މައްސަލައަކީ ގާނޫނުތައް ތަންފީޒުނުވުން، މަސްއޫލިއްޔަތު އާދާނުކުރެވި ތިބި ފަރާތްތަށް އިސްތިއުފާދެއްވުމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން ގޮވާލައިފި އެވެ.

ހަރުކަށި އަދަބު ކަނޑައަޅާ ގޮތަށް ގާނޫނު ބަދަލު ކުރެވިއްޖެކަމަށާއި ހެކިވަޒަން ކުރުމުގެ މިންގަނޑަށް ބަދަލު ގެނެވިއްޖެކަމަށް ވިދާޅުވެ މުހުތާޒު ވިދާޅުވީ މައްސަލައަކީ ގާނޫނުތައް ތަންފީޒުނުވުންކަމަށެވެ.

Ad
rt

މަތިމައްޗަށް އިހުމާލު. މިކަން ސިޔާސީ ނުކުރައްވާ އިހުމާލުވެ މަގާމުގެ މަސްއޫލިއްޔަތު އާދާނުކުރެވި ތިބި ފަރާތްތަށް އިސްތިއުފާދެއްވާ. މިއީވަރަށް ސީރިއަސް މައްސަލަތަކެއް. އިހުމާލުވުން ބަލައިގަންނަން ދަތި. އިހުމާލުގެ ނަތީޖާ އަކީ މަގާމުގެ ކުރިއެރުން ކަމުގައި ހަދާހާ ހިނދަކު ހައްލެއްނުލިބޭނެ. ކޮންމެފަހަރަކު މަހެއްވަންދެއް މިފަދަވާހަކަ ދައްކާފަ ނިންމާލާ ކަމަކަށް މިކަން ނުހެއްދެވުމަށް އަަދޭހާއިއެކު ދަންނަވަން.

މުހުތާޒު މުހުސިން ޖެންޑަރ މިނިސްޓްރީއާއި ފެމެލީ ޕްރޮޓެކްޝަން، ހޯމަ މިނިސްޓްރީ އަދި ރައްޔިތުންގެ މަޖިލިސް ޓެގު ކުރައްވާ ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.