ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕާރސަނަލް ރޭޑިއޭޝަން މޮނިޓަރިންގެ ބެޖް އަދި ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމް ތައާރަފް ކޮށްފިއެވެ.

ޕާރސަނަލް ރޭޑިއޭޝަން މޮނިޓަރިންގް ބެޖް އަދި ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމް ތަޢާރަފް ކޮށްފައި ވަނީ އައި.ޖީ.އެމް.އެޗްގެ ޑިޕާޓްމަންޓް އޮފް ރޭޑިއޮލޮޖީ އިން އިސްނަންގަވައިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެވެ. މިއީ މުޅި ރާއްޖޭގައި ޕާރސަނަލް ރޭޑިއޭޝަން ބެޖް ތައާރަފް ކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

Ad
rt

މި ބެޖް އަކީ ރޭޑިއޭޝަން އާއި ގުޅުން ހުރި މަސައްކަތްކުރާ މުވައްޒަފުން ރޭޑިއޭޝަން އަށް ހުށައެޅޭ މިންވަރުދަނެ އެއާ ގުޅިގެން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅު އެޅުމަށް މަގުފަހި ކޮށްދޭ ބެޖަކަށް ވާއިރު އައި.ޖީ.އެމް.އެޗްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަސައްކަތުގެ ރައްކާތެރިކަމާއި މެދު ލިބިގެން މި ދިޔައީ އިތުރު ޔަގީންކަމެކެވެ.

އައި.ޖީ.އެމް.އެޗްގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވީ އައި.ޖީ.އެމް.އެޗްގެ މުވައްޒަފުންގެ ރައްކާތެރިކަމަކީ މެނޭޖްމަންޓުން ވަރަށް މުހިއްމުކަމެއް ދެއްވާކަމެއްކަމަށާއި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެވޭނީ މުވައްޒަފުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ މިފަދަ ފިޔަވަޅު އަޅާއި ހޭލުންތެރިކަން އިތުރުކޮށްގެންކަމަށެވެ.

އަދި މީގެ އިތުރުން އައިޖީއެމްއެޗް ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރުމަށް ''ނެޝަނަލް އެކްރެޑިޓޭޝަން ބޯޑު ފޮ ހޮސްޕިޓަލްސް އެންޑް ހެލްތް ކެއާ ޕްރޮވައިޑާރސް" ގެ މިންގަނޑުތަކާއި އެއްވަރަށް އައި.ޖީ.އެމް.އެޗްގެ ޚިދުމަތްތައް ރަނގަޅުކުރަމުންދާ ކަމަށް ވެސް އިބްރާހީމް ޝަމީމް ވިދާޅުވިއެވެ.