އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނާއި ސަލެނިޓާނާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް އިންޓައިން އެއްވަނާގައި ލީޑު ފުޅާކޮށްފިއެވެ. އިންޓަގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. އިންޓައިން އަންނަނީ މި ސީޒަންގައި ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ މޮޅު ކުޅުން ރޭ މެޗުގައި ވެސް އެ ޓީމުން ތަކުރާރު ކުރިއިރު ފުރަތަމަ ހާފު އެ ޓީމުން ނިންމާލީ ތިން ލަނޑުގެ […]
އިބްރާހިމް ޚަލީލް
ހއ.ދިއްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ދެ މަސްދުވަހަށް ކުރިއަށް ގެންދާ ކޮމްޕިއުޓަރ ކުލާހުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މި ކުލާހަކީ ދިއްދޫ، ދި-ފައުންޑޭޝަންއާއި ޓީއެސްއޭ އައިޓީ ސެންޓަރު ގުޅިގެން ކުރިއަށް ގެންދާ ކުލާހެކެވެ. މި ކުލާހުގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. މި ކުލާހުގެ ބައިވެރިންގެ ފީ ހަމަޖައްސައިދެނީ ދި ފައުންޑޭޝަންގެ ފަރާތުންނެވެ. ދި ފައުންޑޭޝަނަކީ އެ ރަށުގައި އިޖުތިމާއ...
އިބްރާހިމް ޚަލީލް
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ދެ ބޭފުޅަކު ޢައްޔަނުކޮށްފިއެވެ. މި މަގާމަށް މިއަދު ޢައްޔަނު ކުރައްވާފައި ވަނީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއަށް މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ...
ޔުމްނާ ޢަލީ
އަންނަ މާރިޗް މަހު ބާއްވަން ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި ވާދަ ކުރަން ފޯމު ހުށަހެޅި ކެންޑިޑޭޓުންކުރެ ޝަރުތު ހަމަވި ކެންޑިޑޭޓުންގެ މެދުގައި ގުރުނެގުން ފަށައިގެން މުރިއަށް އެބަދެއެވެ. ނަން ތަރުތީބު ކުރުމުގެ ކުރީން އިންތިޚާބާ ބެހޭ ޤާނޫނާއި އެއްގޮތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު މިއަދު މެންދުރު 14:00 އާއި ހަމައަށް ހުޅުވާލާފައެވެ. އެއަށް ފަހު ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރު ނެގުން ވެސް މިއަދަށް […]
ޔުމްނާ ޢަލީ
ގައިގާ ބާރު ހުއްޓައި، ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަޞޭހަތްތެރިވެއްޖެއެވެ. މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވާ މަޢުލޫއަކީ ”ޝައުބާން މަހާއި ހެޔޮ ޢަމަލު ކުރުން” އެވެ. ތިރީގައި މި ނަކަލު ކޮށްލަނީ މި މަޢުލޫއަށް ޚުޠުބާގައި ހިމަނާފައިވާ މުހިންމު ބައިތަކުންކުރެ ބައެއް ބައިތަކެވެ. شَـعْباَن މަސް އެއްގޮތަށްވުރެ ގިނަގޮތްގޮތުން ޚާއްޞަ މައްސަރުތަކާ ރޭދުވާ ތަކުރާރުވަމުން ގޮސް އަނެއްކާވެސް އަހަރެމެންނާ ކުރިމަތިލާފައި މިވަނީ، شَـعْباَن މަހ...
ޔުމްނާ ޢަލީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ހަދައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ގާއިމުކުރީ ހުޅުމާލޭގެ ތަރައްގީގެ މަސައްކަތުގައި އުޅޭ ފަރާތްތަކާއި އެހެނިހެން ވިޔަފާރިކުރާ ފަރާތްތަކުން ހުޅުމާލެއަށް މުދާ އަރުވައި ބޭލުމުގެ ދަތިކަމުގެ ޝަކުވާ ކުރަމުންދާތީ ކަމަށެވެ. ޖެޓީގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން “މައި ހުޅުމާލެ” ޕޯޓަލުގައި ރަޖިސްޓަރީވެ ޖާގަ ކަށަވަރުކުރަން ޖެހޭނެ ކަމަށްވެސް އެ ކުން...
އަޙްމަދު ވަހީދު
ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ މި ސީޒަނަށްފަހި، ޕީއެސްޖީ ދޫކޮށްލަން ނިންމައި އެކަން އެ ކުލަބަށް އަންގައިފިއެވެ. އުމުރުން 25 އަހަރުގެ އެމްބާޕޭ ޕީއެސްޖީއާއިއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. އެއްބަސްވުން އައު ނުކުރާނެކަން އޭނާ އެ ކްލަބަށް އަންގާފައިވާއިރު، ދެން އޭނާ ގުޅޭނެ ވަކި ކުލަބެއް މިހާތަނަށް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް އެމްބާޕޭއަކީ ފާއިތުވި އަހަރުތަކުގައި ސްޕެއިންގެ ރެއާލް މެޑްރިޑުން ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރި އަދި...
އިބްރާހިމް ޚަލީލް
ދޮށި އުކައިގެން މަސްވެރިކަމު އުޅުނު މީހެއްގެ އަތަށް މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މިޔަރެއް ހަމަލާދީފައި ވަނީ، ރ.އަތޮޅު ކޯރާކޯރާ ރިސޯޓް ކައިރިން ދޮށި އުކައިގެން މަސްވެރިކަމު އުޅުނު މީހަކަށެވެ. “ރިހިވެލި” ނަމަކަށް ކިޔާ ޑިންގީއެއްގައި ދޮށި އުކައިގެން މަސް ބާނަން އުޅުނު އެ މީހާ ބޭނި މަހަކުން ބުޅި ނައްޓަން އުޅުމުގެ ތެރޭގައި މިޔަރެއް ދަތް އޭނާގެ އަތުގައި އަޅައި ވަނީ ޒަޚަމްކޮށްލާފައެވެ. މިޔަރުގެ ހަމަލާގެ ސަބަބުން އެމީހާ ޒަޚަމްވެ ހާލު ދެރަވި […]
ޙުސައިން ޝަހުދީ
ށ. މާއުނގޫދޫ ބަނދަރު ތަަރައްޤީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 55 އިންސައްތަ ވަނީ ނިމިފައެވެ. އަދި ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތްތައް 11 ފެބްރުއަރީ 2024 ވަނަ ދުވަހު ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ ސަަރަހައްދެއްގެ ނެރު ފުންކުރުމާއި، 362 މީޓަރުގެ ބޭރުތޮށި ލުމާއި، 312 […]
އަޙްމަދު ވަހީދު
ނ. ވެލިދޫ ޖޫނިއާ ކޮލެޖުގެ އިމާރާތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި ވެލިދޫ ޖޫނިއަރ ކޮލެޖް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ކޮލަމް ކޮންކްރީޓް މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން ލީން ކޮންކްރީޓާއި ޓައި ބީމް މަސައްކަތްތައް މިހާރު ވަނީ ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. މި މަޝްރޫއުގެ ދަށުން، 10,276 އަަކަ ފޫޓުގެ އެއް […]
އަޙްމަދު ވަހީދު
ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށް ކަމާ ގުޅޭ އުސޫލެއް ހަދަން މޯލްޑިވްސް މީޑިއާ ކައުންސިލުން ފާސްކޮށްފިއެވެ. މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ “ކުރުސީ.ކޮމް” އާއި “ދިޔަވަރު.ކޮމް” އާއި “ދޮންއަމާ.ކޮމް” ނަމުގައި ހިންގާ ތިން ވެބްސައިޓުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުން އަންނަ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. މީޑިއާ ކައުންސިލުން އަބަދުވެސް ބާރު އަޅަނީ ރާއްޖޭގަ...
މުޙައްމަދު
މި އަހަރުގެ ތެރޭގައި ކ. މާފުށީގައި ޑޮލަރު އޭޓީއެމް ބަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ކޮންމެ ދުވަހަކު ގެނެސްދޭ “ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި ކ.މާފުށީ، ޖަންބުމާގޭ، އަޙްމަދު ސަމީރު ވަނީ މާފުށީގައި ބެހެއްޓުމަށް ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންފައިވާ ޑޮލަރު އޭޓީއެމް ބަހައްޓާނީ ކޮންއިރަކުތޯ ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ އެ...
މުޙައްމަދު
ބޮޑެތި އިންވެސްޓްމަންޓުތަކާއި މަޝްރޫއުތައް އައުމުން ޑޮލަރު ތިޔާގިވެ، މިހާރަށް ވުރެ ފަސޭހަ އިން ޑޮލަރު ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ “ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި ކ.މާފުށީ، ޖަންބުމާގޭ، އަހްމަދު ސަމީރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ޑޮލަރުގެ ދަތިކަމަށް ހައްލެއް އަންނާނީ އިގްތިސާދީ ގޮތުން ގެންނަން ޖެހޭ އިސްލާތައް ގެނެސް އިގްތިސާ...
މުޙައްމަދު
ކ. ގުޅީފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އާންމު ފަރާތަކުން މިދިޔަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ މައްސަލަ ނިމެންދެން މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. އެ އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ […]
ޙުސައިން ޝަހުދީ
ކ. ގުޅީފަޅު ހިއްކުން ހުއްޓުވަން ހައި ކޯޓުން ނެރުނު އަމުރުގެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ގުޅީފަޅު ހިއްކަމުން ގެންދަނީ ތިމާވެށްޓަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އާންމު މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެން ހައި ކޯޓުން އިއްޔެ އަމުރު ނެރުނީ އެ މައްސަލަ ނިމެންދެން ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލުމަށެވެ. އެ އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް މިއަދު ވަނީ ހުށަހަޅައިފަ އެވެ. އެޓާނީ ޖެނެރަލް އަހުމަދު […]
ޙުސައިން ޝަހުދީ
ނ. މަނަދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ޖެޓީގެ ކޮލަމް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން ޖެޓީގެ ބާބެންޑިން އަދި ކޮންކްރީޓް މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް […]
އަޙްމަދު ވަހީދު
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ.އައިޝަތު ރަމީލާ ހަނިމާދޫގެ ދަނޑުވެރިންނާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ އިއްޔެ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ހަނިމާދޫގައި އެގްރިކަލްޗަރ ސެންޓަރ ހުރުމުން، އެތަން މެދުވެރިކޮށް ދަނޑުވެރިކަމާއި ގުޅުންހުރި ރަނގަޅު މައުލޫމާތު ހޯދުމުގެ ފުރުސަތު ބޭނުން ފުރިހަމައަށް ހިފުމަށް ހަނިމާދޫގެ ދަނޑުވެރިންގެ ފަރާތުން އެދިލައްވާފައެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު...
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަދަދު ގުނާ ގޮތަށް ބަދަލު ގެންނަން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލާގެ އަޑުއެހުން މި މަހު 25 ވަނަ ދުވަހު ފަށަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ. އާ ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރެއްވުމުން މަޖިލީހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައި ވާއިރު، އާ މެމްބަރުން އިންތިހާބުކުރާނެ މުއްދަތު ނެތުމުން މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އެ ދާއިރާތައް ނުހިމަނައި މެމްބަރުންގެ އަދަދު […]
ޙުސައިން ޝަހުދީ