ކެނޑިޑޭޓުންގެ ގުރުއަތު ނެގުން އެ ކެނޑިޑޭޓެއްގެ ރަށުގައި ބާއްވަނީ
އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތު ނެގުން އެ ކެނޑިޑޭޓެއްގެ ރަށުގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން އޮންނާނީ އަންނަ ބުދަ ދުވަހު، އެރަށެއްގައިކަމަށެވެ. އޭގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ ގުރުއަތުނެގުން އޮންނާނީ އ...