ށ. ކަނޑިތީމު ފުލުހުންގެ މަރުކަޒުގައި ބިންގާ އަޅައިފިއެވެ.
މި އިމާރާތުގައި ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މިހާރު ށ. އަތޮޅަށް ކުރަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން އެ އަތޮޅު ކަނޑިތީމަށް ކުރެއްވި ދަތުރުފުޅުގައެވެ.
މިގޮތުން އެ އިމާރާތުގައި ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު، އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެވެ.
މި ރަސްމިއްޔާތުގައި ކަނޑިތީމު ދާއިރާގެ މެންބަރު އަދި އެ ރަށު ކައުންސިލްގެ ރައީސް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސަރުކާރުން ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތަކީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް، ފުލުހުންގެ އަމިއްލަ އިމާރާތް ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެކެވެ.
އެގޮތުން ސަރުކާރުގެ އަމާޒަކީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ޚާއްސަ މަރުކަޒުތައް ތަރައްޤީކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!