މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް (އެމްޑީއެން) އުވާލަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ޖަމްއިއްޔާ އުވާލުމަށް ޔޫތު މިނިސްޓްރީން ނިންމައިފައިވާކަން ޔޫތު މިނިސްޓްރީން ދާދި ދެންމެއަކު ވަނީ އިއުލާންކޮށްފައެވެ.

Ad
rt

ޖަމްޢިއްޔާ އުވާލަން ނިންމައި ނެރެފައިވާ ބަޔާން ޓުވީޓާރގައި ހިއްސާ ކުރައްވަމުން ، ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެފައިވަނީ، ” އެމްޑީއެން އިން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފް ވާހަކަތަކެއް ހުރިކަން މޯލްޑިވްސް ޕޮލިސް ސާވިސް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރި ތަހުގީގަށް ކަށަވަރުވެފައިވާތީ ޖަމްޢިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން އެމްޑީއެން އުވާލުމަށް ނިންމައިފި” ކަމަށެވެ.