އަމީނަށް ދެ މިލިއަންގެ ބަދަލެއް ދިނުމަށްފަހު މޯލްޑިވިއަންއިން މައްސަލަ އަނބުރާ ގެންގޮސްފި
އައިލެންޑް އޭވިއޭޝަންގެ ވަޒީފާ އިން ވަކިކުރި މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް 2.2 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށްފަހު މޯލްޑިވިއަން ކުންފުނިން މައްސަލަ އަނބުރާ ގެންގޮސްފި އެވެ. ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންގެ މަގާމުން 2019 ވަނަ އަހަރު އަމީން ވަކިކުރި މައްސަލާގައި އޭނާއަށް ވަޒީފާ އަނބުރާ ދޭން ސިވިލް ކޯޓުން ނިންމި މައްސަލަ މޯލްޑިވިއަން ކުންފުނިން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ނަމަވެސް މޯލްޑިވިއަން ކުންފުނިން ވަނީ 2.2 މިލިއަން ރުފިޔާ އަމީނަށް […]