މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,836 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1094 ވަނަ ޞަފްޙާ

އިސްލާމީ މަރުކަޒުގައި 27 ސީސީޓީވީ ކެމެރާ ހަރުކުރަން ބަޔަކާއި ހަވާލުކޮށްފި

އިސްލާމީ މަރުކަޒުގައި 27 ސީސީޓީވީ ކެމެރާ ހަރުކުރަން ބަޔަކާއި ހަވާލުކޮށްފި

އިސްލާމީ މަރުކަޒުގައި 27 ސީސީޓީވީ ކެމެރާ ހަރުކުރަން ބަޔަކާއި ހަވާލުކޮށްފި އެވެ. އިސްލާމީ މަރުކަޒުގައި ސީސީޓީވީ ކެމެރާ ސަޕްލައިކޮށް ހަރުކުރުމުގެ މަސައްކަތް ކުރުމަށް އިސްލާމިކް މިިނިސްޓްރީން، ސްޕެކްޓްރާ އެކްސްޓްރީމް ޕްރައިވެޓް ލިމިޓެޑާއި އެކު އިއްޔެވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ، އިއްޔެ ހަވީރު އިސްލާމިކް މިނިސްޓްރީގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީއެވެ. އަދި ސްޕެކްޓްރާގެ ފަ...

ޔުމްނާ ޢަލީ
ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކަށް ހައްލުހޯދަން އެންމެ ފަހުން ރައީސްގެ އަރިހަށް

ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކަށް ހައްލުހޯދަން އެންމެ ފަހުން ރައީސްގެ އަރިހަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޓެކްސީ ދުއްވާ ޑްރައިވަރުންވަނީ، އެ ބޭފުޅުންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލު ކުރެވޭނެ ގޮތްތަކާމެދު ރައީސުލްޖުމްހޫރިއްޔާ އާއިއެކު މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޓެކްސީ ޑްރައިވަރުންގެ ފަރާތުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެއްގަމުގައި ދުއްވާ އިންޖީނު...

ޔުމްނާ ޢަލީ
ސިޔާސީ ޕާޓީ ތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ގައުމުތައް މަދު: އީސީގެ ނައިބް

ސިޔާސީ ޕާޓީ ތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ގައުމުތައް މަދު: އީސީގެ ނައިބް

ދުނިޔޭގެ ގައުމުތަކަށް ބަލާއިރު ގިނަ ގައުމު ތަކަކީ ސިޔާސީ ޕާޓީ ތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ގައުމުތަކެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުންގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީގެ “ފަލަ ސުރުޚީ” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ފައިސާ ދޭ މަދު ގައުމު ތަކުގައި ވެސް އެ ފައިސާ ދެނީ ސިޔާސީ ގޮތުން ހަރަކާތްތެރިވާ މިންވަރަށް ބަލާފައި ކަމަށާއި އެގޮތުން ރާއްޖޭގައިވެސް ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާގޮތް […]

އިބްރާހިމް އަސްވާޤް
ގޮތް ނޭނގޭ ފޯން ކޯލްތަކަށް ޖަވާބު ނުދިނުމަށް ފުލުހުން އިލްތިމާސްކޮށްފި

ގޮތް ނޭނގޭ ފޯން ކޯލްތަކަށް ޖަވާބު ނުދިނުމަށް ފުލުހުން އިލްތިމާސްކޮށްފި

ގޮތް ނޭނގޭ ފޯން ކޯލްތަކަށް ޖަވާބު ނުދިނުމަށާއި މީހަކު އެދުނު ކަމުގައިވިޔަސް ގޮތް ނޭނގޭ އެކައުންޓް ތަކަށް ފައިސާ ނުފޮނުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ރަނގަޅު މުސާރައަކާ އެކު، ރާއްޖެއިން ޕާޓް ޓައިމް ވަޒީފާ ދޭނެކަމަށްބުނެ ވަޓްސްއަޕް މެދުވެރިކޮށް ގުޅައި، ބެންކް އެކައުންޓުން ފައިސާ ފޮނުވަންބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. މިކަންކަން ކުރަމުންދަނީ 13215762192(+) އަދި 1(940)279-2182(+) ނަމްބަރުން ވަޓްސްއަޕުން ގުޅައިގެ...

އިބްރާހިމް އަސްވާޤް
ނަރުހުންގެ މަސައްކަތަކީ އިންސާނިއްޔަތުކަމުގެ އެންމެ މަތީ ދަރަޖައިގެ ޚިދުމަތެއް: ރައީސް

ނަރުހުންގެ މަސައްކަތަކީ އިންސާނިއްޔަތުކަމުގެ އެންމެ މަތީ ދަރަޖައިގެ ޚިދުމަތެއް: ރައީސް

ނަރުހުންނަކީ ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ގޮތުން އެ މަސައްކަތް ކުރައްވާ ބައެއް ނޫން ކަމަށާއި ނަރުހުން އެ ކުރައްވަނީ، އެއަށްވުރެ މާ މާތް، މާ މަތިވެރި މަސައްކަތެއް. އެއީ އިންސާނިއްޔަތުކަމުގެ އެންމެ މަތީ ދަރަޖައިގެ ޚިދުމަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނަރސިން ނައު ކެމްޕޭން އިފްތިތާޙްކުރުމުގެ ގޮތުން މިރޭ ނޭޝަނަލް އާރޓް ގެލަރީގައި ބޭއްވި ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި،...

އިބްރާހިމް އަސްވާޤް
އައި.ޖީ.އެމް.އެޗްގައި ކެންސަރުގެ ބަލިތަކަށް ބޭނުންވާ ބޭސްވިއްކުމަށް ހާއްސަ ފާމަސީ އެއް ހުޅުވައިފި

އައި.ޖީ.އެމް.އެޗްގައި ކެންސަރުގެ ބަލިތަކަށް ބޭނުންވާ ބޭސްވިއްކުމަށް ހާއްސަ ފާމަސީ އެއް ހުޅުވައިފި

ކެންސަރުގެ ބަލިތަކަށް ބޭނުންވާ ބޭސްވިއްކުމަށް ހާއްސަ ފާމަސީ އެއް އައި.ޖީ.އެމް.އެޗްގައި މިއަދު ހުޅުވައިފިއެވެ. މި ފާމަސީ ރަސްމީކޮށް ހުޅުއްވައިދެއްވީ އައި.ޖީ.އެމް.އެޗްގެ ސީ.އީ.އޯ އިބްރާހިމް ސަލީމްއާއި ރާއްޖޭގެ ހަމައެކަނި ހުންނެވި ދިވެހި ކެންސަރުގެ އޮޕަރޭޝަންއާ ބެހޭ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު ޝިފާންއެވެ. މި ފާމަސީ ހުޅުވިފައި ހުންނަ ވަގުތުތަކަކީ އޯ.ޕީ.ޑީ ހުޅުވިފައި ހުންނަ ކޮންމެ ދުވަހެއްގެ ހެނދުނު 9.00 އުން ހަވީރު 4.00 އަށްކަމަށް އައިޖީއެންއެޗްއިން ބުނެއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވ...

އިބްރާހިމް އަސްވާޤް
އަލިފުށީގައި ފަޔަރ ސޭފްޓީ އެވެއަރނެސް ޕްރޮގްރާމެއް ހިންގައިފި

އަލިފުށީގައި ފަޔަރ ސޭފްޓީ އެވެއަރނެސް ޕްރޮގްރާމެއް ހިންގައިފި

އެމްއެންޑީއެފް ނޯރދާން އޭރިޔާގެ ސިފައިން އޯމް އެންޑް ކިޗަން ފަޔަރ ސޭފްޓީ އެވެއަރނެސް ޕްރޮގްރާމެއް ރ. އަލިފުށިގައި ހިންގައިފިއެވެ. މި ޕްރޮގްރާމުގައި އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތަކާއި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ޢަމަލު ކުރަންޖެހޭނެ ގޮތްތަކުގެ އިތުރުން އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމަށް ބަލައި ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވަނީ މަޢުލޫމާތު ދީފައެވެ. 53 މީހު ބައިވެރިވި މި ޕްރޮގްރާމުގައި މާޢުލޫމާތު ދީފައިވަނީ  އެމްއެންޑީއެފް ފަޔަރ އެންޑް ރ...

އިބްރާހިމް އަސްވާޤް
މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ. މިރޭ 21:30 އިން ދަންވަރު 01:30 އާއި ހަމައަށް ދިގުލައިގެން ދާނެ މި ހުދު ސަމާލު ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ހަމައަށެވެ. މި ސަމާލު ނެރެފައިވާ ވަގުތުތަކުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނޭ ކަމަށް ވަނީ ލަފާ ކުރެވިފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ މި ވަގުތުތަކުގެ […]

އިބްރާހިމް އަސްވާޤް
ކޮރަޕްޝަން މައްސަލައެއް ބަލަމުންދާކަމަށްބުނެ ފަތުރަނީ ދޮގު ހަބަރެއް: ފެނަކަ ކޯޕަރޭޝަން

ކޮރަޕްޝަން މައްސަލައެއް ބަލަމުންދާކަމަށްބުނެ ފަތުރަނީ ދޮގު ހަބަރެއް: ފެނަކަ ކޯޕަރޭޝަން

ކޮރަޕްޝަން މައްސަލައެއް ބަލަމުންދާކަމަށްބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފިއެވެ. ފެނަކައިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އޮންލައިން ނޫސް، “ދިޔަރެސް” ގައި 26 ނޮވެމްބަރ 2019 ވަނަ ދުވަހު “ފެނަކައިގެ ކޮރަޕްޝަން މައްސަލައެއް އޭ.ސީ.ސީ ގައި ފައިލްކޮށްފި” މި މައުޟޫޢުގެ ދަށުން އެއްވެސް އަސާސެއްނެތި، ރައްޔިތުންނަށް ކަމުގެ ހަޤީޤަތް އޮޅި، ކުންފުނީގެ އަގުވެއްޓޭގޮތަށް ލިޔެފައިވާ ލިޔުމާ ގުޅޭގޮތުން ދަންނަވަމެވެ. އިސްވެ ދެންނެވުނު ލިޔުމަކީ އެއްވެސް ހަޤީޤަތެއް އެކުލެވިގެނ...

ޔުމްނާ ޢަލީ
މަޖިލީހުގެ ފަހު ދައުރު އިތުރުކުރުމަށް ފާސްކޮށްފި

މަޖިލީހުގެ ފަހު ދައުރު އިތުރުކުރުމަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެފަހު ދައުރު ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހާއި ހަމައަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މިއަހަރުގެ ތިންވަނަ ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް މަޖިލީހުގައި އަދިވެސް މުހިންމު ގިނަ މަސައްކަތްތަކެއް ކުރުމަށް ހުރުމާއެކު ޑިސެމްބަރު 5 ވަަނަ ދުވަހާއި ހަމައަށް ދައުރު އިތުރުކުރުމަށް ނިންމާފައިވާކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވިއެވެ. މަޖިލީހުގެ މި ދައުރުގައި ނިންމުމަށް ހަމަޖެހި...

ޔުމްނާ ޢަލީ
ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް ކުރިޔަށްދާގޮތް ނައިބު ރައީސް ބައްލަވާލައްވައިފި

ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް ކުރިޔަށްދާގޮތް ނައިބު ރައީސް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކަޅުވަކަރު މިސްކިތް އަލުންރާވާ ސަރައްޙައްދަށް ޒިޔާރަތްކުރެއްވައި މިސްކިތް ރޭވުމުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ހަވީރު އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި މިސްކިތް ރޭވުމުގެ މަސައްކަތްކުރިޔަށްދާގޮތް ބައްލަވާލެއްވުމުގެ އިތުރުން މި މަޝްރޫޢާބެހޭ މައުލޫމާތު މި މަސައްކަތުގައި އިސްކޮށްހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވައި ހޯއްދެވިއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެ...

އިބްރާހިމް އަސްވާޤް
ރައީސްގެ ދެކަނބަލުން ފަންނު އެކްސްޕޯ ބައްލަވާލައްވައިފި

ރައީސްގެ ދެކަނބަލުން ފަންނު އެކްސްޕޯ ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު، މަސައްކަތްތެރީންގެ ހުނަރު ދައްކުވައިދޭ “ފަންނު އެކްސްޕޯ 2019″، މައުރަޒު ބައްލަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފަންނު އެކްސްޕޯ ބައްލަވާލެއްވުމަށް މިއަދު ހަވީރު ދަރުބާރުގެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި، އެ ސަރަޙައްދުގައި ހުރި މައުރަޒުގެ ގިނަ ސްޓޯލްތައް ބައްލަވާލައްވައި މަސައްކަތްތެރީންނާއި ބައްދަލުކުރައްވާފައިވެއެވެ. އެގޮތުން ފަންނު އެކްސްޕޯގައި ދައްކާލަން ބަހައްޓާފައިވާ ސަޤާފަތާއި ދިވެހިވ...

އިބްރާހިމް އަސްވާޤް
ބޭރުގެ މަސްބޯޓެއް ދިވެހި މަސްދޯންޏެއްގެ ބެލުމުގެ ދަށަށް ގެނެސްފި

ބޭރުގެ މަސްބޯޓެއް ދިވެހި މަސްދޯންޏެއްގެ ބެލުމުގެ ދަށަށް ގެނެސްފި

ބޭރުގެ މަސްބޯޓެއް ދިވެހި މަސްދޯންޏެއްގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. ބޭރުގެ މަސްބޯޓެއް ދިވެހި މަސްދޯންޏެއްގެ ބެލުމުގެ ދަށަށް ގެނައުމާ ގުޅިގެން އެމްއެންޑިއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި ކަމަށް އެފަރާތުން ބުނެފިއެވެ. ޏ.ފުވައްމުލަކުގެ އިރުން 10 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ދިވެހި މަސްދޯންޏެއްގެ ބެލުމުގެ ދަށަށް ގެނައުމާ ގުޅިގެން އެމްއެންޑިއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ. ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ހަތް މީހުންނާއެކު ދަތުރުކުރަމުނ...

އިބްރާހިމް އަސްވާޤް
80 އިސްލާހާއެކު ލާމަރުކަޒީ ބިލު ކޮމިޓީން ފާސްކޮށްފި

80 އިސްލާހާއެކު ލާމަރުކަޒީ ބިލު ކޮމިޓީން ފާސްކޮށްފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލު ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އިސްލާހުތައް ހުށަހެޅީ އެމްޑީޕީ، އެލްޖީއޭ، އެޗްއާރުސީއެމް، އޮޑިޓާޖެނެރަލް، އީޕީއޭ، ޓްރާންސް ޕޭރެންސީ، ހޯޕްފޯ ވިމެންގެ ފަރާތުން ކަމަށާއި އެގޮތުން ޖުމުލަ 80 އިސްލާހާއެކު ލާމަރުކަޒީ ބިލު މިއަދު ކޮމިޓީން ފ...

ފާތިމަތު ސިނާޒާ
ޕާރސަނަލް ރޭޑިއޭޝަން މޮނިޓަރިންގެ ބެޖް އަދި ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމް އައިޖީއެމްއެޗްގައި ތައާރަފްކޮށްފި

ޕާރސަނަލް ރޭޑިއޭޝަން މޮނިޓަރިންގެ ބެޖް އަދި ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމް އައިޖީއެމްއެޗްގައި ތައާރަފްކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕާރސަނަލް ރޭޑިއޭޝަން މޮނިޓަރިންގެ ބެޖް އަދި ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމް ތައާރަފް ކޮށްފިއެވެ. ޕާރސަނަލް ރޭޑިއޭޝަން މޮނިޓަރިންގް ބެޖް އަދި ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމް ތަޢާރަފް ކޮށްފައި ވަނީ އައި.ޖީ.އެމް.އެޗްގެ ޑިޕާޓްމަންޓް އޮފް ރޭޑިއޮލޮޖީ އިން އިސްނަންގަވައިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެވެ. މިއީ މުޅި ރާއްޖޭގައި ޕާރސަނަލް ރޭޑިއޭޝަން ބެޖް ތައާރަފް ކުރި ފުރަތަމަ ފަހަރުވެސް މެއެވެ. މި ބެޖް އަކީ ރޭޑިއޭޝަން އާއި ގުޅުން ހުރި މަސައްކަތްކުރާ މުވައްޒަފުން ރ...

ފާތިމަތު ސިނާޒާ