ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް އެއް ފަރާތް ކުރިޔަސް, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ. ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އޮތީ އިއްވައިފަ އެވެ. އަދި އެ މައްސަލާގައި ރައްޔިތުންގެ […]
ހުސައިން ހަބީބް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. މިލަންދޫ ސްކޫލުގައި ފޮތް ކިއުމަށް ހާއްސަކޮށް އައުޓްޑޯ ރީޑިން ޕާކެއް ގާއިމްކޮށްފިއެވެ. މި ޕާކު ތަރައްގީކޮށްފައިވަނީ މިލަންދޫގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ މިލަންދޫ ސްޕޯޓްސް ކްލަބުންނެވެ. މި ޕާކު ތަރައްގީކޮށްފައިވަނީ މިލަންދޫ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. މި ޕްރޮޖެކްޓް ގެ މަގްސަދަކީ ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގުވެރިކަން އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރު...
އަޙްމަދު ވަހީދު
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ރާވާ ހިންގާ އިމްތިޙާނުތަކާއި ގުޅިގެން ފޮނުވަންޖެހޭ ސެޓްފިކެޓްތައް ރައްކާތެރިކަމާއެކު އަތޮޅުތެރޭގެ ސެންޓަރުތަކަށް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ ފަހުމުނާމާއެއްގައި ދެ ފަރާތުން ވަނީ ސޮއި ކޮށްފައެވެ. ޕޯސްޓް އޮފީސް މެދުވެރިކޮށް އަތޮޅުތެރޭގެ ސެންޓަރުތަކަށް ސެޓްފިކެޓްތައް ފޮނުވަން ފެށުމާއެކު، ޕަބްލިކް އެގްޒާމިނޭޝަން އަށް ސެޓްފިކެޓް ލިބޭތާ ގިނަވެގެން...
އަޙްމަދު ވަހީދު
ކުރިން ބާސެލޯނާއަށާއި ސްޕެއިންގެ ގައުމީ ޓީމަށް އިރުޝާދުދިން ލުއިސް އެންރީކޭ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ކޯޗަކަށް ހަމަޖައްސައިފިއެވެ. އުމުރުން 53 އަހަރުގެ އެންރީކޭ ޕީއެސްޖީގެ ކޯޗުކަމަށް ހަމަޖައްސާފައި މިވަނީ މިދިޔަ ސީޒަންގައި ޕީއެސްޖީއަށް ފްރާންސް ލީގު ކާމިޔާބު ކޮށްދިން ކްރިސްޓޮފަރ ގަލްޓިއާ ސީޒަން ނިމުމާއިއެކު އެ ޓީމްގެ ކޯޗުކަމުން ވަކިކުރުމުން އެ މަގާމު ހުސްވެފައި ވަނިކޮށެވެ. އެންރީކޭ ޕީއެސްޖީގެ ކޯޗުކަމާއި ހަވާލުވެފައި މި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ. އެންރީކޭ ކޯޗިން...
އިބްރާހިމް ޚަލީލް
ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އަންޗެލޮޓީ އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަންގެ ނިޔަލަށް ހަމަވުމުން، ބްރެޒިލްގެ ކޯޗުކަމާއި ހަވާލުވާން ނިންމާފައިވާ ކަމުގައި ބްރެޒިލްގެ ފުޓްބޯލް ކޮންފެޑެރޭޝަންގެ ރައީސް އެޑްނާލްޑޯ ރޮޑްރިގުއޭޒް ބުނެފިއެވެ. އަންޗެލޮޓީ ރެއާލާއިއެކު ހަދާފައިވާ އެއްބަސްވުން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. ރިޕޯޓްތައް ބުނާގޮތުން ރެއާލުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރަމުން އަންނަ އަންޗެލޮޓީގެ އެއްބަސްވުން ރެއާލުން އާކުރަން ބޭނުންވެއެވެ. ފަސްފަހަރު ވޯލްޑ...
އިބްރާހިމް ޚަލީލް
މާލެއިން ފުރައިގެން ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެއިން ފުރައިގެން އދ. މަހިބަދޫ އަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް އަޑިއަށް ދާތީ އެ އިދާރާއަށް މައުލޫމާތު ލިބުމުން މަހިބަދޫގައި ތިއްބަވާ ޕޮލިހުން އެ ދޯނި އޮތް ސަރަހައްދަށް ދިޔަ ކަމަށެވެ. އެ ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާއިރު، އޭގައި ތިބި 8 މީހުން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ‘’ރިކާޑޯ’’ ނަމަކަށް މި ދޯނި އަޑިއަށް […]
ޔުމްނާ ޢަލީ
ދަތުރުކުރަމުން ދިޔަ ލޯންޗެއްގައި ބެޓެރިއެއް ގޮވައި 6 މީހަކަށް އަނިޔާވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ރ. އަތޮޅު އުނގޫފާރުން މާލެއަށް ދަތުރުކުރި “ކްރިސްޓަލް ސްޕީޑް” ކިޔާ ފެރީ ލޯންޗުގައި ބެޓެރިއެއް ގޮވައި 6 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. ”ފެރީ ލޯންޗުގައި ބެޓެރިއެއް ގޮވުމުގެ ސަބަބުން އަނިޔާ ލިބުނު 6 މީހަކަށް އެހީތެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަނީ” އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާ ހިނގި ފެރީ ލޯންޗަކީ 39 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެކެވެ. މިހާދިސާ ހިނގިއި...
ޔުމްނާ ޢަލީ
ދުނިޔޭގެ ނިސްބަތުން މިހާތަނަށް ހޫނުމިން އެންމެ ގަދަވީ މިދިޔަ ހޯމަ ދުވަހު ކަމަށް އެމެރިކާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. އެމެރިކާގެ ނޭޝަނަލް ސެންޓާސް ފޯ އެންވަޔަރްމެންޓަލް ޕްރެޑިކްޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކުރިން ދުނިޔޭގެ ހޫނުމިން އެންމެ މައްޗަށް ދިޔައީ، އޮގަސްޓް 2016 ގަ އެވެ. އޭރު ހޫނުމިނެއްގެ ގޮތުގައި ރެކޯޑްކުރެވިފައި ވަނީ 16.92 ޑިގްރީ ސެލްސިއަސްގަ އެވެ. މިދިޔަ ހޯމަ ދުވަހު ހޫނުމިން ހުރީ 17.01 ޑިގްރީ ސެލްސިއަސްގަ އެވެ. އެ ދުވަހަކީ ދުނިޔޭގެ ހުރިހާ […]
ހުސައިން ހަބީބް
ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ނެޓް ޒީރޯ ސިޔާސަތު ތަންފީޒު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ތައުރީފު ކުރައްވައިފިއެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަރިހުގައި އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ސައީދު ވަނީ ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކު...
އަޙްމަދު ވަހީދު
ހދ. ކުމުންދޫއަށް ހިލަ ހިފައިގެން ދިޔަ ބާޖެއް އެ ރަށު ނެރުމައްޗަށް އުރިއްޖެ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ)ގެ އެ ބާޖު ކުމުންދޫ ބަނދަރު ކަނޑިންމަ މައްޗައް އުރުނީ އިއްޔެ ހަވީރު އެވެ. ކުމުންދޫގައި އަލަށް ހަދާ ނެރަށް ބޭނުންވާ ހިލަ ހިފައިގެން ދިޔަ އެބާޖު އުރިފައިވަނީ، ނެރުގެ އެއްފަޅިއެއްގައެވެ. ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. މި ހާދިސާ ހިނގީ މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން […]
އަލީ އާދިލް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ވެރިކަމެއްގައި ގެންގުޅޭނީ އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި ހުރިހާ ސަރަހައްދަކުން ގޯތި ދެވޭނެ ފަދަ ސިޔާސަތެއް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކަމުގައި ވެސް ހުންނެވި ނާޒިމް މިހެން ވިދާޅުވީ ރޭ “ސަންގު ޓީވީ” އިން ގެނެސްދިން ހަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ، މާލޭ މީހުންނަށް ބޯހިޔާވަހިކަން ދިނުމަކީ އަސާސީ ހައްގެއް […...
ޔުމްނާ ޢަލީ
ޖޫން މަހުގެ ނިޔަލަށް ލިވަޕޫލާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އެ ކުލަބް ދޫކޮށް، ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ ސައުދީ ލީގުގެ އަލް-އަހްލީއާއި ގުޅިއްޖެއެވެ. އުމުރުން 31 އަހަރުގެ ފިރްމީނޯ އަލް-އަހްލީއާއި ގުޅިފައި މިވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުން ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ފިރްމީނޯ ލިވަޕޫލާއި ގުޅިފައި ވަނީ 2015 ވަނަ އަހަރު ޖަރުމަނު ލީގުގެ ޓީމެއް ކަމަށްވާ ހޮފެންހެއިމުންނެވެ. ލިވަޕޫލާއިއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ފިރްމީނޯ ވަނީ، ލިވަޕޫލަށް ކުޅެދިން 362 މެޗުގައި 11...
އިބްރާހިމް ޚަލީލް
ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފަށާފައިވާ ކޭ ޕާކު ފްލެޓުތައް ވިއްކުމުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކޮށް ތަހުގީގުކުރަމުންދާ ޙަސަން މަމްދޫހް (މަންޑޭ) ހައްޔަރުކުރަން ކޯޓުން އަމުރު ނެރެފި އެވެ. މި މައްސަލާގައި ހިފައްޓާފައި އޮތް މަންޑޭގެ ޕާސްޕޯޓު 45 ދުވަހުގެ މުއްދަތަށް ދޫކޮށްލަން ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ. އެއާއެކު ފުލުހުން ވަނީ އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައިކަމަށް މައުލޫމާތު ލިބެއެވެ. މަންޑޭ ހައްޔަރުކުރަން...
ޔުމްނާ ޢަލީ
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުގެ ސަމާލުގެ މެސެޖުގައި ބުނެފައިވާ ގޮތުން ސަމާލުގެ ވަގުތުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ގަޑިއަކު 25 […]
ޙުސައިން ޝަހުދީ
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. ހޯމް މިނިސްޓްރީން މިކަމަށް ހުޅުވައިލީ، އެ ކައުންސިލުގެ މެމްބަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝާފިއުގެ މެމްބަރުކަމުގެ ދައުރު މިއަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހަށް ހަމާވާތީއެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރައްވާފައިވާ އިއުލާނުގައި ވިދާޅުވެފައިވަނީ ގާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ކައުންސިލުގެ މީޑިއާގެ މެމްބަރެއްގެ މަގާމު 10 ސެޕްޓެމ...
މުޙައްމަދު އަފްރާޙް
ހުޅުމާލެ ބްރިޖު ހައިވޭ އިން ވިއްސައިގެން ދިޔައީ ހަރުނުކުރާ ޕެނަލްތަކެއް ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާ އިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާ އިން މިހެން ވިދާޅުވީ ސިނަމާލެ ބްރިޖް ހައިވޭގައި ޖަހާފައިވާ ސޯލާޕެނަލްތައް ވަޔާ ދާ ކަމަށާއި މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ނުދީފިނަމަ ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއްކަމުގައި ވިދާޅުވެ، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޓްވީޓު ކުރެއްވުމާއި ގުޅިގެންނެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާ އިން ވިދާޅުވީ ބްރިޖް ހައިވޭގައި […]
މުޙައްމަދު އަފްރާޙް
ކުރީގެ އަދާއިގުޅޭ، ” އަހަރެން މި އާއިލާއަށް އެހީވެދޭން ބުނީ މިކަމަކަށް އެދިއެއް ނޫނޭ! އެއީ އަހަރެން އިންސާނިއްޔަތަށް ކޮށްދޭ ކަމެއް! އަހަރެން ދެކެ ރުޅި ނާންނައްޗޭ ޔަޝްމީ! އަހަންނަށް އެނގެޔޭ ޔަޝްމީއާ އަހަރެންގެ އުމުރު ވަރަށް ވަރަށް ތަފާތުކަން! އެކަމަކުވެސް އަހަރެންގެ ހިތަކަށް ބާރެއް ނުފޯރުވުނު..” ހާރޫންގެ ވާހަކަ އެހިސާބަށް ދިޔުމާއިއެކު ޔަޝްމީ ފަހަތަށް ޖެހެމުން ގޮސް ބޭރަށް ދުއްވައިގަތެވެ. ހާރޫނަށް ހުރެވުނީ ކަންބޮޑުވެފައި އެދިމާލަށް ބަލާށެވެ. ލޯމަތިން ޔަޝްމީ ގެއްލުމާއިއެކު އޭނާވެސް އަވަސް އަވަހަށް [...
ސަލާމާ ޢަބްދުލް ޢަލީމް
މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ. ވިލާ ގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ފ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިރޭ ދަންވަރު 02:45 އިން ފެށިގެން ފަތިހު 06:45 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ […]
އިބްރާހިމް އަސްވާޤް