ކުރީގެ ޢަދަދާއި ގުޅޭ: ” ދަރިފުޅު އެންމެ ރަނގަޅު ޒާރާ ބަލައި ދިޔަޔަސް.. އެކަމަކު އޭނަ މިގެއަށް އަންނަންވާނީ ހިތުން ރުހުމުން ސާފު ހިތަކައިގެން! ޖުމާ ގެންނަން ނަހަދާތި” ދެއަތް ފުރަގަހަށް ލައިގެން ހުރެ ނަޖީބު އޭނާގެ ނިންމުން އިއްވިއެވެ. ބަހެއް ބުނުމެއްނެތި މުއާޒް އިނީ ފުން ވިސްނުމެއްގައެވެ. ޒާރާއާމެދު މަންމައާއި ބައްޕަގެ ހިތުގައި އޮތް ޝަކުވާ އެނގުމުން މުއާޒް މުޅިން މާޔޫސް ވެއްޖެއެވެ. އޭރު އޭނާ އިނީ ވިސްނަންވީ ގޮތް އޮޅި، ހަދާނެ ގޮތެއް ނޭނގިފައެވެ. […]
ސަލާމާ ޢަބްދުލް ޢަލީމް
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިން ހިންގުމަށް ތާވަލު ކޮށްފައިވާ ޑައިވިންގ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ. މި ކޯހަކީ އެ އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ޒުވާނުންނަށް އަމާޒުކޮށްގެން އެ ކައުންސިލުން ހިންގަން ނިންމާފައިވާ ޕަޑީ ސެޓިފައިޑް ޑައިވިންގ ކޯހެކެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައި ވަނީ އެ އަތޮޅުގެ ރަށްތަކުގެ ރަށްވެހިންނަށް އެކަންޏެވެ. ކޯހުގެ ބައިވެރިން އަތުން...
އިބްރާހިމް ޚަލީލް
ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ. މިގޮތުން ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް، 30 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން، 14 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް މި ފުރުސަތު އީސީން ވަނީ ހުޅުވާލާފައެވެ. ވިހި ވަނަ މަޖިލީހަށް އިންތިޚާބު […]
ޔުމްނާ ޢަލީ
މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ބޭއްވި ޖަލްސާގައި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ދޭން ފެނޭތޯ ނެގި ވޯޓުގައި އެމްޑީޕީގެ ހަ މެމްބަރަކު ވިޕްލައިނާ ހިލާފުވެވަޑައިގެންފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރަކަށް ރުހުން ދީފައިވެއެވެ. ރުހުން ނުދިން ވަޒީރުން އަލުން ވަނީ އެ މަގާމަށް އައްޔަން ކުރައްވައިފައެވެ. […]
މުޙައްމަދު
ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ސައިޓުގައި މިހާރު ކުރިއަށްދަނީ ގްރޮއިންގެ ޕްރޮފައިލިންގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށ...
އަޙްމަދު ވަހީދު
ރައްޔިތުންގެ މަޖިލިހުން ފެނުނީ ޑިމޮކްރަސީއާ ބީރައްޓެހި މަންޒަރެއް ކަމަށާއި ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން މަޖިލިހުގެ ނިންމުން މުރާޖައާ ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ތިން ވަޒީރަކަށް ރުހުން ނުދިނުމަށް މަޖިލިހުން މިއަދު ވަނީ ފާސްކޮށްފައެވެ. ރުހުން ލިބިފައި ނުވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމަށާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަ...
މުޙައްމަދު
އެހެން ޕާޓީއަކާއި ގުޅުނުވާހަކަ ދޮގުކުރައްވައި، އޭނާ ދައުރު ނިމެންދެން ދެމިހުންނާނީ މަޖިލީހުގެ މެންބަރަކަށް އިންތިޚާބުވިއިރު ވެސް ހުންނެވި، އެމްޑީޕީގައި ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީ އަށް އޭނާ ސޮއިކޮށްފިކަމަށްބުނެ އެކްސްގައި ‘’ހަސަން ކުރުސީ’’ ކިޔާ މީހަކު ކުރި ޕޯސްޓެއް ދޮގުކުރައްވަމުންނެވެ. އެވާހަކަ ދޮގުކުރައްވައި ޝިފާޢު ވިދާޅުވީ، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާ އިންތިޚާބުވީ އެމްޑީޕީގެ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބަންޑާރަނައިބު އަހްމަދު އުޝާމް އަލުން ބަންޑާރަނައިބުކަމުގެ މަޤާމަށް މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ބަންޑާރަނައިބުކަމަށް އުޝާމް ޢައްޔަނުކުރައްވައި، ރައީސް މުޢިއްޒު ވަނީ އޭނާ އަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ. މީގެ އިތުރުން ބަންޑާރަނައިބު އުޝާމް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގައިވާގޮތުގެ މަތީން އެ ކޮމިޝަންގެ މެންބަރުކަމަށް ވެސް ޢައްޔަނުކުރައްވާފައެވެ. ބަންޑާަރަނައިބުކަމަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ނުދޭން ނިންމި ވަޒީރުންގެ ތެރޭގައި ހިމެނޭ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު އަލުން އެ މަގާމަށް މިއަދު ޢައްޔަނުކުރައްވައިފިއެވެ. ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ޑރ. ހައިދަރު އެ މަގާމަށް ޢައްޔަނުކުރައްވައި ރައީސް މުޢިއްޒު ވަނީ މަޤާމުގެ ފަތްކޮޅު އޭނާ އަށް އަރުވާފައެވެ. މިއަދު ރުހުން ނުދިން ވަޒީރުންގެ ތެރޭގައި ހިމެނޭ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަލުން ޢައްޔަނު ކުރައްވައިފިއެވެ. އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން އެ ވުޒާރާގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވާގޮތުގައި، އެ ވުޒާރާގެ ވަޒީރުކަމަށް ރައީސް މުޢިއްޒު ވަނީ ޝަހީމް ޢައްޔަނު ކުރައްވާފައެވެ. ޝަހީމް އަލުން އެމަގާމަށް ޢައްޔަނުކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުން މިއަދު ޝަހީމަށް ރުހުން ނުދިނުމުންނެވެ. ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ޝަ...
ޔުމްނާ ޢަލީ
ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކި މައްސަލައިގައި ތުހުމަތުކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ގެ އެޕާޓްމެންޓާއި މުދާތައް ފުލުހުން އަތުލިއިރު ދަރިފުޅުގެ ބުއްފުޅިއަށް ދާންދެން އަތުލާފައިވާ ކަމަށް އޭނާގެ ވަކީލް ހައި ކޯޓުގައި ވިދާޅުވެއްޖެ އެވެ. ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކޭ ޕާކްގެ ފްލެޓްތައް ތަރައްގީކުރާ ހަންބޯ ކުންފުންޏަށް ނޭނގި ގިނަ ބަޔަކަށް ފްލެޓް ވިއްކި ކަމުގެ ތުހުމަތުގައި، މަންޑޭ ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމެންޓާއި އަގުބޮޑު ތަކެތި ވެސް ކޯޓު އަމުރެއްގެ ދަށުން މިދިޔަ ނޮވެމްބަރު މަހު […...
ހުސައިން ހަބީބް
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަން އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ނިންމައިފިއެވެ. ރައީސްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް) އިން ފާސްކޮށްފައި ވަނީ އެ ގްރޫޕްގެ ހުރިހާ މެންބަރުންގެ އިއްތިފާޤުންކަމަށް މައުލޫމާތު ލިބެއެވެ. މިކަމާބެހޭ އެމްޑީޕީގެ ރަސްމީ ބަހެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީ މެންބަރަކު އެކަން ވަނީ ”ތިލަދުން” އަށް ޔަގީންކޮށްދީފައެވެ. އަދި އެ މައްސަލަ...
ޔުމްނާ ޢަލީ
އިތުރު އަށް ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މި ބޭފުޅުންނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާގައެވެ. މިގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވަޒީރު ތޯރިގު އިބްރާހިމް އަށް ރުހުން އޮތްކަމަށް ފާސްވީ 69 ވޯޓުންނެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު މުހަންމަދު އަމީނަށް ރުހުން އޮތްކަމަށް ފާސްވީ 67 ވޯޓުންނެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް […]
ޔުމްނާ ޢަލީ
ބަންޑާރަނައިބުގެ އިތުރުން ދެ ވަޒީރަކަށް ރުހުން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިގޮތަށް ފާސްކުރީ މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައެވެ. މިގޮތުން ބަންޑާރަނައިބު އަހްމަދު އުޝާމަށް ރުހުން ނެތްކަމަށް 4 މެންބަރަކު ވޯޓު ދެއްވިއިރު، ރުހުން އޮތްކަމަށް ވޯޓު ދެއްވީ 24 މެންބަރެކެވެ. މީގެ އިތުރުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސައީދު އަށް ރުހުން އޮތްކަމަށް 31 ވޯޓު ބޭނުންވާއިރު، ރުހުން އޮތްކަމަށް ވޯޓު ދެއްވީ 30 މެންބަރުންނެވެ. ދެކޮޅަށް […]
ޔުމްނާ ޢަލީ
އިތުރު އަށް ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މި ބޭފުޅުންނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައެވެ. މިގޮތުން މާލީ ވަޒީރު މުހަންމަދު ޝަފީގަށް ރުހުން އޮތްކަމަށް 70 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި ތައުލީމާބެހޭ ވަޒީރު އިސްމާޢީލް ޝަފީޢު އަށް ރުހުން ލިބުނީ 55 ވޯޓުންނެވެ. ޝަފީޢުއަށް ރުހުން ނުދޭން 9 މެންބަރަކު ވޯޓު ދެއްވިއެވެ. ސިއްހަތާބެހޭ ވަޒީރު ޢަބުދުﷲ ޚަލީލަށް 69 ވޯޓާއެކު ރުހުން އޮތްކަމަށް ފާސްވިއިރު، […]
ޔުމްނާ ޢަލީ
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު އަލީ އިހްސާނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައި ވަޒީރުންނަށް ރުހުންދިނުމުގެ ބަޔަށް މިހާރު ދަނީ ވޯޓަށް އަހަމުންނެވެ. މި ވޯޓުގައި އިހްސާނަށް ރުހުން އޮތްކަމަށް 68 މެންބަރަކު ވޯޓު ދެެއްވިއެވެ. އަދި ރުހުން ދޭން ނުފެންނަ ކަމަށް އެއް މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އިހުސާނަށް ރުހުން އޮތްތޯ ބަލަން ވޯޓު ނެގި ވަގުތު ތަޅުމުގައި 72 މެންބަރަކު ތިއްބެވިއެވެ. އިހުސާނަށް […]
ޔުމްނާ ޢަލީ
ޚާރިޖީ ވަޒީރު މޫސާ ޒަމީރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައި ވަޒީރުންނަށް ރުހުންދިނުމުގެ ބަޔަށް މިހާރު ވޯޓަށް އަހަމުންދާއިރު ޣައްސާނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ 70 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ މިހާރު ޖުމްލަ މެންބަރުންގެ އަދަދަކީ 80 އެވެ. ޚާރިޖީ ވަޒީރު ޒަމީރަށް ރުހުން އޮތްތޯ ބަލަން ވޯޓު ނެގި ވަގުތު ތަޅުމުގައި 72 މެންބަރަކު ތިއްބެވިއެވެ. މޫސާ ޒަމީރަށް ރުހުން ނެތްކަމަކަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. އަދި […]
ޔުމްނާ ޢަލީ
ދިފާޢީ ވަޒީރު މުހައްމަދު ޣައްސާނު މައުމޫނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައި ވަޒީރުންނަށް ރުހުންދިނުމުގެ ބަޔަށް މިހާރު ވޯޓަށް އަހަމުންދާއިރު ޣައްސާނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ 71 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ މިހާރު ޖުމްލަ މެންބަރުންގެ އަދަދަކީ 80 އެވެ. ޣައްސާނުގެ ވޯޓު ނެގި ވަގުތު ތަޅުމުގައި 72 މެންބަރަކު ތިއްބެވިއެވެ. މި ވޯޓުގައި ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. ޣައްސާނަށް ރުހުން ދޭން ބޭނުންވާ ވޯޓ...
ޔުމްނާ ޢަލީ