އެމްޑީޕީއަށް ދެން އޮތް ކަމަކީ ޤައުމަށް ހޯދައިދެވުނު ކާމިޔާބީތައް ދަމަހަށްޓަން މަސައްކަތްކުރުން: ފަޔާ
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ދެން ކުރިއަށް އޮތް މަސައްކަތަކީ އެ ޕާޓީން ގައުމަށްޓަކައި ކުރި މަސައްކަތް ދަމަހައްޓާ ނެގެހެއްޓުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލް (ފަޔާ) ވިދާޅުވެއްޖެއެވެ. ފަޔާ މިހެން ވިދާޅުވީ ރޭ އއ. އުކުޅަހުގައި ކުރިއަށް ގެންދިޔަ އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ފަޔާ ވިދާޅުވިގޮތުގައި، އެމްޑީޕީން އިސްވެކުރި މަސައްކަތުން އެމްޑީޕީގެ ސަރަކާއެކު ރާއްޖޭގައި ދިވެހިން ޤަބޫލުކުރާ ޑިމޮކްރަޓިކް ނ...