މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,471 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 999 ވަނަ ޞަފްޙާ

ފުރަތަމަ ކީމޯ ސެޝަން ކާމިޔާބުކަމާއެކު ނިންމާލައި، ކޭއާރުއެޗްގެ ހިދުމަތްތަކަށް އިތުރު ބޮޅެއް

ފުރަތަމަ ކީމޯ ސެޝަން ކާމިޔާބުކަމާއެކު ނިންމާލައި، ކޭއާރުއެޗްގެ ހިދުމަތްތަކަށް އިތުރު ބޮޅެއް

ކެންސަރު ބަލި ތަހައްމަލު ކުރަމުން އަންނަ ފަރާތްތަކަށް ދެވޭ ހާއްސަ ފަރުވާއެއް ކަމަށްވާ ކިމޯ ތެރަޕީ ގެ ހިދުމަތް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ރަސްމީކޮށް ފަށައިފިއެވެ. މިގޮތުން މި ސަރަހައްދުގެ ރަށަކަށް ނިސްބަތްވާ ފަރާތަކަށް އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ވަނީ ފަރުވާދެވިފައެވެ. ކިމޯ ތެރަޕީ ހިދުމަތް ދެވޭނެ ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް އެ ހޮސްޕިޓަލުގެ ގާއިމްކުރެވުނު ކިމޯ ތެރަޕީ ޔުނިޓު ތަރައްގީ ކުރެވިފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ފަންނީ ތަޖުރިބާކާރުންގެ ލަފަޔާއެ...

މުޙައްމަދު އަފްރާޙް
ސިޔާސީ ޕާޓީގެ ދަފްތަރުގައި އެންމެ ގިނަ މެންބަރުން އެމްޑީޕީ، ޕީޕީއެމް އަދި ޖޭޕީ ގައި

ސިޔާސީ ޕާޓީގެ ދަފްތަރުގައި އެންމެ ގިނަ މެންބަރުން އެމްޑީޕީ، ޕީޕީއެމް އަދި ޖޭޕީ ގައި

ޖޫން މަހުގެ ނިޔަލަށް ސިޔާސީ ޕާޓީގެ ދަފްތަރުގައި އެންމެ ގިނަ މީހުން ތިބީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. އެ ކޮމިޝަނުން ހާމަކުރި ތަފާސް ހޮސާބަށް ބަލާއިރު، އެމްޑީޕީގައި 58،035 މެންބަރުން އެބަތިއްބެވެ. ދެވަނަ އަށް މެންބަރުން އެންމެގިނަ ޕާޓީގެ ގޮތުގައި ޕޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އޮތީ 38،831 މެންބަރުންނާއެކުގައެވެ. އަދި ތިންވަނަ އަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮތީ 22،705 މެންބަރުންނާއެކުގައެވެ. […]

މުޙައްމަދު އަފްރާޙް
ޕާސްޕޯޓަށް އެދުމުގައި ގިނަ ލުއިތަކެއް، މާދަމާއިން ފެށިގެން ހިދުމަތްދޭ ވަގުތުވެސް އިތުރުވާނެ

ޕާސްޕޯޓަށް އެދުމުގައި ގިނަ ލުއިތަކެއް، މާދަމާއިން ފެށިގެން ހިދުމަތްދޭ ވަގުތުވެސް އިތުރުވާނެ

ޕާސްޕޯޓަށް އެދުމުގައި ލުއިތަކެއް ދީ، އެ ހިދުމަތްދޭ ވަގުތުތައް މާދަމާއިން ފެށިގެން އިތުރުކުރަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ. އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ވިދާޅުވީ ޕާސްޕޯޓުގެ ހިދުމަތަށް އެދުމުގައި އެ އިދާރާގެ އަމާޒަކީ އަބަދުވެސް އާއްމުންނަށް ލުއިފަސޭހަކަމާއެކު، ހިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. އެގޮތުން، މައިގަނޑު ހަތަރު ބަދަލެއް ގެނެސް، ޕާސްޕޯޓުގެ ހިދުމަތް ދިނުން ރޭގަނޑު 9:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މ...

އަޙްމަދު ވަހީދު
ހޯރަފުށީ ޖީއެސް ވޮލީބޯޅަ މުބާރާތް ޑިސެމްބަރު 20 ގައި ފަށަނީ

ހޯރަފުށީ ޖީއެސް ވޮލީބޯޅަ މުބާރާތް ޑިސެމްބަރު 20 ގައި ފަށަނީ

ހއ.ހޯރަފުށީ ކުލަބް ޖީއެސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ޖީއެސް ވޮލީބޯލް ޓޯނަމެންޓް 2023” މި އަހަރުގެ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހު ފަށަން އެ ކުލަބުން ތާވަލު ކޮށްފިއެވެ. މި މުބާރާތަކީ ހޯރަފުށީގެ ކުލަބް ޖަމްޢިއްޔާތަކަށާއި ސަރުކާރު އޮފީތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި، އަމިއްލަ ކުންފުނިތަކަށާއި، ވިޔަފާރިތަކަށް ހުޅުވާލައިގެން ހޯރަފުށީ ކުލަބް ޖީއެސްގެ ފަރާތުން ކުރިއަށް ގެންދާ މުބާރާތެކެވެ. ސެޕްޓެމްބަރ މަހުގެ ތިންވަނަ ދުވަހު މި މުބާރާތުގައި ޓީމް ރަޖިސްޓަރީ ކުރުމަށް ހުޅު...

އިބްރާހިމް ޚަލީލް
ބީއެމްއެލް އިން ޓީޓީ ޕްރޮސެސްކޮށްދޭ ވަގުތު އިތުރުކޮށްފި

ބީއެމްއެލް އިން ޓީޓީ ޕްރޮސެސްކޮށްދޭ ވަގުތު އިތުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ބޭރަށް ފޮނުވާ ފައިސާ (ޓީޓީ) ޕްރޮސެސްކުރާ ވަގުތު އިތުރުކޮށްފިއެވެ. ބީއެމްއެލުން މިއަދު ބުނީ އެ ބޭންކު މެދުވެރިކޮށް ފައިސާގެ ބައިނަލްއަގުވާމީ މުއާމަލާތްތައް ކުރާ ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބީއެމްއެލް މެދުވެރިކޮށް ހަދާ ޓީޓީ ޕްރޮސެސް ކުރާ ވަގުތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. މި ބަދަލާއެކު މިހާރު ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހަޅާ ޓީޓީ އެޕްލިކޭޝަންތަ...

އަޙްމަދު ވަހީދު
ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އާއި އެންއައިސީޔޫ ތަރައްގީކުރަން އެސްޓީއޯއަށް

ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އާއި އެންއައިސީޔޫ ތަރައްގީކުރަން އެސްޓީއޯއަށް

ހުޅުމާލޭ ހޮސްޕިޓަލުގެ އައިސީޔޫއާއި އެންއައިސީޔޫ ތަރައްގީކުރުމަށް އެސްޓީއޯއިން އެ ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު މެންދުރުފަހު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ސައީދެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ، މާރިޔާ ސައީދެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާއެކު، ހުޅުމާލޭ ހޮސްޕިޓަލުން ޚިދުމަތް ހޯދާ އަދަދު...

އަޙްމަދު ވަހީދު
ކުޅުދުއްފުށީ އެއަރޕޯޓަށް އުދައަރައި ގެއްލުންތަކެއްވެއްޖެ

ކުޅުދުއްފުށީ އެއަރޕޯޓަށް އުދައަރައި ގެއްލުންތަކެއްވެއްޖެ

ހދ. ކުޅުދުއްފުށި ސިޓީގެ އެއަރޕޯޓަށް އުދައަރައި ގެއްލުންތަކެއްވެއްޖެ އެވެ. ކުޅުދުއްފުށި މޭޔަރު މުޙައްމަދު އާތިފް ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައިގައި އެއަރޕޯޓް ރަންވޭއަށް ވަރަށްބޮޑަށް އުދަ އަރަށް ގެއްލުންތަކެއް ވެފައިވާކަމަށެވެ. އެގޮތުން އެއަރޕޯޓުގެ ރަންވޭ ފެންސް ވެއްޓިފައިވާކަމަށާއި މިހާރު ފެންސު ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޭޔަރު ވިދާޅުވިއެވެ. ވިއްސާރައިގެ ސަބަބުން އެއަރޕޯޓުގެ އޮޕަރޭޝަންއަށް ވަނީ ބުރޫއަރާފައެވެ. ބައެއް ފުލައިޓުތައް ޑިލޭވެފައިވާއިރު މިހާރު އަލުން އޮޕަރޭޝަން ފ...

އަލީ އާދިލް
ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގައި މިސަރުކާރު މިއޮތީ މުޅިންއެހެން ލެވަލްއެއްގައި: މަޙްލޫފް

ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގައި މިސަރުކާރު މިއޮތީ މުޅިންއެހެން ލެވަލްއެއްގައި: މަޙްލޫފް

ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގައި މިސަރުކާރު މިއޮތީ މުޅިންއެހެން ލެވަލްއެއްގައިކަމަށް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ، މީސްމީޑިޔާގައި މިއަދު ހިއްސާކުރެއްވި މެސެޖެއްގައެވެ. އެމެސެޖުގައި ވިދާޅުވެފައިވަނީ، އިންޑިއާގެ އެލްއޯސީގެ ދަށުން ގާއިމްކުރާ ގަލޮޅު ދަނޑު، 4 ސިންތެޓިކް ޓްރެކް (ތިނަދޫ، ފުވައްމުލައް، ހިތަދޫ އަދި ކުޅުދުއްފުށި) ، 3 ކޯޓުގެ ވޮލީބޯލް އިންޑޯ، 3 ކޯޓުގެ ނޭޝަނަލް ބާސްކެޓްބޯލް އެރީނާ އަދި ނ...

އަލީ އާދިލް
އެކްސިޑެންޓްގައި އަނިޔާވި ހަފީޒް އިތުރު ފަރުވާއަށް ބޭރަށް ފުރުވާލައިފި

އެކްސިޑެންޓްގައި އަނިޔާވި ހަފީޒް އިތުރު ފަރުވާއަށް ބޭރަށް ފުރުވާލައިފި

ބޮޑު ޢީދު ވިލޭރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާވެފައިވާ ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒް އިތުރު ފަރުވާއަށް ބޭރަށް ގެންގޮސްފި އެވެ. ބޮޑު ޢީދު ވިލޭރޭ ފަތިސް ނަމާދަށްފަހު، މަޖީދީމަގު ރެޑްވޭވް ހިސާބުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލަކުން ހަފީޒުގެ ގައިގާޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެ، ހަފީޒަށް ފަރުވާދެމުން އައީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ބާއްވައިގެންނެވެ. އޭނާގެ ހާލު ދެރަކަމުން ކޮމާޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭ...

ޔުމްނާ ޢަލީ
"ބިންވެރިޔާ" ސްކީމުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް މިހައިތަނަށް 600 ޝަކުވާ!

"ބިންވެރިޔާ" ސްކީމުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް މިހައިތަނަށް 600 ޝަކުވާ!

“ބިންވެރިޔާ” ސްކީމުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވައިލުމުން މިހައިތަނަށް 600 ޝަކުވާ ހުށަހަޅާފައިވާ ކަމަށް ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަސައްކަތްތަކަށް ސަރުކާރުން އެކުލަވާލައްވާފައިވާ ކޮމިޓީ އިން ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި މައުލޫމާތު ހިއްސާކުރައްވަމުން އެ ކޮމެޓީގެ ފަރާތުން ފިނޭންސްގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް އަނަސް ޢަބްދުއްސައްތާރު ވިދާޅުވީ މިހައިތަނަށް ހުށައަޅާފައިވާ ޝަކުވާތަކުގައި ވަގުތީ ލިސްޓަށް ބަދަލު އަންނަށް ފަދަ...

މުޙައްމަދު އަފްރާޙް
ރަޝިއާއިން އެތެރެކުރާ ތެލަށް އިންޑިއާއިން ފައިސާ ދައްކަނީ ޗައިނީޒް ޔުއާން

ރަޝިއާއިން އެތެރެކުރާ ތެލަށް އިންޑިއާއިން ފައިސާ ދައްކަނީ ޗައިނީޒް ޔުއާން

ރަޝިއާއިން އިންޑިއާއަށް އެތެރެކުރާ ތެލަށް ޗައިނީސް ޔުއާން އިން ފައިސާ ދައްކަން ފަށައިފި އެވެ. އިންޑިއާއަކީ ރަޝިއާ އަތުން އެންމެ ގިނައިން ތެޔޮ ގަންނަ އެއް ގައުމެވެ. އެ ގައުމުން ޗައިނީޒް ޔުއާން އިން ރަޝިއާއަށް ފައިސާ ދައްކަން ފެށީ އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅުތަކާ ހެދި އެމެރިކާ ޑޮލަރުން މުއާމަލާތް ކުރުން ރަޝިއާއަށް ދަތިވެފައިވާތީ އެވެ. “ބައެއް ރިފައިނަރުން ޔުއާން ފަދަ އެހެން ފައިސާތަކުން ފައިސާ ދައްކަނީ ބޭންކުތައް މެދުވެރިކޮށް ވިޔަފާރި ހަމަޖައްސަން،” އިންޑިއާ ސަރުކާރުގެ […]

ހުސައިން ހަބީބް
ނަޝީދު މާދަމާ ރޭ "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރައްވަނީ؟

ނަޝީދު މާދަމާ ރޭ "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރައްވަނީ؟

”ދަ ޑިމޮކްރެޓްސް” އުފެއްދުމަށް ބާއްވާ ޖަލްސާގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީއަށް ސޮއި ކުރައްވާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. އިތުބާރު ހުރި މަސްދަރަކުން ‘ތިލަދުން’ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމުގެ މަޝްވަރާތައް މިހާރުއަންނަނީ ކުރަމުންނެވެ. އަދި މިވަގުތާއި ހަމައަށް އޮތީ މާދަމާރޭގެ ޖަލްސާގައި ނަޝީދު، ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާގޮތަށް ކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް އެ ޕާޓީން އެކަން ރަސްމީކޮށް އަދިހާމަނުކުރާއިރު، އެ ޕާ...

މުޙައްމަދު އަފްރާޙް
ފޯނު ހުޅުވަން ދެކޮޅު ހެދުމުން ކުށްވެރިވެ, ގޭ ބަންދާއި ޖޫރިމަނާކޮށްފި

ފޯނު ހުޅުވަން ދެކޮޅު ހެދުމުން ކުށްވެރިވެ, ގޭ ބަންދާއި ޖޫރިމަނާކޮށްފި

ރާއްޖެއަށް އެތެރެކުރި 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގެ ތަހުގީގުގައި ފޯނު ހުޅުވަން އެންގުމުން އެކަމަށް އިންކާރުކުރި މައްސަލާގައި ދެ މީހަކު ކުށްވެރިވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. 2020 ވަނަ އަހަރުގެ މާޗް މަހު މަސް ދޯންޏެއްގައި ރާއްޖެ އެތެރެކުރި 61 ކިލޯ ޑްރަގް މައްސަލާގެ ތަހުގީގުގައި ފޯނު ހުޅުވަން ދެކޮޅު ހެދީ މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރި މ. ބޮއިލިންފިޝް އަހުމަދު ވިސާމާއި މ. ވިރާހް މުހައްމަދު ޝާމިންގެ […]

ހުސައިން ހަބީބް
ފަލަ ސުރުޙީތައް އަޅައިގެންވެސް ނުފެށުނު "ނާގޯށި، އަންނަ އަހަރު ރިސޯޓު އެންޑް ސްޕާ"

ފަލަ ސުރުޙީތައް އަޅައިގެންވެސް ނުފެށުނު "ނާގޯށި، އަންނަ އަހަރު ރިސޯޓު އެންޑް ސްޕާ"

ހދ. ނާގޯށި ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް 2006 ވަނަ އަހަރު ސެޕްޓެމްބަރ މަހު 17 ވަނަ ދުވަހު ދޫކޮށްފައިވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށެވެ. 2007 ވަނަ އަަހަރުގެ ޑިސެމްބަރ މަހު ތެރޭގައި ނާގޯށި ތަރައްގީ ކުރުމަށް އެމްޓީޑީސީ އިން ތްރީކޭ އިންޓަނޭޝަނަލް ކުންފުންޏާ ހަވާލުކުރި އެވެ. މަަސައްކަތް ފެށޭވަރުވީ 2009 ވަަނަ އަހަރުގެ ތެރޭގައެވެ. ކާލްސަން ހޮޓެލްސް، ރެޑިސަން ބްރޭންޑްގެ ރިޒޯޓެއްގެ ގޮތުގައި ހުޅުވުމަށް ވަރަށް ބާރަށް މަސައްކަތްކުރަމުންގޮސް މަސައްކަތް މެދުކެނޑުނެވެ...

ޙުސައިން ޘަޤީފް
ސިލްސިލާ ވާހަކަ: ޝިކާޔަތު (11)

ސިލްސިލާ ވާހަކަ: ޝިކާޔަތު (11)

ކުރީގެ އަދަދާއިގުޅޭ، ” ގެއަށް އެބަ އާދޭ މިހާރު… ދެން ކިޔައިދީބަލަ” ހާސްވެފައި ފާއިޒާ އެހިއެވެ. އޭރުވެސް ޝާކިރު އޮތީ ނިތްމަތީގައި އަތް ބާއްވާލައިގެން ވާހަކަ ދައްކަން އުނދަގޫވެފައެވެ. އެހެންކަމުން ޖާވިދް އަންނަންދެން ފާއިޒާވެސް މަޑުކޮށްލިއެވެ. ” ބައްޕާ! ކިހިނެއްވިއްޔޭ!” މާދުރުން އިވުނު ޖާވިދްގެ އަޑަށް ޝާކިރު ފުންމައިގެން ތެދުވިއެވެ. އޭރު އޭނާއަށް ރޮވެން ފަށައިފިއެވެ. ” ބައްޕަ ފުރަތަމަ ހަމަޖެހިލަބަލަ! ކަންބޮޑު ނުވޭ! ވީ ގޮތް ސާފުކޮށް އަހަންނަށް ކިޔައިދީބަލަ! ” ޝާކިރުގެ ގައިގައި ހިފަހައްޓައިގެން […]

ސަލާމާ ޢަބްދުލް ޢަލީމް
ބާރަށް ''އިންޑިޔާ އައުޓް'' ގޮވަންޖެހޭ، އެހެން ގޮވުން ނުހުއްޓުވޭނެ: މުހައްމަދު

ބާރަށް ''އިންޑިޔާ އައުޓް'' ގޮވަންޖެހޭ، އެހެން ގޮވުން ނުހުއްޓުވޭނެ: މުހައްމަދު

ގައުމުގެ ކުރިމަގާމެދު ވިސްނާ ކޮންމެ ދިވެއްސަކުވެސް ސުލްހަވެރިކަމާއެކު ބާރަށް ”އިންޑިއާ އައުޓް” ގޮވަންޖެހޭ ކަމަށާއި، އެހެން ގޮވުން ހުއްޓުވޭނެ ގޮތެއް ނޯންނާނެކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ހަރަކާތު ކޮމެޓީގެ ޗެއާ، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ. ”އިންޑިއާ އައުޓް” ހަރަކާތަކީ އަވަށްޓެރި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ ހިންގާ ހަރަކާތެކެވެ. އެހަރަކާތުގެ ކުލަ ފަނޑުވެފައިވީ ނަމަވެސް...

ޔުމްނާ ޢަލީ
ހައްޖުގެ އަޅުކަމަށްފަހު ނައިބު ރައީސް މާލެ ވަޑައިގެންފި

ހައްޖުގެ އަޅުކަމަށްފަހު ނައިބު ރައީސް މާލެ ވަޑައިގެންފި

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް މާލެ ވަޑައިގެންފިއެވެ. މިއަހަރުގެ އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގެންނެވި ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު، ނައިބު ރައީސް މާލެ ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުން ރާއްޖެ އަންނަންފަށާނީ މި ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ހަ ފްލައިޓެއްގައެވެ. އެގޮތުން ފުރ...

މުޙައްމަދު އަފްރާޙް
ދާރުލް އާސާރުގެ ސެކިއުރިޓީ ގާޑު ދިދަ ތިރިކުރަން އުޅެނިކޮށް ވެއްޓި ޒަޚަމްވެއްޖެ

ދާރުލް އާސާރުގެ ސެކިއުރިޓީ ގާޑު ދިދަ ތިރިކުރަން އުޅެނިކޮށް ވެއްޓި ޒަޚަމްވެއްޖެ

ގައުމީ ދާރުލް އާސާރުގެ ސެކިއުރިޓީ ގާޑު ވެއްޓި އަނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ނެޝަނަލް މިއުޒިއަމްގެ ސެކިއުރިޓީ ގާޑަށް އަނިޔާވެފައިވަނީ އިއްޔެ ހަވީރު 6 ޖަހާކަންހާއިރު ކަމަށާއި އެއީ އެ މިއުޒިއަމްގެ ދިދަ ތިރިކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އޭނާ ވެއްޓި ޒަހަމް ވެފައިވާ ކަމަށެވެ. އޭނާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށާއި އެއީ ބިދޭސީ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ހާމައެއް […]

މުޙައްމަދު އަފްރާޙް