ތައުލީމީ ދާއިރާއާ އަލަށް ގުޅޭ މީހުން މަދުވަނީ މުސާރަ ކުޑަވުމުން: އެޑިއުކޭޝަން މިނިސްޓަރ
ތައުލީމީ ދާއިރާއާ އަލަށް ގުޅޭ މީހުން މަދުވަނީ މުސާރަ އާއި އިނާޔަތްތައް ކުޑަވުމުގެ އިތުރުން، މަސައްކަތް ކުރަން ޖެހޭ މާހައުލަކީ އެންމެ ހިތްގައިމު މާހައުލަކަށް ނުވާތީ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ޓީޗަރުންގެ މުސާރައާ ގުޅޭ އޮނިގަނޑު ޕޭ ކޮމިޝަނާ ހިއްސާކޮށްފައިވާނެ ކަމަށާއި އޮނިގަނޑުގައި އެޑިއުކޭޝަން...