މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,836 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1101 ވަނަ ޞަފްޙާ

ސިއްހީ ފަރުވާ ދިނުމުގައި ކުދި ރަށްތަކާއި ބޮޑެތި ރަށްތަކުގެ ރައްޔިތުން ތަފާތުކޮށްގެން ނުވާނެ: ނައިބު ރައީސް

ސިއްހީ ފަރުވާ ދިނުމުގައި ކުދި ރަށްތަކާއި ބޮޑެތި ރަށްތަކުގެ ރައްޔިތުން ތަފާތުކޮށްގެން ނުވާނެ: ނައިބު ރައީސް

ސިއްހީ ފަރުވާ ލިބުމުގައި ކުދި ރަށްތަކާއި ބޮޑެތި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ތަފާތުވެގެން ނުވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ “ނެޝަނަލް ކޮންފަރެންސް އޮން ރިވައިޓަލިޒިން ޕަބްލިކް ހެލްތް” މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އާއްމު ސިއްހަތާ ބެހޭ ގޮތުން މަޝްވަރާކުރަން ހެލްތު މިނިސްޓްރީން އިންތިޒާމްކޮށްގެން ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބާއްވާ މަހާސިންތާ ފެށ...

އިބްރާހިމް އަސްވާޤް
ޗީފް އޮފް ޑިފެންސް ފޯސްގެ އިލްތިމާސް: ޝަހީދު ހުސައިން އާދަމްގެ ޤުރުބާނީން ތަޖްރީބާ ލިބިގަނޭ

ޗީފް އޮފް ޑިފެންސް ފޯސްގެ އިލްތިމާސް: ޝަހީދު ހުސައިން އާދަމްގެ ޤުރުބާނީން ތަޖްރީބާ ލިބިގަނޭ

ޒުވާނުން، ޝަހީދު ހުސައިން އާދަމްގެ ޤުރުބާނީން ތަޖްރީބާ ލިބިގަތުމަށް ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުﷲ ޝަމާލް އިލްތިމާސް ކުރައްވައިފި އެވެ. ޓެލެވިޒަން މޯލްޑިވްސް އިން ނަސްރުގެ ދުވަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވި ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުﷲ ޝަމާލް ވިދާޅުވީ 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާއަށް ސިފައިން، އެތެރެއިން ތައްޔާރުވުމަށް ފުރުޞަތު ލިބިގެން ދިޔައީ ޝަހީދު ޙުޞައިން އާދަމްގެ ރައްދު ޙަމާލާތަކުގެ ސަބަބުން ކަމަށެވެ. ޝަހީދު ޙުޞައިން އާދަމް […]

އަޙްމަދު މުޖުތަބާ
ނޮވެމްބަރ 3 ގެ ޢުދުވާން ނާކާމިޔާބުކޮށްލި މައި އައްޑަނައަކީ ޝަހީދު ޙުސައިން އާދަމް: ރައީސް

ނޮވެމްބަރ 3 ގެ ޢުދުވާން ނާކާމިޔާބުކޮށްލި މައި އައްޑަނައަކީ ޝަހީދު ޙުސައިން އާދަމް: ރައީސް

1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާން ނާކާމިޔާބުކޮށްލި، މައި އައްޑަނަކަމުގައި ވެގެން ދިޔަ ޤައުމީ ބަޠަލަކީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ 32 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ނުރައްކާތެރި ޙަމަލާގައި، ދިވެހި ޤައުމުގެ ދިފާޢުގައި ޖިހާދުކު...

އަޙްމަދު މުޖުތަބާ
ރައީސް ނަޝީދުގެ ބޭބެގެ ތާއީދު ޝިފާޒު އަށް

ރައީސް ނަޝީދުގެ ބޭބެގެ ތާއީދު ޝިފާޒު އަށް

އެމްޑީޕީ ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ބޭބެ ޑރ. އަޙްމަދު ނާޝިދުގެ ތާއީދު އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ މުޙައްމަދު ޝިފާޒު އަށް އޮތް ކަން ހާމަކުރައްވައިފިއެވެ. ނޮވެމްބަރ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ލީޑަރޝިޕް އިންތިޙާބު ގައި ޕާޓީގެ ނައިބް ރައީސް ކަމަށް ވާދަކުރައްވާ ޝީފާޒު އަށް ތާއީދު ކުރައްވާކަން ނާޝިދު ހާމަކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ. ޝިފާޒު އާއިއެކު ނަގާފައިވާ ފޮޓޯއެއް ޓްވީޓު ކުރަށްވަމުން ނާޝީދު ވިދާޅުވީ 22 ވަނަ […]

އަޙްމަދު މުޖުތަބާ
މަސްތުވާތަކެއްޗަށް ޝައްކުކުރެވޭތަކެއްޗާ އެކު ރާއްޖޭގެ ސަރަޙައްދުން ބޭރުގެ މަސްބޯޓެއް ހިފަހައްޓައިފި

މަސްތުވާތަކެއްޗަށް ޝައްކުކުރެވޭތަކެއްޗާ އެކު ރާއްޖޭގެ ސަރަޙައްދުން ބޭރުގެ މަސްބޯޓެއް ހިފަހައްޓައިފި

މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތަކެއްޗާއެކު ރާއްޖޭގެ ސަރަޙައްދުން، ބޭރުގެ މަސްބޯޓެއް މިއަދު ހިފަހައްޓައިފިއެވެ. މި މަސްބޯޓު ހިފަހައްޓާފައިވަނީ، ގޮތްނޭނގޭ އުޅަނދެއް ރާއްޖޭގެ ސަރަޙައްދުން ދަތުރުކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިގެން، އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، އއ.މަންދޫގެ ހުޅަނގުން ގާތްގަނޑަކަށް 4.8 ނޯޓިކަލް މޭލު ބޭރުގައި އެ މަސްބޯޓު އޮއްވައި، މިއަދު ހެނދުނު 11:40 ހާއިރުއެވެ. އަދި، މި މަސްބޯޓަށް ސިފައިންނާއި ފުލުހުން އަރައި...

އިބްރާހިމް އަސްވާޤް
ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ ފަޚުރުވެރި 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީއެވެ. ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ސަރަޙައްދުގައި މިއަދު ހެނދުނު 06:30 ގައި ބޭއްވި ރަސްމިއްޔާތުގައި ދިދަޖަހައި ގާޑުމައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. ދިދަވެރިން ދިދަ ޖަހައި ގާޑު މާއުންޓް ކުރުމުން ނޮވެމްބަ...

އިބްރާހިމް އަސްވާޤް
ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައީސް ސޯލިހް ފޮނުއްވައިފި

ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައީސް ސޯލިހް ފޮނުއްވައިފި

ނަސްރުގެ ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވައިފި އެވެ. ނަސްރުގެ ތަހުނިޔާ ރައީސް ފޮނުއްވަމުން ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ “ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި އިޚްލާސްތެރި ހެޔޮ އެދުންތައް ލޮބުވެތި ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސް ކުރަން. މި ގަ އުމަށްޓަކައި ޝަހީދުވެ ދިޔަ ބަތަލުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި މާތްﷲ ގެ ހަޒުރަތުގައި ދުއާ ދަންނަވަން،” ރައީސްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ. ނަޞްރުގެ ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެ...

ޔުމްނާ ޢަލީ
އެމްޑީއެންގެ ރިޕޯޓު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތެއް ނުދޭނަން: ޑރ އިޔާޒު

އެމްޑީއެންގެ ރިޕޯޓު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތެއް ނުދޭނަން: ޑރ އިޔާޒު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ. ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޔަކު މީހުން ލާދީނީ ޓެރަރިސްޓު އެމްޑީއެންގެ ގެ ސައިތާނީ ރިޕޯޓު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ތަކެއް ނަގަން އުޅުނުނަމަވެސް އެކަމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ، އެފަދަ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ. Bayaku meehun Laadheeny Terroriost MDN ge Shaithaany Report […]

އަޙްމަދު މުޖުތަބާ
"ވިކްޓްރީ ރަން" މާލޭގައި ބާއްވައިފި

"ވިކްޓްރީ ރަން" މާލޭގައި ބާއްވައިފި

ރާއްޖޭގެ ފަޚުރުވެރި 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި، އެމްއެންޑީއެފްގެ އޭރިއާތަކުގައި “ވިކްޓްރީ ރަން” ބާއްވައިފިއެވެ. މިއަދު ހެނދުނު މާލޭގައި ކުރިއަށްގެންދިޔަ “ވިކްޓްރީ ރަން” ފަށާފައި ވަނީ ހެނދުނު 6 ޖަހާއިރު ކަޅުތުއްކަލާކޮށިންނެވެ. ގިނަޢަދަދެއްގެ ސިފައިން ބައިވެރިވި މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ ކަޅުތުއްކަލާކޮށިން ނިކުމެގެން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނު މަގުން މާލެވަށައި ދުވެ ކަޅުތުއްކަލާކޮށްޓަށެވެ. މި ދުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި ވައިސް ޗ...

އިބްރާހިމް އަސްވާޤް

މަސްތުވާތަކެއްޗާއެކު 18 އަހަރުން ދަށުގެ ކުއްޖަކު ގާދިއްފުށިން ހައްޔަރުކޮށްފި

ތ. ތިމަރަފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު މަސްތުވާތަކެއްޗާއެކު ތ. ގާދިއްފުށިން ހައްޔަރުކޮށްފިއެވެ. އެކުއްޖާ ހައްޔަރުކޮށްފައިވަނީ ގާދިއްފުށީގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ. ކޯޓު އަމުރެއްގެ ދަށުން އެކުއްޖާ ހައްޔަރުކޮށް އެކުއްޖާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރިއިރު، މަސްތުވާ...

އަޙްމަދު މުޖުތަބާ
ސަމާލުވޭ! ބޭންކް އޮފް މޯލްޑިވްސް ނަމުގައި ފޭކު އީމެއިލް ފޮނުވަނީ

ސަމާލުވޭ! ބޭންކް އޮފް މޯލްޑިވްސް ނަމުގައި ފޭކު އީމެއިލް ފޮނުވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނަމުގައި ބަޔަކު އާންމުނަށް ފިޝިން ނުވަތަ ފޭކް މެއިލް ފޮނުވާ ކަމަށް އެ ބޭންކުން ބުނެފި އެވެ. ބީއެމްއެލް އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެއްވެސް އެކައުންޓެއް ވެރިފައި ކުރަން ނުވަތަ އިންޓަނެޓް ބޭންކިން މައުލޫމާތު ހޯދުމަށް ޓަކައި އެކުންފުނީން މެއިލް މެދުވެރިކޮށް ނާންގާނެ ކަމަށެވެ. ބީއެމްއެލް އިން ބުނެފައި ވަނީ ބީއެމްއެލް ބޭނުންކުރާ ފަރާތައް ރޫޓީން ސެކިއުރިޓީ ޗެކު ކުރުމުގެ ނަމުގައި ބަޔަކު ފިޝިން މެއިލް ފޮނުވާ ކަމަށެވެ. […]

އިބްރާހިމް އަސްވާޤް
އެމްޑީއެންގެ ރިޕޯޓުގައި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާކަން ޔޫތު މިނިސްޓްރީއަށް އަންގައިފި

އެމްޑީއެންގެ ރިޕޯޓުގައި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާކަން ޔޫތު މިނިސްޓްރީއަށް އަންގައިފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ޔޫތު މިނިސްޓްރީއަށް އަންގަވައިފިއެވެ. ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ތަހުނީނުކުރުމުގެ ގޮތުން ފާޑު ކިޔާފައިވާކަމަށާއި، އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަމަށް ފެންނަކަމަށް ފުލުހުންގެ ފަރާތުން ޔޫތު މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ. އެމްޑީއެންގެ...

އަޙްމަދު މުޖުތަބާ
ލާމަރުކަޒީ ގާނޫނާއި އެކު ހަޤީޤީ ތަރައްޤީގެ ފުރުސަތުތައް ފެނިގެން ދާނެ- ރައީސް ނަޝީދު

ލާމަރުކަޒީ ގާނޫނާއި އެކު ހަޤީޤީ ތަރައްޤީގެ ފުރުސަތުތައް ފެނިގެން ދާނެ- ރައީސް ނަޝީދު

ދިވެހި ރައްޔިތުންނަށް ހަގީގީ ތަރައްގީގެ ފުރުސަތުތައް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން ލިބިގެންދާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. “ދެކުނު މަހާސިންތާ 2019” ފައްޓަވައި ދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުން ބެނުންވާ އެންމެ އަސާސީ ހިދުމަތްތައްކަމަށް ވާ ނަރުދަމާއާ ކަރަންޓާއި ސިއްހަތުގެ ހިދުމަތްތައް ވެސް ބައެއް ފަރާތްތަކަށް ނުލިބޭ ކަމަށާއި މި ހިދުމަތްތައް ލިބިގެން ދާނީ ކައުންސިލްތައް ބާރުވ...

ފާތިމަތު ސިނާޒާ
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި "ވިކްޓްރީ ރަން" މާދަމާ ބާއްވަނީ

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި "ވިކްޓްރީ ރަން" މާދަމާ ބާއްވަނީ

ރާއްޖޭގެ ފަޚުރުވެރި 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި، އެމްއެންޑީއެފުން “ވިކްޓްރީ ރަން” ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. މާދަމާ ހެނދުނު މާލޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ދުވުން ފެށޭނީ ހެނދުނު 6 ޖަހާއިރު ކަޅުތުއްކަލާކޮށިންނެވެ. ގިނަޢަދަދެއްގެ ސިފައިން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ މި ދުވުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވަނީ، ކަޅުތުއްކަލާކޮށިން ނިކުމެގެން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނު މަގުން މާލެވަށައި ދުވެ ކަޅުތުއްކަލާކޮށްޓަށް ނިންމާ ގޮތަށެވެ. “ވިކްޓްރީ ރަން” އަކީ އަސ...

އިބްރާހިމް އަސްވާޤް
ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެއާއި ދުރަށް

ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެއާއި ދުރަށް

ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ރާއްޖެއާއި ދުރަށް ދަތުރުކުރަމުންދާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މެޓް އޮފީހުން ވިދާޅުވީ މިހާރު އެ ކޮޅިގަނޑު ދަތުރުކުރަމުންދަނީ ރާއްޖޭގެ ހުޅަނގު އުތުރަށް ކަމަށެވެ. އަދި އިތުރަށް އޭގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާނުކުރެވޭކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކުރާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން މެދުރާއްޖެތެރެއާއި އުތުރަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް...

އިބްރާހިމް އަސްވާޤް