12 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި
12 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނަ ކުރި މައްސަލަ އެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާކަމަށްފުލުހުންބުނެފިއެވެ. މި މައްސަލަ އާ ގުޅިގެން ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު 09:15 ކަންހާއިރު 20 އަހަރުގެ ދިވެހި ފިރިހެނެއް ނޯތު ޕޮލިސް ޑިވިޝަން ހިމެނޭ ރަށަކުން ހައްޔަރުކޮއްފައިވާކަމަށެވެ. ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ، ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، އަދި ޅ. އަތޮޅުގެ ރަށްތަކެވެ. ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގައި އެ ކަމެއް […]