ދަތުރުކުރަމުން ދިޔަ ލޯންޗެއްގައި ބެޓެރިއެއް ގޮވައި 6 މީހަކަށް އަނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ރ. އަތޮޅު އުނގޫފާރުން މާލެއަށް ދަތުރުކުރި "ކްރިސްޓަލް ސްޕީޑް" ކިޔާ ފެރީ ލޯންޗުގައި ބެޓެރިއެއް ގޮވައި 6 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
''ފެރީ ލޯންޗުގައި ބެޓެރިއެއް ގޮވުމުގެ ސަބަބުން އަނިޔާ ލިބުނު 6 މީހަކަށް އެހީތެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަނީ'' އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާ ހިނގި ފެރީ ލޯންޗަކީ 39 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެކެވެ.
މިހާދިސާ ހިނގިއިރު އެ ލޯންޗު ދަތުރު ކުރަމުން ދިޔައީ އެރިއަދޫ ރިސޯޓާ ހިސާބުންނެވެ.
އެމްއެންޑީއެފުން ވިދާޅުވިގޮތުގައި މިހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިއަދު ހަވީރު 16:00 ހާއިރުއެވެ.
މި ހާދިސާގައި އަނިޔާ ލިބުނު މީހުންނަށް އެރިއަދޫ ރިސޯޓްގެ ކްލިނިކްގައި ފަރުވާ ދިނުމަށްފަހު، އެމްއެންޑީއެފް ހާބަރ ކްރާފްޓް ލޯންޗުގައި ވަނީ މާލެ ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!