ލ. ގަމުގައި ފެނަކަ ކޯޕަރޭޝަންގެ އާ އޮފީހެއް މިއަދު ހުޅުވައިފި އެވެ.

Ad
rt

މި އޮފީސް ހުޅުވައިދެއްވީ އިކޮނިމިކް މިނިސްޓަރު އަދި ގަމު ދާއިރާގެ ކުރީގެ މެންބަރު ފައްޔާޒު އިސްމާއިލެވެ.

އޮފީސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ގަމު ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ވިސާމާއި ފެނަކައިގެ އެމްޑީ އަހުމަދު ސައީދު މުހައްމަދާއި ޑެޕިއުޓީ އެމްޑީ އިބްރާހިމް ވަހީދު އަދި ޗެއާމަން މުހައްމަދު ރަޝީދު ވެސް ބައިވެރިވި އެވެ.

ކުރިން ގަމުގައި ފެނަކައިގެ ތިން އޮފީހެއް ތިން އަވަށުގައި ހުރެ އެވެ. ފެނަކައިން ބުނީ އެ ތިން އޮފީސް އެއް އޮފީހަކަށް ބަދަލުވެގެން ދިޔުމަކީ މަސައްކަތްތައް ނިންމުމަށް ލިބިގެންދާނެ ފަސޭހައެއް ކަމަށެވެ.