މި ހިނގާ ނޮވެމްބަރު މަހުގެ 22 ގެ ނިޔަލަށް ރާއްޖެ އަށް 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިއަދު ޢާންމު ކުރެއްވި ނޮވެމްބަރު މަހުގެ ފަތުރުވެރިކަމުގެ ތަފާސްހިސާބަށް ބަލާއިރު، މި މަހުގެ 22 ގެ ނިޔަލަށް ރާއްޖެ އަށް 1،640،826 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނަށް ބަލާއިރު 13 އިންސައްތަ ކުރިއެރުމެކެވެ.
ނޮވެމްބަރު 22 ގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިޔާއިން ނެވެ. އެ ގައުމުން އައިސްފައި ވަނީ 188،000 ފަތުރުވެރިންނެވެ. ރަޝިޔާ އަކީ މިދިޔަ އަހަރު މިހާތަނަށް އެންމެ ގިނައިން ދެވަނަ އަށް ރާއްޖެއަށް ފަތުރުވެރިން އައި ގައުމެވެ.
މި ތާރީޚާއި ހަމައަށް އެންމެ ގިނައިން ދެ ވަނަ އަށް ފަތުރުވެރިން އައީ މިދިޔަ އަހަރު އެއްވަނާގައި އޮތް އިންޑިއާ އިންނެވެ. އެ ގައުމުން ނޮވެމްބަރު 22 ގެ ނިޔަލަށް 177،393 ފަތުރުވެރިން އައިސްފައި ވެއެވެ.
މި ލިސްޓްގެ ތިން ވަނާގައި ޗައިނާ އޮތްއިރު، އެ ގައުމު މިދިޔަ އަހަރު އޮތީ 27 ވަނާގައެވެ.
ލިސްޓްގެ ހަތަރު ވަނާގައި އިނގިރޭސި ވިލާތް އޮތްއިރު، ފަސްވަނާ ގައި އޮތީ ޖަރުމަނު ވިލާތެވެ. ހަވަނާގައި އޮތީ އިޓަލީ ވިލާތެވެ.
ލިސްޓްގެ ހަތްވަނާގައި އޮތީ އެމެރިކާ އެވެ. އަށް ވަނަ އަށް ފްރާންސް އަންނައިރު، ނުވަ ވަނާގައި ސްޕޭން އަދި 10 ވަނާގައި އޮތީ ސްވިޒަލޭންޑް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!