ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކުރި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ކޮންމެ ފަހަރަކު ހެން ސައުދީން ރާއްޖެ އަށް ކަދުރު ހަދިޔާ ކުރެއެވެ. އިސްލާމިކް މިނިސްޓްރީން ރޭ ވަނީ ކަދުރު ބަހާނެ ގަޑިތައް އިއުލާނުކޮށްފައެވެ.

Ad
rt

ކަދުރު ބަހާނެ ދުވަސްތަކާއި ގަޑިތައް:

- އޭޕްރީލް 8-9 އަށް، މެންދުރު 1:00 އިން 3:00 އަށް

- އޭޕްރީލް 14-18 އަށް، މެންދުރު 1:00 އިން 3:00 އަށް

- އޭޕްރީލް 23-25 އަށް ހެނދުނު 9:30 އިން މެންދުރު 12:00 އަށް

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި އުޅޭ މީހުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީންނެވެ. ކޮންމެ ގޭބިސީއަކަށް ވެސް އެއް ޕެކެޓް ކަދުރު ދޭން ނިންމާފައިވާއިރު ކަދުރު ދޫކުރާނީ ދިވެހި ރައްޔިތެއް ކަން އަންގައިދޭ ކާޑު ދޫކުރުމުންނެވެ.

ރަށްރަށުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ދާނީ ކައުންސިލްތައް މެދުވެރިކޮށެވެ.

މިދިޔަ އަހަރު ސައުދީ އިން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.