ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިން ހިންގުމަށް ތާވަލު ކޮށްފައިވާ ޑައިވިންގ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ.
މި ކޯހަކީ އެ އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ޒުވާނުންނަށް އަމާޒުކޮށްގެން އެ ކައުންސިލުން ހިންގަން ނިންމާފައިވާ ޕަޑީ ސެޓިފައިޑް ޑައިވިންގ ކޯހެކެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައި ވަނީ އެ އަތޮޅުގެ ރަށްތަކުގެ ރަށްވެހިންނަށް އެކަންޏެވެ. ކޯހުގެ ބައިވެރިން އަތުން ކޯސް ފެށުމުގެ ކުރިން ޑިޕޮސިޓްގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ނެގުމަށް ނިންމާފައިވާއިރު، ކޯސް ފުރިހަމަ ކުރުމުން އެ ފައިސާ އަނބުރާ ބައިވެރިންނަށް ހަވާލުކުރާނެއެވެ.
މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ރަށެއްގެ ރަށު ކައުންސިލަށް ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް ސިޓީ ކައުންސިލުން އެދެއެވެ.
މި ކޯސް އަމާޒު ކުރެވިފައިވަނީ އެ އަތޮޅުގެ މަސްވެރިކަމާއި ފަތުރުވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކަށް ވުމާއިއެކު، އެކަން އެނގޭނޭ ލިޔުމެއް ބައިވެރިވާން އެދޭ ފޯމާއިއެކު ހުށަހަޅަން ޖެހެއެވެ.
މި ކޯސް ހިންގަން ތާވަލު ކޮށްފައި ވަނީ އަންން ފެބްރުއަރީ މަހުގެ 15 އާއި މާޗް މަހުގެ ހަވަނަ ދުވަހާއި ދެމެދުއެވެ. ކޯސް ހިންގައިދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ 12:00 ގެ ކުރިން މައިލް ޖުރެއްވުމަށް އެ ކައުންސިލުން އެދެއެވެ.
މި ކޯސް ހިންގަން ހަވާލުކުރުމުގައި އެ އަތޮޅުގައި ޑައިވިން ސެންޓަރު ހަދައި ކޯސް ހިންގަމުން އަންނަ ފަރާތްތަކަށް އިސްކަން ދިނުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!