ރާއްޖެ އިން ކޮވިޑް 19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ތިންވަ މީހާ ރަނގަޅުވެއްޖެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ޑަބަލް ޓެސްޓު ކުރިއިރުވެސް އޭނާ ނެގެޓިވްވެފައިވާއިރު، އޮންނަ އުސޫލުގެ ދަށުން އިތުރަށް މޮނިޓަރ ކުރެވޭނެއެވެ.

އޭނާއަކީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކުރެވުނު މީހެއްކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވި އިތުރު ދެމީހަކުވެސް ރަނގަޅުވެފައިވާކަމަށް ސަރުކާރުން ބުނެފައިވަނީ އިއްޔެގައެވެ. އެދެމީހުންނަށއ ފަރުވާދީފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.