ބަންޑާރަނައިބުގެ އިތުރުން ދެ ވަޒީރަކަށް ރުހުން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކުރީ މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައެވެ.
މިގޮތުން ބަންޑާރަނައިބު އަހްމަދު އުޝާމަށް ރުހުން ނެތްކަމަށް 4 މެންބަރަކު ވޯޓު ދެއްވިއިރު، ރުހުން އޮތްކަމަށް ވޯޓު ދެއްވީ 24 މެންބަރެކެވެ.
މީގެ އިތުރުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސައީދު އަށް ރުހުން އޮތްކަމަށް 31 ވޯޓު ބޭނުންވާއިރު، ރުހުން އޮތްކަމަށް ވޯޓު ދެއްވީ 30 މެންބަރުންނެވެ. ދެކޮޅަށް 31 މެންބަރަކު ވޯޓު ދެއްވިއެވެ.
ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރަށް ރުހުންދޭން ނުފެންނަ ކަމަށް 46 މެމްބަރަކު ވޯޓު ދެއްވި އިރު އޭނާއަށް ރުހުންދޭން ފެންނަ ކަމަށް 24 މެމްބަރަކު ވޯޓުދެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!