މާވެޔޮ މިސްކިތް ކަންމަތީ މަގަށްވާ ގޮތަށް ބަހައްޓާފައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު ނެގުމުގެ މަސައްކަތް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ފައްޓަވައިފައެވެ.
ސްޓްލެކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަހުމީ އައްޔަން ކުރީ މިއަދުއެވެ. މިއީ އޭނާ އައްޔަން ކުރުމާއެކު ފެއްޓެވި ފުރަތަމަ މަސައްކަތެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި ޓްރާންސްފޯމަރު ހުރި ސަރަހައްދާއި އެ މަގު ބޭނުންކުރާ މީހުންނަށް އޭގެ ސަބަބުން ތަކުލީފަކަށް ވެފައިވާތީ، ފަހުމީވަނީ އެ ސަރަހައްދަށް ވަޑައިގެން އާންމުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ.
މި ޓްރާންސްފޯމަރަކީ މީގެ ހަ އަހަރު ކުރިން ބެހެއްޓި ޓްރާންސްފޯމަރެކެެވެ. މި ޓްރާންސްފޯމަރު ނެގުމުގެ އަމަލީ މަސައްކަތް މިއަދު ފަށައި މި އަހަރު ނިމުމުގެ ކުރިން އެކަން ނިންމާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ އަކީ 1998 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. އޭނާ އެ ކުންފުންޏާ ގުޅިވަޑައިގަތީ އެކައުންޓް އެސިސްޓެންޓް ޓްރެއިނީއެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!