ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދިޔާނާ އާއި މަހާޒުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައްޔިތުންގެ މަޖިލީހަށް މިއަދު ދެ ނަންފުޅެއް ހުށަހަޅުއްވައިފިއެވެ. ޤާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާނެ ބޭފުޅެއް ކަނޑައެޅުއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ ގދ. މަޑަވެލި، މޭނާ އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރުގެ ނަންފުޅާއި އައްޑޫ ސިޓީ ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޛް ފާޠިމަތު ދިޔާނާ ސަޢީދުގެ ނަނ...