އިސްލާމްދީނަކީ އިންސާނިއްޔަތުކަމުން ފުރިގެންވާ ދުނިޔޭގެ އެންމެ މަތިވެރި ދީން: ކަރްނާޓަކާގެ މިނިސްޓަރު
އިސްލާމްދީނަކީ ދުނިޔޭގައިވާ އެންމެ މަތިވެރި އަދި ސައިންޓިފިކް ދީން ކަމަށް އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ބަސަވަރާޖް ރާޔަރެއްޑީ ވިދާޅުވެއްޖެއެވެ. ކޮއްޕަލް ޑިސްޓްރިކްޓްގެ ކުކްނޫރުގައި މުސްލިމް މުޖުތަމައުން އިންތިޒާމުކޮށްގެން ބޭއްވި އެއްފަހަރާ ގިނަ ބަޔަކު ކައިވެނިކުރުމުގެ ހަފްލާއެއްގައި ވާހަކަދައްކަވަމުން އިންޑިއާގެ ކޮންގްރެސް ޕާޓީ އަށް ނިސްބަތްވާ މިނިސްޓަރު ވިދާޅުވީ، އިސްލާމްދީނަކީ އިންސާނިއްޔަތުކަމުން ފުރިގެންވާ، އަދި މުޖުތަމައުގައި މީހުން ދިރިއުޅެންވީ ގޮތް އުނގަންނަ...