ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާ ކަމަށާއި، އެ ބައްޔާއި ގުޅިގެން ދޮގު ހަބަރު ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑޮކްޓަރު މުޙައްމަދު ޢަލީވެސް ވަނީ ރާއްޖެއިން ކޮވިޑް-19 މިހާތަނަށް ފެނިފައި ނުވާކަމަށާއި، ދޮގު ހަބަރު ނުފެތުރުމަށް އެދިވަޑައިގެންފައެވެ.

ސަރުކާރުން އަންނަނީ ކޮވިޑް-19 ރާއްޖެއަށް އައުމުގެ ފުރުޞަތު ބޮޑުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އާންމުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރައްވަމުންނެވެ.