ރާއްޖެތެރޭ މީހުންނަށް ފުރައްސާރަ ކުރާނަމަ އަނެއްކާވެސް ސުވަދީބު ސަރުކަރެއް އުފައްދަން ޖެހިދާނެކަމަށް ގއ. ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ހުސައިން ވިދާޅުވެއްޖެ އެވެ.
ރޭ ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެމްޑީޕީ ޕާރލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ޙުސެއިން ޝަހީމް (އަނދުން ހުސޭން) މާލެއަށް ދިމާވެފައި ތޮއްޖެހުމުގެ މައްސަލައަކީ ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަކަހަލަ މައްސަލައެއްކަމަށް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ސައުދު ހުސެއިން މިއަދު ޓްވީޓު ކުރައްވަމުން ވިދާޅުވީ ރާއްޖެތެރޭ މީހުންގެ ފައިސާއިން މާލެ ތަރައްޤީކޮށްފަ އެރައްޔިތުންނަށް ދަތިކޮށް ފުރައްސާރަ ކުރާނަމަ ދެކުނުގެ ރައްޔިތުން އަނެއްކާވެސް ސުވަދީބު ސަރުކަރެއް އުފައްދަން ޖެހިދާނެ ކަމަށެވެ.
Male’ dhaftharuga jehifavā rayyithun e list dhookoh ebayaku nisbaivā rashuge registry ah avahah badhalu vumah govālan #Raajethere meehunge faisā in Male’ tharaggē koffa e rayyithunah dhathikoh furassāra kurānama dhekunu rayyithun anekkāves #Suvaidheeb sarukāreh ufadhan jehidhāne.
— Saud Hussain MP (@SaudVillingili) February 10, 2020
މާލޭ ދަފްތަރުގައި ޖެހިފައިވާ ރައްޔިތުން އެލިސްޓު ދޫކޮށް އެބަޔަކު ނިސްބަތްވާ ރަށުގެ ރެޖިސްޓްރީއަށް އަވަހަށް ބަދަލުވުމަށް ގޮވާލާ ކަމަށާއި މާލެއަކީ ވަކި ބައެއްގެ ތަރިކައެއް ނޫންކަމަށެވެ. އަދި ގްރޭޓަރ މާލެ ތަރައްޤީ ކުރުމަށް ނެގި ލޯނު ތަކާއި ކުރަމުންދާ ޚަރަދަކީ ދިވެހިރައްޔިތުންގެ އެސެޓެއް ކަމަށެވެ.
މީގެ އިތުރުން ސައުދު ވިދާޅުވީ ނަސްލީ ތަފާތު ކުރުން ބޮޑުކުރާނަމަ މާލެ ހިފަން ޖެހިދާނެ ކަމަށާއި މާލޭ ދަފުތަރުގައި ޖެހިފައިވާ އެންމެން ރަށު ރަޖިސްޓަރީއަށް ބަދަލު ވުމަށް ސައުދު ގޮވާލެއްވިފއެވެ.
Male aky vaki baehge tharikaeh nun, Greater Male’ tharaggē kurumah negi Loan thakā kuramundhā kharadhaky dhivehi rayyithunge asset. Nasly Thafāth kurun bodu kurā nama #RaajjethereMeehun Malé hifan jehidhāne. Male Dhaftharuga jehifavā enmen rashu registry ah badhalu vumah govaalan
— Saud Hussain MP (@SaudVillingili) February 10, 2020
މާލެ އަކީ ވަކި ބައެއްގެ ތަރިކައެއް ނޫން. ގްރޭޓަރ މާލެ ތަރައްޤީ ކުރުމަށް ނެގި ލޯނު ތަކާއި ކުރަމުންދާ ޚަރަދަކީ ދިވެހި ރައްޔިތުންގެ އެސެޓް. ނަސްލީ ތަފާތު ކުރާނަމަ މާލެ ހިފަން ޖެހިދާނެ. މާލެ ދަފްތަރުގައި ޖެހިފައިވާ އެންމެން ރަށު ރަޖިސްޓަރީއަށް ބަދަލުވުމަށް ގޮވާލަން.
ސައުދު މިމޭރުމުން ޓްވީޓު ކުރެއްވި އިރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ދެއްކެވި ވާހަކަފުޅަށް ގިނަ ބަޔަކު ދަނީ މީސް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދަނީ އަނދުން ހުސެއިން ދެއްކެވި ވާހަކަފުޅަށް ތާޢިދުވެސް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!