މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1025 ވަނަ ޞަފްޙާ

ދަނޑުވެރިކަމާގުޅޭ ކުންފުނީގެ މަސައްކަތްތައް ފަށައިފި

ދަނޑުވެރިކަމާގުޅޭ ކުންފުނީގެ މަސައްކަތްތައް ފަށައިފި

‏ދަނޑުވެރިކަން ދިރުވާ އާލާކުރުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުނި އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ މަސައްކަތް ފެށިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ދިވެހި ސަރުކާރުން ޙިއްޞާވާ ދަނޑުވެރިކަމަށް ޚާއްޞަ ކުންފުނި “އެގްރޮ ނޭޝަނަލް ކޯޕަރޭޝަން” އަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަސައްކަތާއި މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގެ ތެރެއިން، ނޫ އިޤ...

ޝިއުނާ އާދަމް
އަތޮޅުތެރެއިން ކޯވިޑް19ގެ ބަލިމީހުން ދެނެގަތުމާއި ބަލިއުޅޭތޯ ބަލާނެ އުސޫލު އާންމުކޮށްފި

އަތޮޅުތެރެއިން ކޯވިޑް19ގެ ބަލިމީހުން ދެނެގަތުމާއި ބަލިއުޅޭތޯ ބަލާނެ އުސޫލު އާންމުކޮށްފި

ައަތޮޅުތެރެއިން ކޯވިޑް- 19ގެ ބަލިމީހުން ދެނެގަތުމާއި ބަލިއުޅޭތޯ ބެލުމުގެ ނިޒާމް ޤާއިމުކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އާންމުކޮށްފިއެވެ. މިއުސޫލުގައި ޓްރެވެލް ހިސްޓްރީ ހުރި ފަރާތްތަކާ މެދު ޢަމަލު ކުރަންޖެހޭ ގޮތްކަމުގައި ބުނެފައިވަނީ މާލެ އޭރިޔާއިން އަތޮޅުތެރެއަށް ގޮސްފައިވާ ފަރާތެއް، ރިސޯރޓްތަކުން އަތޮޅުތެރެއަށް ގޮސްފައިވާ ފަރާތެއް އަދި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުން އުޅޭ އެއްވެސް ރަށަކުން ގޮސްފައިވާ ފަރާތެއްނަމަ، އެރަށަކަށް ދިޔަތާ 14 ދުވަ...

ޝިއުނާ އާދަމް
މާފަރު އެއަރޕޯޓު ބޮޑުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

މާފަރު އެއަރޕޯޓު ބޮޑުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލި މުއްދަތު މިނިސްޓްރީ އޮފް ފިނޭންސްއިން އިތުރުކޮށްފިއެވެ. މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާއި ޙަވާލުކުރުމަށް ނިންމާފައިވަނީ އެ މަޝްރޫޢު ޑިޒައިންކޮށް، އިންޖިނިއަރިންގެ މަސައްކަތްތަކާއި، ކޮންސްޓްރަކްޝަންގެ މަސައްކަތާއި، އަދި ޕްރޮކިއުމަންޓުގެ މަސައްކަތްތަކެއް ކޮންޓްރެކްޓަރ އަމިއްލައަށް ކުރާ ގޮތަށެވެ. މި މަސައްކަތް ކުރުމަށް ޝަރުތުހަމަވާ، އެކަށީގެންވ...

އަލީ އާދިލް
ކުރިއަށް އޮތް 24 ގަޑިއިރު، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ: މެޓް

ކުރިއަށް އޮތް 24 ގަޑިއިރު، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ: މެޓް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. މެޓް އޮފީހުން މީގެ 2 ގަޑިއިރު ކުރިން ވަނީ މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓެއް ނެރެފައިވެ އެވެ. މީގެ ހަތަރު ގަޑިއިރު ކުރިން މެދު ރާއްޖެތެރެއަށްވަނީ ޔެލޯ އެލާޓް ނެރެފައެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް […]

ޝިއުނާ އާދަމް
ރިސޯޓުތަކުގެ މުވައްޒަފުން ރަށްރަށަށް ދިއުމުގެ އިންތިޒާމު މިދަނީ ހަމަޖައްސަމުން: މިނިސްޓަރު

ރިސޯޓުތަކުގެ މުވައްޒަފުން ރަށްރަށަށް ދިއުމުގެ އިންތިޒާމު މިދަނީ ހަމަޖައްސަމުން: މިނިސްޓަރު

ރިސޯޓްތަކުގައި ތިބި މުވައްޒަފުން އެމީހުންގެ އަމިއްލަ ރަށަށް ދިޔުމުގެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ޓުރިޒަމް ނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރިސޯޓްތަކުގައި ތިބި މުވައްޒަފުން އެމީހުންގެ އަމިއްލަ ރަށަށް ދިޔުމުގެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށާއި، އަދި މުވައްޒަފުންނަށް ރަށަށް ދެވޭތޯ ޔަގީން ކުރައްވާނެކަމަށެވެ. އަދިވެސް 10 ރިސޯޓެއްގައި 50 ގައުމަކަށް ނިސްބަތްވާ ފަތުރުވެރިން...

ޔުމްނާ ޢަލީ
އުތުރާއި ދެކުނުގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރުމަށް ވަނީ ތަންތަން ހޯދިފައި: މިނިސްޓަރު ޢަލީ ވަހީދު

އުތުރާއި ދެކުނުގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރުމަށް ވަނީ ތަންތަން ހޯދިފައި: މިނިސްޓަރު ޢަލީ ވަހީދު

ކޯވިޑް-19 އަށް ފައްސިވާ ކޭސްތައް ގިނަވެއްޖެ ހާލަތެއް އަތުވެއްޖެ ނަމަ ރާއްޖޭގެ އުތުރާއި ދެކުނުގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރުމަށް އެސަރަހައްދުގައި ހުރި ރިސޯޓްތަކާއި ވާހަކަ ދައްކާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ފައްސިވާ ކޭސްތައް ގިނަވެ، އެ ހާލަތް އަތުވެއްޖެ ނަމަ އުތުރާއި ދެކުނުން ވެސް ކަރަންޓީން ފެސިލިޓީ ހަދާނެ ތަންތަން ހޯދާފައި ވާކަމަށެވެ. މިހ...

ޝިއުނާ އާދަމް
މިހާތަނަށް ސިފައިންގެ 5 މީހުން ފައްސިވެއްޖެ

މިހާތަނަށް ސިފައިންގެ 5 މީހުން ފައްސިވެއްޖެ

ރާއްޖޭގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަސް މީހަކު ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ފަރާތުން ފެސިލިޓީތަކާ ހަވާލުވެ ހުންނަވާ އެންމެ އިސް ކޮމާންޑަރު ކާނަލް ހުސެއިން އަލީ ވިދާޅުވީ، މިހާތަނަށް އެމްއެންޑީއެފްގެ ފަސް މީހަކަށް އެ ބަލި ޖެހިފައިވާ ކަމަށެވެ. އޭނާ އެ ގޮތަށް ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއ...

ޝިއުނާ އާދަމް
ޗައިނާއިން 800 މީހުންގެ ކަރަންޓީނު ފެސިލިޓީއެއް އަޅައިދެނީ

ޗައިނާއިން 800 މީހުންގެ ކަރަންޓީނު ފެސިލިޓީއެއް އަޅައިދެނީ

ކޯވިޑް-19 ގެ މިހާލަތުގައި ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން 800 މީހުންގެ ވަގުތީ ކަރަންޓީނު ފެސިލިޓީއެއް ގާއިމްކޮށް ދޭން ޗައިނާއިން ނިންމައިފި އެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ސަރުކާރުން، ޗައިނާގެ ސަރުކާރުގައި އެހީއަށް އެދިފައިވާ ކަމަށާއި، އެހެންވެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަނުން 800 މީހުންގެ ޖާގައިގެ ކަރަންޓީނު ފެސިލީޓީއެއް އަޅައިދޭން ނިންމާފައިވާ ކަމަށެވެ. މި ކަރަންޓީނު ފެސިލީޓީގެ މަސައްކަތަށް ސަމާނާއި ވަސީލަތްތަކާ...

އަލީ އާދިލް
އެޖެންޑާ 19ގެ އުންމީދަކީ، އޮއްޓަރު ހުރިވާހަކަ ދައްކާފައި ދިމާ އިދިކޮޅަށް ވޯޓު ދިނުމެއް ނޫން: ޒަރިޔަންދު

އެޖެންޑާ 19ގެ އުންމީދަކީ، އޮއްޓަރު ހުރިވާހަކަ ދައްކާފައި ދިމާ އިދިކޮޅަށް ވޯޓު ދިނުމެއް ނޫން: ޒަރިޔަންދު

އެޖެންޑާ-19 ގެ އުންމީދަކީ، ރާއްޖޭގެ މާލީ، އިޤްތިޞާދީ ކުރިމަގަށް އަސަރުކޮށްފާނޭ ކަންކަމުގައި، މަޖްލީހުގެ ޖަލްސާގައި އޮއްޓަރުހުރި ވާހަކަ ތަކެއް ދައްކާފައި، އެރޭ ބާއްވާ ޕާރލަމަންޓަރީ ބައްދަލުވުމުގައި އަޑުގަދަކުރާ މީހުންދެކެ ބިރުން ދެއްކި ވާހަކައާއި ދިމާ އިދިކޮޅަށް ވޯޓު ދިނުމެއް ނޫން ކަމަށް އިސްމާއިލް ޒަރިޔަންދު ވިދާޅު ވެއްޖެއެވެ. ޓެންޑަ ބޯޑުގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޒަރިޔަންދު މިގޮތަށް ވިދާޅުވީ ކުރަށްވާފައިވާ ޓުވީޓެއްގައިއެވެ. ޒަރިޔަންދު ގެންދަވަނީ ކޮރަޕްޝަނާ ދެކޮޅަށް ކެރިގެން ވަކާލާތު ކުރަ...

އަލީ އާދިލް
ރެކޯޑު ދުވަހެއް، ކޯވިޑްގެ 73 ކޭސް، ޖުމްލަ 214 އަށް

ރެކޯޑު ދުވަހެއް، ކޯވިޑްގެ 73 ކޭސް، ޖުމްލަ 214 އަށް

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 214އަށް އަރައިފިއެވެ. މިއަދު އެކަނިވެސް ރާއްޖެއިން 73 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ. އެ ސެންޓަރުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުން ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ މިރޭ އަލަށް ޕޮޒިޓިވްވި 23 މީހުންގެ ތެރޭގައި އެއްވެސް ކްލަސްޓަރ އަކާ ގުޅުމެއް ނެތް މީހުންވެސް ހިމެނޭކަމަށެވެ. މި މީހުންނާ ގުޅޭ ތަފްސީލް އެޗްޕީއޭއިން އަދި ހާމަކުރައްވަފައެއް ނުވެއެވެ. އެޗްޕީއޭއިން އެން...

ޝިއުނާ އާދަމް
ކޯވިޑް-19 އާއި ގުޅިގެން ހޭދަކުރީ 560 މިލިއަން ރުފިޔާ

ކޯވިޑް-19 އާއި ގުޅިގެން ހޭދަކުރީ 560 މިލިއަން ރުފިޔާ

ކޯވިޑް-19 އާއި ގުޅިގެން މިހާތަނަށް ރާއްޖެއިން 560 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މީގެ ތެރެއިން 84 މިލިއަން ރުފިޔާ އަކީ ނެޝެނަލް ޑިޒާސްޓާ އޮތޯރިޓީގެ ޓްރަސްޓް ފަންޑުގައި ހުރި 64 މިލިއަން ރުފިޔާ ކަމަށެވެ. ހަރަދުތަކުގެ ތަފްސީލް 84 މިލިއަން ރުފިޔާ: މި ފައިސާ ހަރަދުކޮށްފައިވަނީ ޑިޒާސްޓަރ ރިސަރޗް ފަނޑުން. މިއީ 10 މަސް ދުވަހަށް ކާޑު […]

ޔުމްނާ ޢަލީ
ފުލުހުންނަށް މަރުގެ އިންޒާރުދީ ބިރުދެއްކި 2 މީހުން ހައްޔަރުކޮށްފި

ފުލުހުންނަށް މަރުގެ އިންޒާރުދީ ބިރުދެއްކި 2 މީހުން ހައްޔަރުކޮށްފި

ފުލުހުންނަށް މަރުގެ އިންޒާރުދީ ބިރުދެއްކި މައްސަލައެއްގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތަށް 7 ދުވަސް ޖަހައިފިއެވެ. ފުލުހުން ވިދާޅުވީ މާލޭގައި ފުލުހުންނަށް މަރުގެ އިންޒާރުދީ، ބިރުދައްކައި އަދި އަމުރަށް ނުކިޔަމަންތެރިވި މައްސަލައިގައި ހަައްޔަރުކޮށްފައި ވަނީ އުމުރުން 30އަހަރުގެ ދިވެހި 2 ފިރިހެނުން ކަމަށެވެ. މިމަހުގެ 24ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާ އާއި ގުޅިގެން މި ދެމީހުން ހައްޔަރުކުރީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒި...

ޔުމްނާ ޢަލީ
ކޯވިޑް19: މިއަދު ފައްސިވި މީހުންގެ ޢަދަދު 50 އަށް!

ކޯވިޑް19: މިއަދު ފައްސިވި މީހުންގެ ޢަދަދު 50 އަށް!

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 3 މީހަކު ފައްސިވެ، މިއަދު އެބަލި ޖެހުނު މީހުންގެ ޢަދަދު 50 އަށް އަރައިފިއެވެ. މިއާއި އެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 191 އަށް އެރީއެވެ. އެޗްޕީއޭ އިން ބުނީ މި މީހުންގެ ތެރޭގައި ހިމެނެނީ ޕާކިސްތާން މީހަކާއި، ދެ ދިވެއްސެއް ކަމަށެވެ. މި މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ✳️ #COVID19 Latest Update: An […]

ޔުމްނާ ޢަލީ
ކޯވިޑް19: ފައްސި ވީމީހުންގެ ޖުމްލަ 188 އަށް!

ކޯވިޑް19: ފައްސި ވީމީހުންގެ ޖުމްލަ 188 އަށް!

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 11 މީހަކު ފައްސި ވެއްޖެއެވެ. މިއާއި އެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 188 އަށް އެރީއެވެ. އެޗްޕީއޭ އިން ބުނީ މި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 9 މީހަކާއި، ދިވެއްސަކާއި، އިންޑިއާ މީހެއް ކަމަށެވެ. މި މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ✳️ #COVID19 Latest Update: An additional 11 cases (MAV0178 to […]

ޝިއުނާ އާދަމް
ކޯވިޑް19: އިތުރު 36 މީހުން ފައްސިވެ، ޖުމްލަ 177 އަރައިފި

ކޯވިޑް19: އިތުރު 36 މީހުން ފައްސިވެ، ޖުމްލަ 177 އަރައިފި

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 36 މީހަކު ފައްސިވެ ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު 177 އަށް އަރައިފިއެވެ. އެޗްޕީއޭ އިން ބުނީ މި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 29 މީހަކާއި، 6 ދިވެއްސަކާއި، އިންޑިއާ މީހެއް ކަމަށެވެ. މީގެތެރެއިން 30 މީހުންނަކީ ތޮއްޖެހިގެން ތިން ގެއެއްގައި ދިރިއުޅެމުންދާ މީހުންތަކެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މި މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ✳️ COVID-19 Latest Update: […]

ޔުމްނާ ޢަލީ