މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,478 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 808 ވަނަ ޞަފްޙާ

އެމްއެމްއޭއިން އަތޮޅުތެރޭގެ ސުކޫލްތަކަށް އަމާޒުކޮށް ލެކްޗާ ސީރީޒެއް ފަށައިފި

އެމްއެމްއޭއިން އަތޮޅުތެރޭގެ ސުކޫލްތަކަށް އަމާޒުކޮށް ލެކްޗާ ސީރީޒެއް ފަށައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަތޮޅުތެރޭގެ ސުކޫލްތަކަށް އަމާޒުކޮށް ލެކްޗާ ސީރީސެއް ފަށައިފިއެވެ. މި ލެކްޗާ ސީރީސްގައި އެ އޮތޯރިޓީގެ ފަރާތުން އެންމެ ފުރަތަމަ ގޮސްފައިވަނީ ފުވައްމުލައް ސިޓީއަށެވެ. އެ ސިޓީގެ އަތޮޅު ތައުލީމީ މަރުކަޒުގައި އެމްއެމްއޭ އިން ކުރިއަށް ގެންދިޔަ ސެޝަންގައި އެ ސްކޫލްގެ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ބައިވެރިވިއެވެ. އެމްއެމްއޭ ލެކްޗާ ސީރީސްގެ ފުރަތަމަ ސެޝަންގައި ގަވަރުނަރު އަލީ ހާޝިމް ބައިވެރިވެވަޑައިގެންނެވިއެވެ. ގަވަރުނަރު ވަނީ އޭނާގެ ތަޖުރިބާ ދަރިވަރުންނާ...

އަޙްމަދު ވަހީދު
ފުވައްމުލަކުގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

ފުވައްމުލަކުގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

ފުވައްމުލަކު ސިޓީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަަމަލީ މަސައްކަތް ފަށައިފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އެމަނިކުފާނުގެ އަރިހުގައި ފުވައްމުލަކުގެ މޭޔަރާއި ކޮންސްޓްރަކްޝަން މިނިސްޓަރު އަދި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަސައްކަރް ފަށައިފައިވަނީ ދެކުނުގެ އަތޮޅުތަކަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފުވައްމުލަކަށް ވަޑައިގެންނެވެ. ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގު...

އަޙްމަދު ވަހީދު
ޝާހިދު އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވައިފި

ޝާހިދު އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވައިފި

ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސްގެ މަގާމަށް ކުރިމަތިލައްވައިފިއެވެ. ޝާހިދު ވަނީ މިއަދު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި އެކަން ހާމަކުރައްވާފައެވެ. ޝާހިދު ވަނީ އޭނާ އަށް އެމްޑީޕީގެ މެންބަރުންގެ ތާއީދު ދެއްވުމަށް އެދިވަޑައިގެންފައެވެ. އިނގިފައިވާ ގޮތުގައި ޝާހިދު ފިޔަވައި އިތުރު ބޭފުޅަކު އެ މަގާމަށް ކުރިމަތިލާން  މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައެއް ވެސް އަދި ނުވެއެވެ. މާތް...

ޔުމްނާ ޢަލީ
އެކައުންޓަކުން 500،000ރ. ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އެކައުންޓަކުން 500،000ރ. ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ފްލެޓެއް ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން އޯޓީޕީ ހޯދުމަށްފަހު އެކައުންޓަކުން 500،000ރ. ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މީހަކަށް ގުޅައިގެން އޮޅުވާލުމަށްފަހު މައުލޫމާތު ހޯދައި ގިނަ އަދަދެއްގެ ރުފިޔާ ހޯދި މައްސަލައެއްގައި، ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު 23 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރަން 15 ދުވަސް ޖަހާފައިވާ ކަމަށ...

މުޙައްމަދު
ހޯރަފުށީ އޮފީސް އެކްސީޑް ފުޓްބޯޅަ ލީގް މާދަމާ ރޭ ފަށަނީ

ހޯރަފުށީ އޮފީސް އެކްސީޑް ފުޓްބޯޅަ ލީގް މާދަމާ ރޭ ފަށަނީ

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލާއި އެކްސީޑް މޯލްޑިވްސް ގުޅިގެން ބާއްވާ ހޯރަފުށީ އޮފީސް އެކްސީޑް ނައިން އަ ސައިޑް ފުޓްބޯޅަ މުބާރާތް މާދަމާރޭ ފަށާނެއެވެ. މި މުބާރާތަކީ ހޯރަފުށީގައި ހުންނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ތިން ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ހޯރަފުށީ އެއާޕޯޓް، ހޯރަފުށީ ފެނަކައިގެ އިތުރުން ހޯރަފުށީ ޕޮލިހެވެ. ހޯރަފުށީ ކުލަބް ފުޓްބޯލް ސްޓޭޑިއަމް މާދަމާ ރޭ 20:30 ގައި ކުޅޭ މުބާރާތުގެ ފުރަތަމަ […]

އިބްރާހިމް ޚަލީލް
ޖޭއެސްސީއަށް ލަފާ ދޭން ފަނޑިޔާރުންގެ ބޯޑެއް އުފައްދައިފި

ޖޭއެސްސީއަށް ލަފާ ދޭން ފަނޑިޔާރުންގެ ބޯޑެއް އުފައްދައިފި

ކޯޓުތަކުގެ އިދާރާ ހިންގުމާ ގުޅޭ ކަންކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާ ދިނުމަށްޓަކައި ފަނޑިޔާރުންގެ ބޯޑެއް އެކުލަވާލަން ޖޭއެސްސީން ނިންމައިފި އެވެ. ޖޭއެސްސީން ބުނިގޮތުގައި އެގޮތަށް ހަމަޖެއްސީ ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަން ނިންމާއިރު ފަނޑިޔާރުންގެ ލަފާ ހޯދުމާއި ފަނޑިޔާރުންގެ ބައިވެރިވުން އިތުރު ކުރުމަށް ކަމަށެވެ. ޖޭއެސްސީން ބުނިގޮތުގައި އެ ބޯޑުގައި ތިއްބަވާނީ އުއްތަމަ ފަނޑިޔާރާއި ޖޭއެސްސީގެ ރައީސާއި ހައި ކޯޓުގެ އިސް ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން...

ހުސައިން ހަބީބް
މީހެއްގެ އެކައުންޓުން އޮޅުވާލައިގެން ނެގި 1.8 މިލިއަން ރުފިޔާގެ ބޮޑު ބައެއް ހޯދައިފި

މީހެއްގެ އެކައުންޓުން އޮޅުވާލައިގެން ނެގި 1.8 މިލިއަން ރުފިޔާގެ ބޮޑު ބައެއް ހޯދައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި މީހަކު ހުޅުވާފައިވާ އެކައުންޓަކުން މަކަރާއި ހީލަތުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އިކޮނޮމިކް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ އެ މައްސަލައަކީ ފެބްރުއަރީ 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައެއް ކަމަށެވެ. މި މައްސަލަ ހުށަހެޅުމާއެކު ވަގުތުން ބޭންކްތަކާއެކު މަސައްކ...

މުޙައްމަދު
ރާއްޖޭގައި އަޅާ އެންމެ ބޮޑު ބްރިޖު އައްޑޫގައި، ޑިޒައިން އަދި ސާވޭ މަސައްކަތް ހަވާލުކޮށްފި

ރާއްޖޭގައި އަޅާ އެންމެ ބޮޑު ބްރިޖު އައްޑޫގައި، ޑިޒައިން އަދި ސާވޭ މަސައްކަތް ހަވާލުކޮށްފި

އައްޑޫ ސިޓީގެގެ ހިތަދޫ އާއި ހުޅުދޫ މީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އައްޑޫސިޓީ އާއި، ފުވައްމުލައް ސީޓީ އާއި، ގއ އަދި ގދ އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އައްޑޫގެ ހުޅުދޫ މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ސޮއިކުރި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޢި...

ޔުމްނާ ޢަލީ
ހައި ކޯޓުން ނުރަސްމީ ގަޑީގައި ޝަރީއަތްތައް ހިންގަނީ

ހައި ކޯޓުން ނުރަސްމީ ގަޑީގައި ޝަރީއަތްތައް ހިންގަނީ

ހައި ކޯޓުގައި ހުރި ދުވަސްވީ މައްސަލަތަކުގެ ޝަރީއަތް އަވަހަށް ނިންމަން ނުރަސްމީ ގަޑީގައި ޝަރީއަތްތައް ހިންގަން ނިންމައިފި އެވެ. ހައި ކޯޓުން މިއަދު ބުނީ ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ހާއްސަ މަސައްކަތްތަކެއް ކުރަން އެ ކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގައި އިސްކަން ދޭނީ 2017، 2018، 2019 އަދި 2020 ވަނަ އަހަރުގެ މައްސަލަތައް ނިންމަން ކަމަށް އެ ކޯޓުން […]

ހުސައިން ހަބީބް
''ފައިސާ ޗާޕުކުރުން ހުއްޓާލުމަކީ މި ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅު''

''ފައިސާ ޗާޕުކުރުން ހުއްޓާލުމަކީ މި ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅު''

ފައިސާ ޗާޕްކުރުން ހުއްޓާލާނެކަން އެއީ މި ސަރުކާރުގެ އެންމެބޮޑު ވަޢުދު ކަމަށާއި، އެ ފިޔަވަޅު އެޅިގެން ދިޔުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގެންދިއުމަށްޓަކައި މިސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅުކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ފޭދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ރާއްޖެ މިވަގުތު އޮތީ ވަރަށްބޮޑު އަނދަވަޅެއްގައި ކަމަށެވެ. އެކަން އެނގ...

ޔުމްނާ ޢަލީ
ފުލުހުންގެ ތަރުޖަމާނަކަށް ޝިފާން

ފުލުހުންގެ ތަރުޖަމާނަކަށް ޝިފާން

ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނު (ސްޕޯކްސްޕާސަން)ގެ މަގާމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ޢައްޔަނުކޮށްފިއެވެ. ކުރިން ވެސް މި މަޤާމު ފުރުއްވާފައިވާ ޝިފާން މި މަޤާމަށް އަލުން ޢައްޔަނުކޮށްފައި ވަނީ އިއްޔެއެވެ. ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަކީ ޗީފް ސްޕްރިންޓެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމުގެ މަސްއޫލިއްޔަތުގެ އިތުރުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެކެވެ. ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަ...

ޔުމްނާ ޢަލީ
ނުވަ ދުވަސްތެރޭ ބަޔާން ތިން މެޗުން ބަލި

ނުވަ ދުވަސްތެރޭ ބަޔާން ތިން މެޗުން ބަލި

ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކާއި ބޮކުމް ބައްދަލުކުރި މެޗުން 3-2 ގެ ނަތީޖާއިން ބަޔާން ބަލިވެއްޖެއެވެ. ބަޔާން މިވަނީ ފާއިތުވި ނުވަދުވަސް ތެރޭ ކުޅުނު ތިން މެޗުން ވެސް ބަލިވެފައެވެ. މި މަހު ދިހަވަނަ ދުވަހު ލެވަކޫސެން އަތުން ބަޔާން ބަލިވިއިރު ބުދަ ދުވަހުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރަށުން ބޭރުގައި ލާޒިއޯއަތުން ބަޔާން ވަނީ ބަލިވެފައެވެ. ރޭ ބައްޔާއިއެކު ދެވަނާގައި އޮތް ބަޔާންއާއި އެއްވަނާގައި އޮތް ލެވަކޫސެންއާއި ދެމެދު އޮތް ފަރަގު ވަނީ […]

އިބްރާހިމް ޚަލީލް
ހޮއިލުންޑްގެ ދެ ގޯލުން ޔުނައިޓެޑަށް މޮޅެއް

ހޮއިލުންޑްގެ ދެ ގޯލުން ޔުނައިޓެޑަށް މޮޅެއް

ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލޫޓަން ޓައުން ބައްދަލުކުރި މެޗުގައި ރަސްމުސް ހޮއިލުންޑް ޖެހި ދެ ލަނޑުން ޔުނައިޓެޑް މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. ޔުނައިޓެޑުން މި މެޗުގައި ޖެހި ދެ ލަނޑު ވެސް ޖަހާފައި ވަނީ މެޗުގެ ވަރަށް ކުރީކޮޅުއެވެ. ފުރަތަމަ ލަނޑު ފުރަތަމަ މިނެޓުގައި ހޮއިލުންޑް ކާމިޔާބުކުރީ ލޫޓަންގެ ފަހަތުން ހެދުނު ގޯހަކުން ތަނަވަސްވީ ފުރުސަތެއްގައެވެ. އޭނާ ދެވަނަ […]

އިބްރާހިމް ޚަލީލް
ޝިޔާމް، ކޫއްޑޫ އަށް ވަޑައިގެން މަސްވެރިންގެ ޝަކުވާތައް އަޑު އައްސަވައިފި

ޝިޔާމް، ކޫއްޑޫ އަށް ވަޑައިގެން މަސްވެރިންގެ ޝަކުވާތައް އަޑު އައްސަވައިފި

މަސްވެރިންނަށް ފައިސާ ލިބުން ލަސްވާތީވެ، ގއ. ކޫއްޑޫގައި މުޒާހަރާ ކުރި މަސްވެރިންނާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ބައްދަލު ކުރައްވައިފިއެވެ. ފިޝަރީޒް މިނިސްޓްރީން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ މަސްވެރިންނަށް މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ. އަދި މަހުގެ އަގު މުރާޖާ ކުރި ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު މިފްކޯއަށް […]

މުޙައްމަދު
ވަޔެކާނޯއިން ރެއާލް ހުއްޓުވައިފި

ވަޔެކާނޯއިން ރެއާލް ހުއްޓުވައިފި

ސްޕެނިޝް ލަލީގާގައި މިރޭ ރެއާލް މެޑްރިޑާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ވަޔެކާނޯގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލަށް ވަނީ ހަ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ރެއާލަށް 25 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ޖިރޯނާއަށް 24 މެޗުން ލިބިފައި ވަނީ 56 ޕޮއިންޓެވެ. މާދަމާރޭ ޖިރޯނާއާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން […]

އިބްރާހިމް ޚަލީލް
ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މަޝްރޫއުގެ ދަށުން، ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 48 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ބޭރުތޮށި ލުމާއި، 6600 ކިއުބިކް މީޓ...

އަޙްމަދު ވަހީދު
މިދިޔަ 5 އަހަރު ލޯން ނަގައިގެން ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތް: ރައީސް

މިދިޔަ 5 އަހަރު ލޯން ނަގައިގެން ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތް: ރައީސް

މިދިޔަ ފަސް އަހަރުގެ ތެރޭގައި ލޯން ނަގައިގެން ރައްޔިތުންނަށް ލިބުނު ލާބަ އާއި މަންފާއެއް ނެތް ކަމަށާއި އެ ރައްޔިތުންގެ ޖީބުތައް ތަނަވަސްވެ، މުއްސަނދިވެފައި ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީގައި މިއަދު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީ އަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހަވީރު މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ނޮވެމްބަރު 17 ގައި ސަރުކާރާ ހަވާލުވި އިރު، ދައުލަތުގެ ދަރަނި ހުރީ 120 […]

މުޙައްމަދު
ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ

ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ

ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަންފަށައިފިއެވެ. އެމްއެންޑީއެފްއިން ބުނީ، ސްނޯކަލްކުރަން އުޅުނު ފަތުރުވެރިއެއް ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މީހާ އަކީ އަރިއަތޮޅު ރިސޯޓެއް ކައިރީ ސްނޯކަލްކުރަން އުޅުނު ފަތުރުވެރިއެކެވެ. ”އެމީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް ފަށައިފި.” އެމްއެންޑީއެފުން ބުނެފަވެއެވެ. މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް އެމްއެންއެންޑީއެފުން އަދި ހާމައެއް ނ...

ޔުމްނާ ޢަލީ