Inއޭޑީކޭގައި ހަރުކޮށްފައި ހުންނަ ސެނިޓައިޒާ ފުޅިތައް ވަގަށް ނަގާ މައްސަލަ ބޮޑުވެ، އެންމެ ފަހުން އެހޮސްޕިޓަލުން ސެނިޓައިޒާ ފުޅި ވައްގަށް ނަގާ ވީޑިއޯއެއް އާންމު ކޮށްފިއެވެ.

އޭޑީކޭ އިން މިއަދު ކުރި ޓުވީޓެއްގައި ވަނީ ސެނިޓައިޒާ ފުޅިއެއް ދަބަހަކަށް ލައިގެން ގެންދާ މީހެއްގެ ވީޑިއޯ ވެސް އާންމުކޮށްފަ އެވެ

އެ ވީޑިއޯގައި ފެންނަނީ މާސްކެއް އަޅައިގެން ހުންނަ ފިރިހެނަކު ގޮނޑިއެއްގައި އިށީނުމަށް ފަހު، ފާރުގައި ހަރުކޮށްފައި އިން ސެނިޓައިޒާ ފުޅިއެއް ނަގައި، ދަބަހަށް ލައިގެން ގެންދާ ތަނެވެ.

އެ ހޮސްޕިޓަލުން ކޮށްފައިވާ އިތުރު ޓުވީޓަކުން ފެންނަ ފޮޓޯތަކުން ވަގަށް ފުޅި ނެގުމުން ހުސްވެފައިވާ ބައެއް ފުޅި ހަރުކުރާ ސްޓޭންޑު ފެނެއެވެ. އަދި ސެނިޓައިޒާ ފުޅި ފާރުގައި ހަރުކުރަން ބޭނުންކުރާ ސްޓޭންޑު ނަގައިގެން ގެންގޮސްފައި ހުރި ތަންވެސް ދައްކުވައިދެއެވެ.

ކޮވިޑް-19 ގެ ސަބަބުން ސިހިސި، ސަލާމަތަށް އެދި ދުޢާކޮށް ކޮށް ތިބިއިރު ވައްކަން ކުރަމީހުން ވައްކަންވެސް ކުރަނީއެވެ. ސެނިޓައިޒާއެއް، ސްޓޭންޑެއް ނުބަލައެވެ.