ކްރިސްޓަލް ޕެލަސް ބަލިކޮށް ޔުނައިޓެޑް ލީގު ކަޕްގެ ހަތަރުވަނަ ބުރަށް
އިނގިރޭސި ލީގް ކަޕް ތިންވަނަ ބުރުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. އަނިޔާއިން ސަލާމަތްވެ ދާދި ފަހުން ކްލަބްގެ ތަމްރީންތަކުގައި ބައިވެރިވާންފެށި މޭސަން މައުންޓާއި، ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޔުނައިޓެޑާއި ގުޅުނު ސޮފިޔާން އަމްރަބަތު މި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން...