މުއިއްޒުގެ ވެރިކަމެއްގައި ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ހިމަނަނީ
ގައުމިއްޔަތާއި، އަޚުލާގާއި، ތަރުބިއްޔަތު ދަސްކޮށްދިނުމަށް ވަކި މާއްދާއެއްގެ ގޮތުގައި މަންހަޖުގައި ހިމަނާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހުޅުމާލެގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ތުއްތު ދަރީންގެ ހިތުގައި ގައުމީ ލޯބި އުފައްދަން ޖެހޭ ކަމަށާއި، ގައުމަށް ހަމަ ޖެހުން ގެނެވޭނީ މީހުންގެ ވިސްނުން ތަރައްގީ ކޮށްގެން ކަމަށެވެ. އަދި ގައުމިއްޔަތު މާއްދާއެއް ގޮތަށް މަންހަޖުގައި ހިމަނައިގެން ކުދިންނަށް ތަރުބިއްޔަތާއި އަޚުލާގު ދަސްކޮށްދޭނެ ކ...