މިމަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޮޒަންބީކްގެ އާންމު އިންތިޚާބު ވިލަރެސްކުރުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން ވަފުދެއް ފޮނުވައިފިއެވެ.
އެމްބެސެޑަރ އަހުމަދު ސަރީރު އިސްކޮށް ހުންނެވި މި ވަފުދުންވަނީ އިންތިޚާބުގެ ތައްޔާރީތަކުގެ މައުލޫމާތު ހޯދުމަށްޓަކައި ނޭޝަނަލް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަބްދުލް ކަރީމޯ ނޯރދީން ސައި އާއި ބައްދަލުކޮށްފައެވެ.
މިވަފުދުން ވަނީ ސެކްރެޓަރީ ޖެނެރަލް ޑރ.ޔޫސުފް އަލް އުޘައިމީންގެ ސަލާމް ރައްދުކުރައްވައި، އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއާއި ދިމިކްރާތީ މަސަލަސްކަމަށް މޮޒަންބީކްގެ ރައްޔިތުން ކުރަމުންދާ މަސައްކަތަށް އެހީވާން އޯއައިސީން ތައްޔާރަށް އޮތްކަމަށް ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ވަނީ މޮޒަންބީކްގެ ރިޔާސީ، މަޖިލިސް އަދި ލާމަރުަކަޒީ އިންތިޚާބު ވިލަރެސްކުރުމަށް އޯއައިސީން ވަފުދެއް ފޮނުއްވާފައިވާތީ އެކަމަށް ޝުކުރުދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!