ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ދެކޭގޮތުގައި "ކުޑަކުދިންގެ ޢަދުލުގެ ނިޒާމު" ގައި ހުރި ބާގަނޑުތައް ހިއްސާކުރައްވައިފިއެވެ.

"ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހުރި ބާގަނޑުތައް ދެނެގަންނަމާތޯއެވެ!" މިސުރުހީގެ ދަށުން ފޭސްބުކްގައި ލިއުވި ލިއުން ތިރީގައި ހިއްސާކޮށްލާނަމެވެ.

Ad
rt

ޢާއިލާއާބެހޭ ޤާނޫނު، ކުުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު، ކުޑަކުދިންނާމެދު ޖިންސީގޯނާކުރާމީހުންނާމެދު ޚާއްޞަ އުޞޫލަކުން ޢަމަލުކުރުމުގެ ޤާނޫނު، ޖިންސީ ގޯނާކުރުން ހުއްޓުވުމާބެހޭ ޤާނޫނު، ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނަކީވެސް ކޮންމެސްވަރަކަށް ގުޅުން ހުރި ޤާނޫނެކެވެ. މިއީ ޚާއްޞަ ޤާނޫނުތަކެވެ. މީގެ އިތުރުން ޤާނޫނުލް ޢުޤޫބާތްވެސް އެބައޮތެވެ. ޤާނޫނުތައްް މަދެއްނޫނެއް ނޫންތޯއެވެ؟

ކުޑަކުދިންގެ ޢާދުލު ނިޒާމުގެތެރޭގައި ހަރަކާތްތެރިވާ ޤާނޫނުތަކަށް ރަނގަޅަށް ވިސްނާފިއްޔާ ފާހަގަވާނެ އެއްކަމަކީ، ހާދިސާއެއް ހިނގައިފިއްޔާ، ޤާނޫނުތަކަށް ހަރަކާތްތައް އަންނަގޮތަށް ބައްޓަންކުރެވިފައި ހުންނަތަނެވެ. މިހެންވެ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އުފައްދާފައި ހުރި މުއައްސަސާތަކަށް ހަރަކާތް އަންނަނީވެސް ކުޑަކުއްޖަކަށް ލިބޭނެ ހާނިކައެއް ލިބުނީމައެވެ. މިހާރު ކުރިމަތިވެގެންއުޅޭ ތުއްތު ކުއްޖާގެ މައްސަލައަށް ބަލާއިރުވެސް ފެންނަނީ އެފަދަގޮތަކަށެވެ.

މީޑިއާތަކުން ބުނާގޮތުގައި ތުއްތުކުއްޖާގެ މައިންފައިންނަކީ މަސްތުވާތަކެތި ބޭނުންކުރާބަޔެކެވެ. އެކުއްޖާގެ ކާފައިންނަކީ ނުރަނގަޅު ރިކޯޑުތައް އޮތްބަޔެކެވެ. މިހިސާބުން ވެސް އެނގޭ އެއްކަމަކީ ތުއްތުކުއްޖާގެ ވަށައި ތިބި މީހުންނާ އަދި އެމާޙައުލު ކުއްޖާއަށް ނުރައްކާތެރިވާނެކަމެވެ. މިޙާލަތުގައި ކުއްޖާގެ މަަންމައާ ކުއްޖާވަކިކޮށް އެފަދަ ނުރައްކާތެރި ބައެއްގެ އަތްމައްޗަށް ދޫކުރުމަކީ މާނުރައްކާތެރިކަމެއްނޫންތޯއެވެ؟

އިސްލާމީ ޝަރީޢަތުގެ ޙަޟާނަތު ނުވަތަ ކުއްޖާގެ ބެލެހެއްޓުންތެރިކަން ޙަވާލުކޮށްފައި އިންނަނީ އަންހެނާއަށެވެ. އެއީ މަންމަ، މާމަ، ނުވަތަ ބޮޑުތައިތަކަމަށްވެސް ވެދާނެއެވެ. ބައްޕައިންނަށް އޮތީ މާލީޒިންމާތަކެވެ. އެއީ ސަބަބެއްނެތިއެއް ނޫނެވެ. ފުރަތަމަ އިސްލާމްދީން ފެށިގެންއައީ ތުއްތުކުދިންނަށް އިންތިހާޔަށް އަނިޔާވެރި (ޖާހިލިއްޔަޒަމާން) ދުވަސްވަރަކަށްވެފައި، އަންހެންކުދިން ދިރިހުއްޓާ ވަޅުލުމުގައި އިސްވެ އުޅުނީ އެކުންގެ ބަފައިންކަމުގައިވީތީއެވެ.