މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,842 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1057 ވަނަ ޞަފްޙާ

މި ސަރުކާރުގެ ސިޔާސަތަކީ، ކަރަންޓުގެ ޚިދުމަތް ހޯދުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަކޮށްދިނުން: ރައީސް

މި ސަރުކާރުގެ ސިޔާސަތަކީ، ކަރަންޓުގެ ޚިދުމަތް ހޯދުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަކޮށްދިނުން: ރައީސް

މި ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަކަށް އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާއެކު، ކަރަންޓުގެ ޚިދުމަތް ހޯދުމަށްޓަކައި ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފެށިތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ދަރުބާރުގޭގައި ބޭއްވެވި މި ރަސ...

ޔުމްނާ ޢަލީ
ކޮވިޑް-19 ވައިރަސް ޖެހިފައިވާ މީހަކު މިހާތަނަށް ފެނިފައެއްނެތް: އެޗްޕީއޭ

ކޮވިޑް-19 ވައިރަސް ޖެހިފައިވާ މީހަކު މިހާތަނަށް ފެނިފައެއްނެތް: އެޗްޕީއޭ

ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. As of 3rd March (19:00hrs), CURRENTLY, there are no confirmed cases of #COVID19 in the Maldives. To effectively combat #COVID19 please follow and circulate information from HPA and do not engage in spreading rumours.@MoHmv — Health Protection Agency […]

ޔުމްނާ ޢަލީ
ފުލުހުންގެ ”ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލް” ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ފުލުހުންގެ ”ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލް” ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު މި މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އާންމުކޮށް ހުޅުވާލައި ގެޒެޓުކޮށްފިއެވެ. ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު، އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ 16:00 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކަކީ ގްރޭޑް 10 ނިންމާފައިވާ ފަރާތަކަށް ވާންޖެހެއެވެ. ހަމައެއާއެކު މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށްވުމާއި،...

އަލީ އާދިލް
ކޯވިޑް-19 އިން ރައްކާތެރިވުމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކޮށްފި

ކޯވިޑް-19 އިން ރައްކާތެރިވުމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކޮށްފި

ކޯވިޑް-19އަށް ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާ ކުރުމަށް ރަޢީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ހިމެނޭގޮތަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކޮށްފިއެވެ. މި ސެންޓަރަކީ މި ބައްޔާއި މެދު ރާއްޖެއިން އަޅާ ފިޔަވަޅުތަކާއި އަދި ރާއްޖެ އޮތް ހާލަތު ދެނެގަތުމަށް އެކުލަވާލި އޮޕަރޭޝަން ސެންޓަރެކެވެ. އެހެން ޤައުމުތަކުގައި މި ބަލި ފެތުރެމުން އަންނަ މިންވަރަށް ބަލައި...

ޔުމްނާ ޢަލީ
ފުރަތަމަ އަހަރު 540 އަށްވުރެ ގިނަ މަޝްރޫޢު، އެއީ ރެކޯޑެއް: ހޫދު

ފުރަތަމަ އަހަރު 540 އަށްވުރެ ގިނަ މަޝްރޫޢު، އެއީ ރެކޯޑެއް: ހޫދު

މިސަރުކާރުން މިހާރު 540 އަށްވުރެ ގިނަ މަޝްރޫޢުތައް އެކި މަރުޙަލާގައި ކުރިއަށް ގެންދާ ކަމަށާއި އެއީ ރެކޯޑެއް ކަމަށް ރައީސް އޮފީހުގެ ޗީފް ކޮމިޔުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ. މިސަރުކާރުގެ ހިންގުން ލަސްވެ މަޝްރޫޢުތައް މަދުކަމަށް އިދިކޮޅުންނާއި އެމްޑީޕީގެ ތެރެއިން ވެސް ބުނަމުންދާ ދުވަސްވަރެއްގައި ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިސަރުކާރުން އެތައް މަޝްރޫޢެއް މިހާރުވެސް ހިންގަމުން ގެންދަވާ ކަމަށެވެ. އެއީ ސަރުކާރުގެ ދުވެލި ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވެ...

ޔުމްނާ ޢަލީ
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 44 ރަބަރު ޕެކެޓާއިއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 44 ރަބަރު ޕެކެޓާއިއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މާރިޗް މަހުގެ 2 ވަނަ ދުވަހު މާފަންނު ޕޮލިހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު، އޭނާގެ އަމަލުތައް ހުރި ގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 44 ރަބަރު ޕެކެޓު އޭނާގެ އަތުން ފެނުމާ ގުޅިގެންނެވެ. މި މައްސަލަ ޑްރަ...

އަލީ އާދިލް
16 މީހުންނާއި އެކު ދަތުރުކުރި ޔޮޓެއް ފަރަށް އަރައިފި

16 މީހުންނާއި އެކު ދަތުރުކުރި ޔޮޓެއް ފަރަށް އަރައިފި

16 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ޔޮޓެއް ގއ. ގެމަނަފުށީ ފަރަށް އަރައިފިއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ ގއ.ގެމަނަފުށީގެ އުތުރު ކަންމަތީ ފަރަށް 16 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ‘ގްރޭންޑެއްޒާ’ ނަމަކަށް ކިޔާ ޔޮޓެއް އަރައިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން މިހާރު ހަރަކާތް ތެރި ވަމުން ދާކަމަށެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސީޖީ އެމްއާރްސީސީ އަށް ލިބިފައިވަނީ މިއަދު ހެނދުނު 07:31 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

ޔުމްނާ ޢަލީ
ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސް އިން އާއްމުކޮށް ހުޅުވާލައިފިއެވެ. ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ ޑިފެންސް މިނިސްޓްރީން މިއަދު ކުރި (ނަންބަރު: (IUL 28-PM-1/1/2020/13 އިޢުލާނުންނެވެ. ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި 25 އަހ...

އިބްރާހިމް އަސްވާޤް
ފުޅި އަޅައިގެން އެންދަމަން ފީނި މީހަކު، ޑީކޯ ވެއްޖެ

ފުޅި އަޅައިގެން އެންދަމަން ފީނި މީހަކު، ޑީކޯ ވެއްޖެ

ފުޅި އަޅައިގެން އެންދަމަން ފީނަން އުޅުނު މީހަކު، ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީ ސީއެމްބިއުލެންސްގައި ގއ.ވިލިނގިއްޔަށް ގެންގޮސްދީފައިވާކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ރޭ 23:00 ހާއިރުކަމަށް އެފަރާތުން ބުނެއެވެ. GA.kedhera kaireegai masverikan kuran ulhunu “Assariy” namakah kiyaa dhoanin, fulhi alhaigen enn...

ޔުމްނާ ޢަލީ
ޖަރުމަނު ޝެންގެން ވިސާ ސެންޓަރެއް ރާއްޖޭގައި ހުޅުވައިފި

ޖަރުމަނު ޝެންގެން ވިސާ ސެންޓަރެއް ރާއްޖޭގައި ހުޅުވައިފި

މާލޭގައި މިއަދު ޤާއިމްކުރި ވީއެފްއެސް ވިސާ ސެންޓަރާއެކު ރާއްޖޭގައި ތިބެގެން ޔޫރަޕަށް ދާން ބޭނުންވާ ޝެންގެން ވިސާ ލިބޭނެ އިންތިޒާމް ހަމަޖެހިއްޖެއެވެ. ޖަރުމަންވިލާތުން ރާއްޖޭގައި ވިސާ ސެންޓަރެއް ޤާއިމްކުރާނެކަން މިނިސްޓަރ އަބްދުﷲ ޝާހިދު އިއުލާންކުރެއްވީ މިދިޔަ ޑިސެމްބަރު މަހުއެވެ. އަދި ކުރިއަށް އޮތްތަނުގައި ޔޫރަޕްގެ އިތުރު ޤައުމުތަކުންވެސް ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖައްސަމުންދާނެކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ. ޖަރުމަންވިލާތާއި ޗެކް ރިޕަބްލިކްގެ ވިސާ މިހާރު ރާއް...

އިބްރާހިމް އަސްވާޤް
ފިލައިގެން އުޅުނު މައްސަލާގައި ލުތުފީގެ މައްޗަށް ދައުވާކޮށްފި

ފިލައިގެން އުޅުނު މައްސަލާގައި ލުތުފީގެ މައްޗަށް ދައުވާކޮށްފި

1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަދުވަހު ރާއްޖެއަށް ދިން ރަހުމު ކުޑަ އުދުވާނީ ހަމަލާގެ މުގުލުގައި ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު މައްސަލާގައި އޭނާގެ މައްޗަށް ދައުވާ އުފުލާ އެ މައްސަލަ ކޯޓަށް ހުށައަޅައިފިއެވެ. އެމައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ބުނެފައެވެ. ގާނޫނުލް އުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން މި ދައުވާކޮށް ކްރިމިނަލް […]

ޝިއުނާ އާދަމް
14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދޮންބައްޕަ ހައްޔަރުކޮށްފި

14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދޮންބައްޕަ ހައްޔަރުކޮށްފި

14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި އެކުއްޖާގެ ދޮންބައްޕަ ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، އެ ކުއްޖާގެ ދޮން ބައްޕަ ޖިންސީ ގޯނާކުރި މައްސަލަ ހުށައެޅިފައިވަނީ ހޯމަ ދުވަހު ކަމަށެވެ. އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރެވިފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނި ގޮތުގައި އެމީހާ ހައްޔަރު ކޮށްފައިވަނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށަކުންކަމަށެވެ. ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު ކުޑަކުދިންނަށް ކުރާ ޖިންސީގޯނާގެ މައްސަލަތައް ހުށަހެޅޭ މިންވަރު މިފަހަކަށް...

ޝިއުނާ އާދަމް
ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލާ ޕެޓިޝަން މަޖިލީހަށް

ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލާ ޕެޓިޝަން މަޖިލީހަށް

ކުލި ކޮންޓްރޯލް ކުރަން ގޮވާލާ ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހަށް އެ ޕެޓިޝަން ހުށަހެޅީ 800 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކު ކަމަށް އެ ޕެޓިޝަން ހެދުމުގައި އިސްކޮށް އުޅުނު ޖަމްޢިއްޔާ އެމްޓީޔޫ އިން ބުނެއެވެ. މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ޖަމްއިއްޔާ ނުވަތަ މާލެ ޓެނަންޓްސް ޔުނިއަން (އެމްޓީޔޫ) އިން އިސްނަގައިގެން ތައްޔާރުކުރި އެ ޕެޓިޝަން، މަޖިލީހަށް ހުށަހެޅުމަށްޓަކައި އެ ޕެޓިޝަން ސްޕޮންސާ ކޮށްދެއްވީ ކުލި ކޮންޓްރޯލް ކުރަން ތާއީދުކުރައްވައި ވާހަކަދައްކަވަމުން ގެން...

ޝިއުނާ އާދަމް
ޗާނދަނީ މަގު ބިގްމޭން ކެފޭގައި އަލިފާން ރޯވެއްޖެ

ޗާނދަނީ މަގު ބިގްމޭން ކެފޭގައި އަލިފާން ރޯވެއްޖެ

ޗާނދަނީ މަގު ބިގްމޭން ރެސްޓޯރެންޓުގައި އަލިފާން ރޯވެއްޖެއެވެ. މީޑިއާތަކަށް މަޢުލޫމާތު ދެމުން އެމްއެންޑީއެފްއިން ބުނެފައިވަނީ، ވެސްޓަރން ޔޫނިއަން ހިންގަމުން އަންނަ އިމާރާތުގައި ހުންނަ ބިގްމޭން ކެފޭގައި އަލިފާން ރޯވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަމުންދާކަމަށެވެ. އެސަރަހައްދުގައި ހުރިމީހަކު މަޢުލޫމާތު ދިން ގޮތުގައި މިހާރު އަލިފާން ވަނީ ކޮންޓުރޯލް ކުރެވިފައެވެ. ނަމަވެސް ދުމުގެ އަސަރު އެސަރަހައްދުގައި ހުރިކަމަށް އެމީހާވަނީ ބުނެފައެވެ. އެސަރަހައްދުގައި ހުރިމީހާ ބ...

އިބްރާހިމް އަސްވާޤް
ކޮވިޑް19 ގެ ރިސްކު ރާއްޖެއަށް ވަރަށްބޮޑު! "އާދޭސްކޮށްފަ ބުނަން ފަރުދީގޮތުން ކުރެވޭކަންކަން ކުރޭ!!"

ކޮވިޑް19 ގެ ރިސްކު ރާއްޖެއަށް ވަރަށްބޮޑު! "އާދޭސްކޮށްފަ ބުނަން ފަރުދީގޮތުން ކުރެވޭކަންކަން ކުރޭ!!"

ކޮވިޑް19 ގެ ރިސްކު ރާއްޖެއަށް ވަރަށްބޮޑު ކަމަށާއި ވަރަށް އާދޭހާއި އެކު މިކަންކަން ކުރުމަށް، ޑރ މުޙައްމަދު އަލީ އެދިވަޑައިވެގެންފިއެވެ. ކޮވިޑް19 އިން ރައްކާތެރިވުމަށް ފަރުދީގޮތުންނާ މުއައްސަސާ ތަކުން ކުރެވިދާނެ ކަން ކަން ގޮތުގައި ކުރެވިދާނެ 20 ކަމެއް ޑރ މުޙައްމަދު އަލީ ވަނީ ބަޔާންކޮށްފައެވެ. 1. މަގުމައްޗަށާ އާންމު ތަންތަނަށް ކުޅު ނުޖެހުން 2. ކެއްސާ ރޯގާ ޖެހިފަ ވާނަމަ ގޭގަ މަޑުކުރުން 3. ކެއްސާ ކިނބިހި އަޅާ އިރު އަތު ހުދުކަމަށް ނޭޅުން، ޓިޝޫއެއް ނެތްނަމަ […]

އިބްރާހިމް އަސްވާޤް