ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަންފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ، ސްނޯކަލްކުރަން އުޅުނު ފަތުރުވެރިއެއް ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މީހާ އަކީ އަރިއަތޮޅު ރިސޯޓެއް ކައިރީ ސްނޯކަލްކުރަން އުޅުނު ފަތުރުވެރިއެކެވެ.
''އެމީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް ފަށައިފި.'' އެމްއެންޑީއެފުން ބުނެފަވެއެވެ.
މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް އެމްއެންއެންޑީއެފުން އަދި ހާމައެއް ނުކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!