މާފަރު އެއަރޕޯޓްގެ އޮޕަރޭޝަން 1 ޑިސެމްބަރުގައި ފަށަނީ
އާބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްގީ ކުރި މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް އޮޕަރޭޝަނަށް ގެނެސް، ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. އަންނަމަހު އެއްވަނަ ދުވަހު އެއަރޕޯޓުގެ އޮޕަރޭޝަންތައް ފެށުމަށް ހަމަޖެހިފައިވާއިރު ހަމަ އެދުވަހު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް މާފަރު އެއަރޕޯޓުން ފަށާނެކަމަށްވެސް މޯލްޑިވިއަންއިން މަޢުލޫމާތުދެއެވެ. މާފަރުގައި ތަރައްޤީކޮށްފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި...