މެދުއިރުމައްޗަށް ދަތުރުކުރާ މީހުން ސަމާލުކަންދޭންޖެހޭ ކަންކަން ހިމެނޭ އެޑްވައިޒަރީއެއް މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ ލިމިޓެދް(އެމްއޭސީއެލް) އިން ނެރެފި އެވެ.

Ad
rt

މެދުއިރުމަތީގެ ގިނަ ޤައުމުތަކެއްގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދުކުރުމާއި ގުޅިގެން އެ ސަރަހައްދުގެ ޤައުމުތަކަށް ދަތުރުކުރާ ދިވެހިން އެއަރޕޯޓަށް ދިއުމުގެ ކުރިން، އެ ފަސިންޖަރަކު ފުރުމަށް ހަމަޖެހިފައިވާ ފްލައިޓުގެ މަޢުލޫމާތު، އެއަރލައިންގެ ވެބްސައިޓާއި ޓުއަރ އޮޕަރޭޓަރުން މެދުވެރިކޮށް ހޯދުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފަސިންޖަރުން ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަން *

ދަތުރުކުރައްވާ އެއަރލައިންގެ ވެބްސައިޓު ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯދުން

* ޓުއަރ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރު އަދި ފްލައިޓުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމާއެކު، އެ ފަރާތްތަކުން ފޯރުކޮށްދޭ އިރުޝާދަށް ތަބާވުން *

ދުރާލާ ދަތުރުގެ ކަންކަން ރޭވުން މެދުއިރުމަތީގެ މަސްރަހު ހޫނުވެފައި ވަނީ އިސްރާއީލާއި، އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފެށުމުންނެވެ.

އީރާނުގެ ރައްދު ހަމަލާތައް އަމާޒު ވެފައިވަނީ މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ.