ނ. ވެލިދޫ ގެއެއްގެ ގުދަނުގައި ހުރި ތިން ބަސްތާ ހަނޑޫ ވަގަށް ނެގި ކަމުގެ ތުހުމަތަށް ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ވެލިދޫ ގެއެއްގެ ގުދަނުގައި ހުރި ތިން ބަސްތާ ހަނޑޫ ވަގަށް ނަގައިގެން ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ މައްސަލައާއި ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ވަގަށް ނެގި ތިން ބަސްތާއިން އެއްބަސްތާ 100 ރުފިޔާއަށް މީހަކަށް ވިއްކާލާފައިވާ ކަމަށެވެ. […]
ޔުމްނާ ޢަލީ
ކޯވިޑް-19 އާއި ގުޅިގެން ކުރިމަތި ވެފައިވާ މި ނާޒުކު ޙާލަތުގައި، ފެނާއި ކަރަންޓު ބިލްތަކަށް ރީޑިންގ ނެގުމަށް ގޭގެއަށް ދިޔުމަކީ ރައްޔިތުންނަށާއި ފެނަކައިގެ މުވައްޒަފުންނަށްވެސް އެންމެ ރައްކާތެރި ގޮތް ކަމަށް ނުފެންނާތީ، މީޓަރު ނަންބަރު ފެންނަގޮތައް ފޮޓޯ ފޮނުވައި ދިނުމަށް ފެނަކައިން އެދިއްޖެއެވެ. މިގޮތަށް މީޓަރު ނަންބަރު ފެންނަގޮތައް ފޮޓޯ ފޮނުވާއިރު، ގޭގެ ނަމާއެކު ވައިބަރ މެދުވެރިކޮށް ފޮނުއްވައި ދެއްވުމަށް ފެނަކައިން ވަނީ އެދިފައެވެ. އެކަމާއި ގުޅިގެން ފެނަކައިން ބުނީ މިހާރު ޤައުމަށް ދިމާވެފައިވާ މި...
ޝިއުނާ އާދަމް
މި އަހަރުގެ ސާނަވީ ނިންމާ އިމްތިހާނުތައް ފަސްކޮށްފިކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ބުނެފިއެެވެ. އެމިނިސްޓްރީއިން ދެންމެ ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް 19ގެ ސަބަބުން މިއަހަރު ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް10 ގައި ކިޔަވާ ދަރިވަރުން ބައިވެރިވާ ސާނަވީ ނިންމާ އިމްތިހާން ތަކަށް ބޭނުންވާ ސިލަބަސް ނިންމައި އިމްތިހާން ތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބޭނެކަމަށް ނުފެންނާތީ މިއަހަރުގެ އޮކްޓޯބަރ ނޮވެންބަރ ގައި ބޭއްވުމަށް ހަމަ...
އިބްރާހިމް އަސްވާޤް
އިތުރު 8 މީހަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 277 އަށް އަރައިފިއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި އަށް މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 277 އަށް އަރާފައިވާ ކަމަށެވެ. މާލެއިން ކޮވިޑް-19އަށް ޕޮޒިޓިވާ މީހުން އަދިވެސް ފެންނަމުން ދާތީ ލޮކްޑައުންގެ މުއްދަތު ވެސް މިއަދު ވަނީ އިތުރުކޮށްފަ އެވެ. އިތުރު ކޮށްފައި ވަނީ 14 ދުވަހަށެވެ. މާލޭގައި […]
ޔުމްނާ ޢަލީ
މިހާރު ފެތުރެމުންދާ ބަލިމަޑުކަމުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް މަޖިލީހަށް ހުށައެޅި ވަގުތީ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. މި ބިލު މަޖިލީހުން ފާސްކުރެއްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ވޯޓުންނެވެ. މިމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން އިޢުލާންކުރަން ތަޢާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައި ވަނީ ރާޢްޖޭގައި ކޯވިޑް-19 ފެތުރެން ފެށުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު އިޢުލާންކޮށްފައިވާ...
ޔުމްނާ ޢަލީ
މާލެ ސަރަހައްދު ފުރަބަންދުގެ މުއްދަތު އިތުރު ކޮށްފި މާލެ ސަރަޙައްދު، އިތުރު 14 ދުވަހަށް ފުރަބަންދު ކުރުމަށް ނިންމަވައިފިއެވެ. މާލޭގެ ފްލޫ ކްލިނިކަކަށް ދެއްކި ދިވެހި އަންހެނެއް ކޯވިޑް-19އަށް ފައްސިވުމާއި ގުޅިގެން މާލެ ސިޓީ ހިމެނޭ ސަރަހައްދުގެ މާލެއާއި ހުޅުމާލެއާއި ވިލިމާލެ ފުރަބަންދުކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު 2 ދެދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ކޯވިޑް-19 އަށް ޕޮޒިޓިވް މީހުން މާލެއިން ފެނުން އިތުރުވުމާގުޅިގެން މިމަހުގެ 17 ވަނަ ދުވަހު އިތުރު 14 ދުވަހުގެ މުއްދަތަކަށް […]
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކުގެ ވެރިންނާ ބައްދަލުކުރައްވައި ޞިއްހީދާއިރާގައި މިވަގުތު ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޚާއްޞަކޮށް މި ދަތި ދުވަސްކޮޅުގައި ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވާފައި...
ޝިއުނާ އާދަމް
ޓުވިޓަރގައި ޒުވާން މަޝްވެރިންގެ ޖޯޝާއި ހިތްވަރު ގެނެސްދޭ ” ޒުވާން މަސްވެރިޔާ “ގެ ޓުވިޓަރ އެކައުންޓުން މިފަހަރު ދިނީ ގއ. ކޮނޑޭ އިން ކިނބުލެއް ފެނުނު ޚަބަރެވެ. ޒުވާން މަސްވެރިޔާގެ ފުރަތަމަ ބުނެފައި ވަނީ ގއ. ކޮނޑޭ ޒުވާނުންތަކެއް ދާ ޖަހައިގެން ކިނބުލެއް ހިފައިފި ކަމަށެވެ. ކިނބުލުގެ ފޮޓޯވެސް ހިމަނައިގެން ކޮށްފައިވާ އެ ޓުވީޓުގައި ބުނެފައި ވަނީ އެސަރަހައްދަށް މޫދަށް އެރޭ މީހުން ސަމާލު ވުމަށެވެ. https://twitter.com/ZuvaanMasveriya/status/1255181831088910337?s=20 ޒުވާން މަސްވެރިޔާގެ ދެވަނަ ޓުވީޓުގައި ބުނ...
ޝިއުނާ އާދަމް
ށ. ނަރުދޫން މިހާތަނަށް ޖުމްލަ އަށް މީހެއް ކޯވިޑަށް ފައްސިވެފައި ވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ. ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. އަފްޒަލް ވިދާޅުވީ އަމާޒު ބޯޓުގެ ކޭހާއި ގުޅިގެން ބޯޓުގެ ކެޕްޓަނާއި އެކު އެރަށުން ޖުމްލަ އަށް މީހަކު މިހާރު ކޯވިޑަށް ފައްސި ވެފައި ވާކަމަށެވެ. އަދި އެރަށުގައި އެންމެ ބޮޑަށް ނޫންނަމަވެސް މުޖުތަމައު ތެރޭ ބަލި ފެތުރޭ ހާލަތް އޮތް […]
ޔުމްނާ ޢަލީ
އިތުރު 5 މީހަކު ފައްސިވެ އަދަދު 250 އަށް އަރައިފި އެވެ. އިތުރު 5 މީހަކު ފައްސިވެފައިވާކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒެވެ. މީގެ އިތުރުން މިއަދު ފެނުނު 21 ކޭސްއަކީވެސް ކުރީގައިވެސް ފެނިފައިހުރި ކޭސްތަކާއި ގުޅުންހުރި މީހުންކަމަށާއި އަމާޒު ބޯޓާއި ގުޅުންހުރި 9 މީހަކު މިހާތަނަށް އައިއިރު ފައްސިވެފައިވާ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. އަމާޒު ބޯޓާ ގުޅިގެން މިހާރު ށ ނަރުދޫއިން ކޮމިއުނިޓީ ޓްރާންސްމިޝަންއެއް ފެނިފައިވޭ، އަމާޒު ބޯޓު ކްލަސްޓަރ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންގެ އަރިހަށް ފޮނުއްވާފައިވާ ސުވާލު ނޯޓިސްގެ މުއްދަތު ހަމަވި އިރު ޖަވާބު ދެއްވާފައި ނުވާތީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ މިނިސްޓަރު އަމީން ޚިލާފުވެޑައިގެންފައި ވާކަމަށް މަޖިލިސް ރައީސް ނިންމަވާފައިވަނިކޮށް މިނިސްޓަރު އަމީނުގެ ޖަވާބު މަޖިލިސްއަށް ފޮނުވައިފިއެވެ. މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު މީޑިއާއަށް ވިދާޅުވީ މިއަދު އިރުއޮއްސި 6:31 ގައި އިމެއިލް މެދު...
އަލީ އާދިލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ މިހާރުގެ ހާލަތާއި ބެހޭގޮތުން އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ރިޓަޔަރޑް އޮނަރަބަލް ޑޮމިނިކް ރާބް އާ ފޯނު މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ. މިއަދު މެންދުރު ކުރެއްވެވި މި ފޯނުކޯލުގައި ދެ ބޭފުޅުންވެސް ވަނީ މި ނުރައްކާތެރި ބަލިމަޑުކަމާއި ގުޅިގެން ދެ ޤައުމުގައިވެސް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އަޅަމުންދާ ފިޔަވަޅުތަކާއި ޢަމަލުކުރަމުން ގެންދާގޮތުގެ މަޢުލޫމާތު ޙިއްޞ...
ޝިއުނާ އާދަމް
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންގެ އަރިހަށް ފޮނުއްވާފައިވާ ސުވާލު ނޯޓިސްގެ މުއްދަތު ހަމަވި އިރު ޖަވާބު ދެއްވާފައި ނުވާތީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ މިނިސްޓަރު އަމީން ޚިލާފުވެޑައިގެންފައި ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެކިވަޑައިގަންނާ ކަމަށް މަޖިލިސް އިދާރާއިން ބުނެފިއެވެ. މަޖިލިސް އިދާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވ...
އަލީ އާދިލް
މި ވަގުތު އެ މީހަކަށްވެވުނު ގޮތަކަށް އަނެކާއަށް އެހީތެރިވަމުށާއި، އެ މީހަކަށް ލިބިފައިވާ ހުނަރެއްގެ ނުވަތަ ނިޢުމަތެއްގެ ބޭނުން ރަނގަޅު ގޮތުގައި ކުރަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން އިލްތިމާސް ކުރަށްވައިފިއެވެ. އެކަމަނާ އެމަގުން އިލްތިމާސް ކުރެއްވީ ކޯވިޑު ނަވާރައާއި ގުޅިގެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައި، ބައެއް މީހުން މީސް މީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓް ހިއްސާ ކުރައްވަމުން މިއަދު ކުރެއްވެވި ޓުވީޓެއްގައެވެ. ވަޒީރު ޔުމްނާ ވިދާޅުވީ މި ކަމުން އަރައިގަނެ...
ޔުމްނާ ޢަލީ
ރާއްޖޭގައި ކޯވިޑް-19 ބަލި ޖެހުނު މީހުންގެ ޢަދަދު 245 އަށް އަރައިފިއެވެ. އެޗްޕީއޭއިން އެންމެ ފަހުން ހާމަ ކުރި މައުލޫމާތުގައި ވާ ގޮތުން ކޭސް 230 އިން 245 ގައި ހިމެނެނީ 9 ބަންގްލަދޭޝް މީހުންނާއި، އިންޑިއާގެ 4 މީހަކާއި އަދި 3 ދިވެއްސެކެވެ. ✳️ #COVID19 28th April Update: 3 cases (MAV0227 to MAV0229) were confirmed last night. In addition 16 cases (MAV0230 to MAV0245) of: – […]
ޔުމްނާ ޢަލީ