ގައުމީ ކުތުބުޚާނާއަށް ތަކެތި ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި
ގައުމީ ކުތުބުޚާނާއަށް ތަކެތި ހަދިޔާކުރުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ. މިޕްރޮގްރާމުގެ ސަބަބުން ކުތުބުޚާނާއަށް ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެތަނުން ވިދާޅުވިއެވެ. މި ޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 26 އަށެވެ. އެ މުއްދަތުގައި ހަދިޔާކުރުމަށް ހުރި ފޮތް، ބޯޑް ގޭމްސް އަދި ކުޅޭ ސާމަނު ފަދަ ތަކެތި އެއްކުރަށްވާ ކުތުބުޚާނާގެ ނަންބަރު 3007200 އަށް ގުޅުއްވުމުން ބަލާ ގޮސްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ދެ ހަފްތާއެއްގެ މު...