ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް ފާތުމަތު ދިޔާނާ އައްޔަން ކުރައްވައިފިއެވެ. ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުމާއި މަގާމުގެ ފޮތިކޮޅު ހަވާލުކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދެވެ. ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުމާއި މަގާމުގެ ފޮތ...
މުޙައްމަދު
ބ. ދަރަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތުދޭ ގޮތުގައި މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 51 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 30,504 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއ...
އަޙްމަދު ވަހީދު
އުއްމީދަކީ ކުޅުދުއްފުށި ސިޓީ ޑިޖިޓަލް މައި ހަބަކަށްވެ އެކަމުން އިތުރު މަންފާއާއި ކުރިއެރުން ލިބިގެން ދިޔުން ކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އިއްޔެ ވިދާޅުވެއްޖެއެވެ. އާތިފް މިހެން ވިދާޅުވީ، އުރީދޫ މޯލްޑިވްސް އިން، ބައިނަލްއަގުވާމީ ޕީސް ކޭބަލް ރާއްޖެއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގައި، ޕީސް ކޭބަލް ކުޅުދުއްފުށީގައި، ގާއިމު ކޮށްފައިވާ އުރީދޫގެ ލޭންޑިން ސައިޓާއި އިއްޔެ ގުޅާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ބައިނަލްއަގުވާމީ ޕީސް ކޭބަލް ކުޅުދުއްފުށީގައި ގާއިމު ކޮށްފަ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލްކުރަން ސަރުކާރުން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުން އަވަސްކޮށްފި އެވެ. މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނެސްފައިވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑި ނުހިމަނާ ގުނާ ގޮތަށެވެ. އެ ބަދަލާ އެކު، ރައީސާއި ނައިބު ރައީސް ފަސޭހައިން ވަކި ކުރުމުގެ ފުރުސަތު އޮވެ އެވެ. އެއީ ބައެއް ގޮނޑިތައް ހުސްވެފައި އޮތުމުންނެވެ. އެ އިސްލާހު ބާތިލްކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް […]
ހުސައިން ހަބީބް
ރ. ދުވާފަރުގެ ކަރަންޓަށް ދިމާވި މައްސަލަ ސްޓެލްކޯގެ އެހީތެރިކަމާއެކު ހައްލުކޮށް ދީފިއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، ސްޓެލްކޯގެ އިންޖީނިއަރިން ޓީމުގެ އެހީތެރިކަމާއެކު، މިއަދު ހެނދުނު 6:30 ހާއިރު ރ. ދުވާފަރުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް އެ ރަށަށް ވަނީ ކަރަންޓު ދީފައި ކަމަށެވެ. ރައްޔިތުންނަށް އެ ކުންފުނީގެ ބޭނުން ޖެހޭ މިފަދަ ކޮންމެ ދަނޑިވަޅެއްގައި، އެއީ ޤައުމީ މަސައްކަތެއް ކަމުގައި ދެކި، ކުންފުނީގެ މުވައްޒަފުން ކުރައްވަމުންގެންދަވާ އިޚްލާސްތެރި މަސައްކަތްތަކަށް ފަ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދުއަތޮޅުގެ ދެ ބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދު އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ފަސްދުވަހުގެ މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، މި ސިޓީތަކާއ...
ޔުމްނާ ޢަލީ
ޕީސް ކޭބަލްގެ އަމަލީ މަސައްކަތާއެކު ކުޅުދުއްފުށްޓަށް އަދި މުޅި ރާއްޖެއަށްވެސް ކުރިއެރުން ލިބި އުރީދޫއިން ދެވޭ ހިދުމަތްތައް އިތުރަށް ރަނގަޅުވެ ގެންދާނެ ކަމަށް އެ ކުންފުނީގެ ޗީފް ކޮމާރޝަލް އޮފިސަރ ހުސެއިން ނިޔާޒު ވިދާޅުވެއްޖެއެވެ. އުރީދޫ މޯލްޑިވްސް އިން، ބައިނަލްއަގުވާމީ ޕީސް ކޭބަލް ރާއްޖެއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގައި، ޕީސް ކޭބަލް ކުޅުދުއްފުށީގައި، ގާއިމު ކޮށްފައިވާ އުރީދޫގެ ލޭންޑިން ސައިޓާއި އިއްޔެ ވަނީ ގުޅާލާފައެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ، ޕ...
ޔުމްނާ ޢަލީ
ކުރީގެ ޢަދަދާ ގުޅޭ: ” އަޅުގަނޑު މިދަނީއޭ.. މަންމަ މަޑުކުރޭ” މުއާޒްގެ ޖުމްލައިން ކަފީލާއަށް ވަގުވަގަށް ހިނިތުންވެވުނެވެ. ” ޒޯޔާގެ ފޮށިވެސް ސައިކަލުގައި ގެނެވޭނެތަ؟ ” މަންމަގެ ޖުމްލަ އަޑު އިވުމާއެކު މުއާޒް ބޯޖަހާލުމަށްފަހު ހިނގައިގަތެވެ. ބޭރަށް ނިކުމެ ސައިކަލަށް އަރާ، ދުއްވާލި އިރުގައިވެސް އޭނާގެ ސިކުނޑިއޮތީ މުޅިން ނުތަނަވަސްވެފައެވެ. ބަނދަރާ ދިމާލަށް ސައިކަލްގެ މިސްރާބު ބަދަލުކޮށްލުމާއެކު މީހުންތައް ލޯންޗުން ފައިބަމުންދާ މަންޒަރު އޭނާއަށް ފެނުނެވެ. އެހެންކަމުން ދުރުގައި ސައިކަލް ބެހެއްޓުމަށްފަހު...
ސަލާމާ ޢަބްދުލް ޢަލީމް
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ ޕީޖީ ޝަމީމަށް ދިން ހަމަލާއާއި ގުޅިގެން އިތުރު މީހަކު ކޮށްފައިވާ ކަމަށެވެ. އިއްޔެ ހައްޔަރު ކުރި މި މީހާ އަކީ އުމުރުން 22 އަހަރުގެ ދިވެއްސެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލާގައި މީގެ […]
ޔުމްނާ ޢަލީ
އުރީދޫ މޯލްޑިވްސް އިން، ބައިނަލްއަގުވާމީ ޕީސް ކޭބަލް ރާއްޖެއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގައި، ޕީސް ކޭބަލް ކުޅުދުއްފުށީގައި، ގާއިމު ކޮށްފައިވާ އުރީދޫގެ ލޭންޑިން ސައިޓާ ގުޅާލައިފިއެވެ. މިއީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލެއް ގުޅާލެވޭ ފުރަތަމަ ފަހަރެވެ. މިއަހަރުގެ 3 ވަނަ ކުއާޓަރުގައި މި ސިސްޓަމް މަސައްކަތް ކުރާނެކަމަށް ލަފާކުރެވޭކަމަށް އުރީދޫއިން ބުންޏެވެ. މި ކޭބަލް ލޭންޑިން ސައިޓާ ގުޅާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާ ބެހޭ، މިނިސްޓަރ...
އަޙްމަދު ވަހީދު
އިސް ރަށްވެހިންގެ މަރުކަޒުތައް ރަށްރަށުގައި ގާއިމު ކުރުމުގެ މަސައް ކުރިއަށްދާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމު މިއަދު ވިދާޅުވެއްޖެއެވެ. އިސްރަށްވެހިންނަށް މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ މާލޭގައި ގާއިމުކުރި “އިސްރަށްވެހިންގެ ނާދީ” ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ އިސް ރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް ބިނާ ކުރުމުގެ މަސައްކަތުގެ ދަށުން މިއަދު މާލޭގައި މި މަރުކަޒު ހުޅު...
މުޙައްމަދު
ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގައި ހަވާސާކޮށްފައި ތިބި ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މާލޭގައި ގާއިމްކުރި “އިސް ރަށްވެހިންގެ ނާދީ” ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ރާޑާރަށް އަރުވައިގެން މަސައްކަތް ކުރުމަކީ މި ސަރުކާރުން ސަމާލުކަން ދޭނެ ކަމެއް ކަމަށެވެ. އެއީ މީގެކުރިން ނަމަ، ހަވާސާކޮށްފައި ތިބި ބައެއް ކަމުގައި ރ...
މުޙައްމަދު
މާލޭގެ މާފަންނުކޮޅުގައި ހުރި ގުދަނެއްގެ ތެރެއިން ނުރައްކާތެރި ހަރުފައެއް ފެނިއްޖެއެވެ. މި ހަރުފަ ފެނިފައި ވަނީ ރާއްޖެއަށް ލަކުޑި އެތެރެކޮށް ގުދަންކޮށްފައި ހުންނަ ޓިމްބާ ހައުސްގެ ގުދަނަކުންނެވެ. އެ ތަނުން ފެނިފައި ވަނީ ހަރުފައިގެ ވައްތަރެއް ކަމަށްވާ ޕައިތަންއެކެވެ. އެ ހަރުފަ ފެނުމާ އެކު ވަގުތުން އެކަން އެމްއެންޑީއެފް އަށް އެންގިއެވެ. އެމްއެންޑީއެފުން ވަނީ މިއަދު ހެނދުނު 10:00 ޖަހާކަން ހާއިރު އެ ލަކުޑި ގުދަނަށް ގޮސް، ހަރުފަ ހިފައިފަ އެވެ. އަދި އެ ހަރުފަ ނައްތާލުމަށް […]
މުޙައްމަދު
އިސްރަށްވެހިންނަށް މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ މާލޭގައި ގާއިމުކުރި “އިސްރަށްވެހިންގެ ނާދީ” މިއަދު ހުޅުވައިފިއެވެ. ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައި ހެދި މި ނާދީ ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. ޖެންޑާ މިނިސްޓްރީން ބުނީ އިސްރަށްވެހިންނަށް ހާއްސަ އިޖުތިމާއީ މަރ...
މުޙައްމަދު
ސްކައުޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، ސްކޫލުތަކުގައި ފަހި މާހައުލެއް ބިނާކުރުމަށް މި ސަރުކާރުން އިތުރަށް މަސައްކަތް ކުރައްވާނެކަމުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި މިއަދު ހެނދުނު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖެއަކީ، އެއްބައިވަންތަ، އަޚުވަންތަކަމުގެ ގު...
ޔުމްނާ ޢަލީ
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ގަވާއިދުން ބޭރުން ޕާކުކޮށް، ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ބުނީ، ޤަވާއިދާ ހިލާފަށް ބޭނުންނުކޮށް މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިވާ އުޅަނދުތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މަގުމަތިންނަގާ ނައްތާލުމުގެ ޕްރޮގްރާމް މިއަދު ފަށާފައިވާ ކަމަށެވެ. މި ޕްރޮގްރާމަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދިވެހި ފުލުހުންގެ ޚިދުމަތް، މާލޭ ސި...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އެ ސިޓީގައި ދިރިއުޅޭ އަންހެން ބޭފުޅުންނަށް ހާއްސަ ކޮށްގެން “ކަނބަލުންގެ މަސް ރޭސް 2024” ގެ ނަމުގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަސްރޭސް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ސިޓީގެ ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާކޮށް އެއްބައިވަންތަކަން އުފެއްދުމެވެ. އަންނަ މާޗް މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ތާވަލު ކޮށްފައިވާ މި މަސްރޭހުން ފުރުސަތު ދިނުމަށް ހަމަޖެހިފައި...
އިބްރާހިމް ޚަލީލް
އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނާއި ސަލެނިޓާނާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް އިންޓައިން އެއްވަނާގައި ލީޑު ފުޅާކޮށްފިއެވެ. އިންޓަގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. އިންޓައިން އަންނަނީ މި ސީޒަންގައި ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ މޮޅު ކުޅުން ރޭ މެޗުގައި ވެސް އެ ޓީމުން ތަކުރާރު ކުރިއިރު ފުރަތަމަ ހާފު އެ ޓީމުން ނިންމާލީ ތިން ލަނޑުގެ […]
އިބްރާހިމް ޚަލީލް