ނައިބު ރައީސް ރަސްމީ ދަތުރުފުޅެއްގައި ކުވެއިތަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ހަވީރު ކުވެއިތަށް ފުރާ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ކުވެއިތުގެ ބައެއް ސްކޫލްތަކަށާއި، އުންމުލް ޤުރާ ރީހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައި ވާކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ. ކުވެއިތައް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް ފައިޞަލް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 22 ޖަނަވަރީވާ ބުދަ ދުވަހުގައެވެ.