ޔާމީން މިނިވަން ކުރަން މަގުމަތީ އުޅުނީ މުޢިއްޒު ހިމެނޭހެން ލީޑާޝިޕާއެކު މަދު ކަނބަލުންކޮޅެއް، އޮޅުވައެއް ނުލެވޭނެ: މުހައްމަދު
ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް މިނިވަންކުރުމަށް ގޮވާލައި، ފަސް އަހަރުވަންދެން މަގުމަތީ މަސައްކަތްކުރީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހިމެނޭހެން މަދު ކަނބަލުންކޮޅެއް ކަމަށާއި، އެކަން އޮޅުވައިނުލެވޭނެ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ. މުހައްމަދު މިހެން ވިދާޅުވީ، އެދުވަސްވަރުގެ ފޮޓޯތަކަކާއެކު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. މުހައްމަދަކީ އޭރުގެ އިދިކޮޅުން މަގުމަތީ ހިންގ...