ގުރޭޓަރ މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި މާލޭގެ ރަށްވެހިންނަށް އިސްކަންދެނީ
މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި އެންމެ އިސްކަންދޭނީ، އެ ސްކޫލް ސަރަހައްދުގައި ދިރިއުޅޭ މާލެ އަށް ރަށްވެހިވެފައިވާ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި މާލެ އަށް ރަށްވެހިވެފައިވާ ދަރިވަރުންގެ ދާއިމީ އެޑްރެހަށް ބަލައި އެ ސަރަހައްދުން ދަރިވަރު ނިސްބަތްވާ ސްކޫލަކުން ޖާގަ ހަމަޖައްސަވައިދޭނެ ކަމަށެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހު ފޮނުވި ސާކިއުލާ ބުނާގޮތުން، ޖާގަ ދިނުމުގައި ދެ […]