑޫ ކައުންސިލަށް ނަފާ ހޯދައިދިނުމަށް ގައްލައިދޫ ދީފި

ކައުންސިލްތަކުގެ މާލީ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، ށ. ކޮމަންޑޫ ކައުންސިލާ އެ އަތޮޅު ގައްލައިދޫ މިއަދު ހަވާލުކޮށްފިއެވެ. ގައްލައިދޫ ކޮމަންޑޫ ކައުންސިލާ ހަވާލުކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫގައި ބޭއްވި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އ...

ޔުމްނާ ޢަލީ
ފީވަކުން ގޯތި ދޫކޮށްފައިވާ ސަރަހައްދަށް ފަސް އަޅައިދީ ރައްޔިތުންނަށް ދިރިއުޅެވޭފަދަ ތަނަކަށް ހަދައިދޭނަން: ރައީސް

ފީވަކުން ގޯތި ދޫކޮށްފައިވާ ސަރަހައްދަށް ފަސް އަޅައިދީ ރައްޔިތުންނަށް ދިރިއުޅެވޭފަދަ ތަނަކަށް ހަދައިދޭނަން: ރައީސް

ށ. ފީވަކުން ގޯތި ދޫކޮށްފައިވާ ސަރަހައްދުގައި ޗަކަ ބިން އޮތުުމުން އެ ގޯތިތައް ލިބުނު މީހުންނަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދިނުމަށް އެތަނަށް ފަސް އަޅައިދީ ރައްޔިތުންނަށް ދިރިއުޅެވޭފަދަ ތަނަކަށް ހަދައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ފީވަކަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް...

ޔުމްނާ ޢަލީ
މާލެއަށް ހުރިހާ ބާރެއް ބަރޯސާވެފައި އޮތުމީ ލާމަރުކަޒީ ނިޒާމެއްނޫން: ރައީސް

މާލެއަށް ހުރިހާ ބާރެއް ބަރޯސާވެފައި އޮތުމީ ލާމަރުކަޒީ ނިޒާމެއްނޫން: ރައީސް

މާލެއަށް ހުރިހާ ބާރެއް ބަރޯސާވެފައި އޮތުމީ ލާމަރުކަޒީ ނިޒާމު ކަމުގައި ޤަބޫލުފުޅުނުކުރަށްވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ބިލެތްފައްސަށް ވަޑައިގެން ރޭ އެރަށު ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ޙަޤީޤީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައް...

ޔުމްނާ ޢަލީ
ބޯކޮށް ވާރޭވެހި ވައިގަދަވާނެ، މުޅި ރާއްޖެއަށް ހުދު ސަމާލު

ބޯކޮށް ވާރޭވެހި ވައިގަދަވާނެ، މުޅި ރާއްޖެއަށް ހުދު ސަމާލު

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ބާރަށް ވައިޖެހި، ވައި ގަދަވާނެކަމަށް ލަފާކޮށްފައެވެ. މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތުގައި މުޅި ރާއްޖެއަށް ވެސް އާންމުގޮތެއްގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މި ސަމާލުގެ ވަގުތު ދީފައި ވަނީ މިއަދު ހެނދުނު […]

ޙުސައިން ޝަހުދީ
މިއަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލެބޯޓަރީ ޚިދުމަތް ޤާއިމުކުރެވޭނެ: ރައީސް

މިއަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލެބޯޓަރީ ޚިދުމަތް ޤާއިމުކުރެވޭނެ: ރައީސް

މިއަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލެބޯޓަރީ ޚިދުމަތް ޤާއިމުކުރެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު މިއަދު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ނޫމަރާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ދެ އަހަރު ތެރޭގައި، އެއީ މިހިނގާ އަހަރާއި އަންނަ އަހަރާ، ދެ އަހަރު ތެރޭގައި، ލެބޯޓަރީ ޚިދުމަ...

ޔުމްނާ ޢަލީ
ބޮޑު ތިން ބައްޔެއް ނައްތާލި ފުރަތަމަ ޤައުމަކަށް ރާއްޖެ، ރައީސްގެ ޝުކުރު

ބޮޑު ތިން ބައްޔެއް ނައްތާލި ފުރަތަމަ ޤައުމަކަށް ރާއްޖެ، ރައީސްގެ ޝުކުރު

މަންމައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕިޓައިޓިސް ބީ ވާރުތަވުން ހުއްޓުވައި، “ޓްރިޕްލް އެލިމިނޭޓް” ކުރި ފުރަތަމަ ގައުމަކަށް ދިވެހިރާއްޖެ ވެއްޖެ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިއަދު ކަނޑައަޅައިފިއެވެ. ޑަބްލިއުއެޗްއޯ އިން އިއުލާނުކުރި ގޮތުގައި އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ މައިންގެ ގައިން ތުއްތުދަރިފުޅަށް އެރުން ރާއްޖޭން މިހާރު ވަނީ ނައްތާލައިފައެވެ. މި ތިން ބަލީގެ ތެރެއިން އެޗްއައިވީ އާއި ސިފިލިސް މައިންގެ ގައިން ތުއްތު ދަރިން...

ޔުމްނާ ޢަލީ
ކަނޑިތީމު ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ސްކޫލް މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ގާތުން ބަލައި ހަލުވިކޮށް ކުރިއަށް ގެންގޮސްދޭނަން: ރައީސް

ކަނޑިތީމު ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ސްކޫލް މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ގާތުން ބަލައި ހަލުވިކޮށް ކުރިއަށް ގެންގޮސްދޭނަން: ރައީސް

ށ. ކަނޑިތީމު ސިއްހީ މަރުކަޒުގެ ދެ ބުރީގެ އައު އިމާރާތާއި ސްކޫލް މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ގާތުން ބަލައި ހަލުވިކަމާއެކު ކުރިއަށް ގެންގޮސްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ކަނޑިތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރަށުގެ ކުރިއެރުމަށް ވަރަށް ގިނަ ކަންކަން ބޭނުންވާކަމަށާއި، ފެށިފައި ހުރި ނަމަވެސް މާ ބާރު ސްޕީޑެއްގައި ނ...

ޔުމްނާ ޢަލީ
މީޑިއާ ކޮމިޝަނުގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުވެފައިވާ ބޭފުޅުން ހަމަޖައްސައިފި

މީޑިއާ ކޮމިޝަނުގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުވެފައިވާ ބޭފުޅުން ހަމަޖައްސައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުކޮށްފައިވާ 4 މެންބަރުން މިއަދު ހަމަޖައްސައިފިއެވެ. މިއީ މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެ ކޮމިޝަނަށް މީޑިއާތަކުން އައްޔަންކުރަންޖެހޭ މެންބަރުންނެވެ. ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ށ.ފޭދޫ މޫނިމާގެ، ޢަބްދުލްޢަޒީޒް އިބްރާހީމާއި ގދ.ތިނަދޫ، މަލަ، ޒަމްޢަތު އަޙްމަދު ވަޙީދު އެވެ. އަދި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި...

ޔުމްނާ ޢަލީ
ކަނޑިތީމު ފުލުހުންގެ މަރުކަޒުގައި ބިންގާ އަޅައިފި

ކަނޑިތީމު ފުލުހުންގެ މަރުކަޒުގައި ބިންގާ އަޅައިފި

ށ. ކަނޑިތީމު ފުލުހުންގެ މަރުކަޒުގައި ބިންގާ އަޅައިފިއެވެ. މި އިމާރާތުގައި ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މިހާރު ށ. އަތޮޅަށް ކުރަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން އެ އަތޮޅު ކަނޑިތީމަށް ކުރެއްވި ދަތުރުފުޅުގައެވެ. މިގޮތުން އެ އިމާރާތުގައި ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު، އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެވެ. މި ރަސްމިއްޔާތުގައި ކަނޑިތީމު ދާއިރާގެ މެންބަރު އަދި އެ ރަށު […]

އައިޝަތު އައިނީ އާމިރު
ކުޑަކުއްޖެއްގެ ގައިގައި އަތްލި މީހަކު އެއް މަހަށް ޖަލަށް

ކުޑަކުއްޖެއްގެ ގައިގައި އަތްލި މީހަކު އެއް މަހަށް ޖަލަށް

ކުޑަކުއްޖެއްގެ ގައިގައި އަތްލި އަންހެނަކު އެއް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ކްރިމިނަލް ކޯޓުން ބުނީ އެ އަންހެން މީހާ ޖަލަށްލާން ހުކުމްކުރީ މިދިޔަ ހަފުތާގައި ކަމަށެވެ. ނަމަވެސް އެއީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ އެ މައްސަަލާގެ ތަފްސީލެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެ އެވެ. އެ މީހާގެ މައްޗަށް ކޯޓުން އިއްވީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ގާނޫނުލްއުގޫބާތު އޮންނަ ގޮތުން މީހެއްގެ ރުހުމެއް ނެތި ގައިގައި އަތްލުމަކީ […]

ހުސައިން ހަބީބް