ކޮވިޑް-19 ގެ ސަބަބުން ވަޒީފާގެ ހާލަތަށް ބަދަލެއް އައިސްފައިވާނަމަ ޖޮބްސެންޓަރ ގައި ރިޕޯޓްކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން އަންގައިފިއެވެ. އެމިނިސްޓްރީއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސްގެ ނުރައްކާ ދިވެހިރާއްޖެއަށްވެސް ކުރިމަތިވެފައިވާއިރު، ވިޔަފާރިތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަމަށާއި މިދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން އިޤްތިޞާދީ މަސައްކަތްތަކަށް ހީނަރުކަމެއް...
އަލީ އާދިލް
6 އަހަރު ކުރިން
ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓުންނާއި، ކުލަބްމެޑް ކަނިފިނޮޅު ހޮލިޑޭ ވިލެޖްއިން ރިސޯޓުނާއި އަދި ސެންޓާރާ ގްރޭންޑް ރިސޯޓުން ތިން މީހެއްގެ ސާމްޕަލް ނަގައި އެ ރިސޯޓްތައް މޮނިޓަރިންއަށް ގެނެސްފި އެވެ. #ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވެލިގަނޑު އައިލަންޑް ރިސޯޓްއިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވޭނެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައި. — Health Protection...
އަލީ އާދިލް
6 އަހަރު ކުރިން
އާސަންދައިގެ ދަށުން ބޭސްފަރުވާއަށް، އަވަށްޓެރި އިންޑިއާއަށް ގޮސްތިބި ދިވެހިން އަނބުރާ ރާއްޖެ އާދެވެންދެން އެ މީހުންގެ ހަރަދުތައް އާސަންދައާއި އެނސްޕާ ގުޅިގެން ބަލަހައްޓާގޮތަށް ހަމަޖައްސައިފިއެވެ. އާސަންދައިން ބުނީ އާސަންދައިގެ ދަށުން ބޭސްފަރުވާއަށް، އިންޑިއާއަށް ގޮސްތިބި ދިވެހިންގެ ތެރެއިން ޤައުމަށް ނާދެވިފަ ތިބި ދިވެހިންގެ ތިބުމާއި ކެއުމުގެ ޚަރަދު އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ބެލުމުގެ ދަށުން އާސަންދައާއި އެނސްޕާ ގުޅިގެން ބަލަހައްޓާގޮތަށް ހަމަޖައްސައިފި ކަމަށެވެ. އާސަންދައިގެ ދަށުނ...
ޝިއުނާ އާދަމް
6 އަހަރު ކުރިން
ވިލިމާލެއިން މާލެއަށް ދަތުރުކުރާއިރު ބޭނުންކުރާ ދަތުރުކާޑު، ވިލިމާލޭ ރައްޔިތުންނަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހިލޭ ކޮށްދީފިއެވެ. އެމްޓީސީސީން ބުނީ މުވައްޒަފުންނާއި ފަސިންޖަަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމައްޓަކައި މިއަދުން ފެށިގެން ވިލިމާލޭގެ ރައްޔިތުންނަށް ދަތުރުކާޑު ހިލޭ ދިނުމަށް ނިންމާފައިވާކަމަށެވެ. ދާދިފަހުން އެމްޓީސީސީން ވަނީ އެކުންފުނިން ޔަންމާ އަދި ސުޒުކީ އިންޖީނު އިންސްޓޯލްމަންޓަށް ގަނެފައިވާ ކަސްޓަމަރުން ދައްކަން ހުރި ފައިސާ ތިން މަސް ދުވަ...
ޝިއުނާ އާދަމް
6 އަހަރު ކުރިން
ރާއްޖެ އިން ކޮވިޑް 19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ތިންވަ މީހާ ރަނގަޅުވެއްޖެ ކަމަށް ސަރުކާރުން ބުނެފިއެވެ. A patient who previously tested positive for #COVID19 and was isolated at Velidhoo Isolation facility, has now recovered. The patient, after their mandatory 14-day isolation period and treatment, was tested twice with NEGATIVE results. — Health Protection Agency (@HPA_MV) March […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
Inއޭޑީކޭގައި ހަރުކޮށްފައި ހުންނަ ސެނިޓައިޒާ ފުޅިތައް ވަގަށް ނަގާ މައްސަލަ ބޮޑުވެ، އެންމެ ފަހުން އެހޮސްޕިޓަލުން ސެނިޓައިޒާ ފުޅި ވައްގަށް ނަގާ ވީޑިއޯއެއް އާންމު ކޮށްފިއެވެ. These hand sanitizer bottles in different areas of the hospital are for use of everyone who comes for services.As of late, a lot of the bottles are being stolen and some ripped off from walls.#PleaseStopThis pic.twitter.com/wLaYbGKWK1 […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
ޤާސިމް އިބްރާޙީމްގެ ވިލާ ކުންފުނީގެ ހޮލިޑޭ އައިލެންޑް ރިސޯޓުވެސް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ދޭން ނިންމައިފިއެވެ. މިހާރުވެސް ވަނީ ޤާސިމް އިބްރާޙީމްގެ ވިލާ ކުންފުނީގެ ފަން އައިލެންޑް ރިސޯޓު، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ސަރުކާރަށް ދީފައެވެ. ސަރުކާރުން މިކަމާއި ގުޅިގެން ވަކިއެއްޗެއް ބުނެފައި ނުވިޔަސް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮލިޑޭ އައިލެންޑް ރިސޯޓުވެސް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ދެނީ، ފަން އައިލެންޑް ރިސޯޓެކޭ އެއްގޮތަށް އެއްވެސް އަ...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން ސެންޓާރާ ގްރޭންޑް ރިސޯޓުންނާއި، އަދާރަން ކުލަބް ރަންނާޅި ރިސޯޓުން 2 ދިވެއްސެއްގެ ސާމްޕަލް ނަގައި އެ ރިސޯޓްތައް މޮނިޓަރިންއަށް ގެނެސްފި އެވެ. ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން،#ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އަދާރަން ކުލަބް ރަންނާޅި ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވޭނެ. — Health Protection Agency (@HPA_MV) March 21, 2020 ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އ...
ޝިއުނާ އާދަމް
6 އަހަރު ކުރިން
ކޮވިޑް-19 ވައިރަސް ބަނޑުގައި އޮންނަ ދަރިފުޅަށް ވާސިލުނުވާކަމަށް ޑަކްޓަރު ފައިސަލް ވިދާޅުވެއްޖެއެވެ. ކޮވިޑް-19 އަށް އާންމުން ހޭލުންތެރިކޮށް އެވައިރަސްއާއި ގުޅޭ ފަހުގެ މައުލޫމާތުތައް މީސް މީޑިއާ މެދުވެރި ކޮށްދެއްވާ ޑަކްޓަރު ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 މަންމައަށް ޖެހިފައި ހުއްޓަސް ކޮވިޑްގެ ވައިރަސް ރަހިމުގެ މަހުންލާފައި ދަތުރުނުކުރާކަމަށެވެ. ” ދަރިފުޅުއޮންނަ ފެންގަނޑުތެރޭގައި ނުހުރޭ، ބަނޑުގަ އޮންނަ ދަރިފުޅަކަށް ނުދޭ އަދި ދަރިފުޅަށްދޭ މައިމީހާގެ ކިރުގައިވެސް ވައިރަސް...
ޝިއުނާ އާދަމް
6 އަހަރު ކުރިން
ކޮވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި އެޑްމިޓްކޮށްފައި އޮތް އުމުރުން 70 އަހަރުންމަތީގެ އިޓަލީ މީހާއަށް ފަރުވާ ދިނުމަށް ކޮންމެ ދުވަހަކު ކުރެވުނު މަސައްކަތްތަކަކީ ޑރ. މޫސާ ޙުސައިންނާއި، ޓީމަށް ކުރެވުނު އުނދަގޫ އެހެނަސް ކާނިޔާބު މަސައްކަތްތަކެކެވެ. ކޮންމެ ދުވަހަކު އެ ބަލިމީހާއަށް ފަރުވާ ދިނުމަށް އެޓީމު ވާން ޖެހޭ ތައްޔާރު ބޮޑެވެ. ބަލިމީހާ ކައިރިއަށް ވަނުމުގެ ކުރިން އަޅަން ޖެހޭ ހެދުމުން ފެށިގެން ނުރައްކާތެރި ކޮވިޑްގެ ބަލިމީހަކަށް ފަރުވާ ދިނުމަށް އެކަށަހަޅާފައިވާ އުސޫލުން […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ކަރަންޓީނު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ. އެޗްޕީއޭއިން ދެނަމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް (ދިވެހިން އަދި އެކި ވީސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް) ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 (ސާދަ) ދު...
އަލީ އާދިލް
6 އަހަރު ކުރިން
ކޮވިޑް-19އާ ގުޅިގެން ބައެއް ފަރާތްތަކުން ދޮގު މައުލޫމާތާއި ދޮގު ޚަބަރު ނުފެތުރުމަށް ކޮރޯނާވައިރަސް ޓާސްކްފޯސްގައި އިސްކޮށް ހަރަކަތްތެރިވާ ޑރ. އަލީ ލަތީފު އާދޭހާ އެކު އެދިވަޑައިގެންފި އެވެ. މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވިދާޅުވީ، ކޮރޯނާވައިރަސްއަށް ޝައްކުކުރެވިގެން އެއްވެސް ބަލި މީހަކު އެޑްމިޓްކޮށް ޓެސްޓު ހަދާ ނަމަވެސް ޑޮކްޓަރުންނަށް އެނގޭނެ ކަމަށާއި ޓެސްޓު ތަކުގެ ނަތީޖާ ސިއްރު ކުރުމެއް ނެތި ރައްޔިތުންނާ ހިއްސާ ކުރާނެ ކަމަށެވެ. އަދި މިފަދަ ހައްސާސީ ދަނޑ...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ރާއްޖެއިން ފުރަތަމަ ފެނުނު ކޮވިޑް-19ގެ 2 ބަލި މީހުންނަށް ފަރުވާދެވި ރަނގަޅުވެފައިވާކަން މިރޭ ސަރުކާރުން ޢިއުލާން ކުރުމާއި ވިދިގެން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު، ފައިސަލް ނަސީމްގެ ޝުކުރު އެންމެހާ ސިއްޚީ ޚިދުމަތް ތެރިންނަށް ދަންނަވައިފިއެވެ. ٱلْحَمْدُ لِلَّٰهِރާއްޖެއިން ފުރަތަމަ ފެނުނު ކޮވިޑް19 ގެ 2 ބަލިމީހުންނަށް ފަރުވާދެވި މިވަނީ ރަނގަޅުވެފައި. ބަލިމީހާއަށް ފަރުވާދެއްވި ޑޮކްޓަރުންނާއި ނަރުހުންނަށް އަދި މިކަމުގައި ބައިވެރިވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން#StaySafe #PracticeSoc...
ޝިއުނާ އާދަމް
6 އަހަރު ކުރިން
ރާއްޖެ އިން ކޮވިޑް 19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ދެ މީހަކު ރަނގަޅުވެއްޖެ ކަމަށް ސަރުކާރުން ބުނެފިއެވެ. އެކަން ހާމަކުރެއްވީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. “އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އައި އިރުގައި އައިޖީއެމްއެޗްގެ ކްރިޓިކަލް ކެއާގައި ފަރުވާދޭ ފަރާތާ އެކީގައި އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ ދެ ފަރާތެއް، މިހާރު މިވަނީ ކޮވިޑް19 އަށް ނެގެޓިވް ވެފަ،” އަމީން ވިދާޅުވިއެވެ. މިނިސްޓަރު އަމީން ވިދާޅުވީ ރަނގަޅުވި […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
މިއަދަކީ ދިވެހި ތާރީޚުގައި ލިޔެވޭނޭ، ހިތާމަވެރި، މޮޅިވެރި ދުވަހެއްކަން ގައިމެވެ. މިއަދަކީ ކޮވިޑް-19 ގެ ބިރުވެރިކަމާއި ހެދި، އެވައިރަސް ފެތުރިދާނެ މަގުތައް ބަންދު ކުރުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅެއްގެ ދަށުން، އެތައް ސަތޭކަ އަހަރު ތަކަކަށްފަހު މާލޭގެ މިސްކިތްތަކުގައި ހުކުރު ނުކުރާ ދުވަހެވެ. ބައެއް މަސްދަރު ތަކުން ބުނާގޮގުގައި މިއަދަކީ ވޭތުވި 800 އަހަރު ތެރޭ މާލޭގައި ހުކުރު ނުކުރާ ފުރަތަމަ ދުވަހެވެ. މިއަދުގެ މިވަގުގުގައި ރައްޔިތުންގެ މަޖިލިސްގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިންގެ އިޙްސާސްތ...
ޝިއުނާ އާދަމް
6 އަހަރު ކުރިން