މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން މީގެ 2 ގަޑިއިރު ކުރިން ވަނީ މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓެއް ނެރެފައިވެ އެވެ. މީގެ ހަތަރު ގަޑިއިރު ކުރިން މެދު ރާއްޖެތެރެއަށްވަނީ ޔެލޯ އެލާޓް ނެރެފައެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އަދި ދެ ދުވަހަށް ފަހު މޫސުން ރަނގަޅުވާނެ ކަމަށް ވެސް އެ ލަފާގައި ވެއެވެ.

Ad
rt

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭއިރު މި ދުވަސް ވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުމުގެ ދެވަނަ ނަކަތް ބުރުނު ނަކަތުން ހަވަނަ ދުވަހުވެ. މި ނަކަތަކީ ހުޅަނގުގެ ވިއްސާރަ ހަދަން ފަށާ ނަކަތެވެ.

މެތް އޮފިޝަލް ވިދާޅުވީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުނު ކަމުގައި ވީނަމަވެސް އެއްވެސް ރަށަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

މިއަދު އިރު އޮއްސުނު ވަގުތު މާލެ ސަރަޙައްދަށްވަނީ ވަރަށް ގަދަޔަށް ވިދާ ގުގުރާފައެވެ.

މުސޫން ދަައްކާ ގޮތުން ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވެ އެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ. ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަކީ އެދެވިގެން ވާކަމެއް.

މިރޭ 08:00 އިން މާދަމާރޭ 08:00 އަށް ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތުގެ މެސެޖުގައި މެޓް އޮފީހުން ބުނެފައިވެއެވެ.